ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅައިފިނަމަ އެ ޖަމާއަތަށް ވާގިވެރިވެ ފިޔަވަޅު އަޅަން ގޮވާލާ ދިވެހިންގެ މުދާ ހިފަހައްޓާ ނީލަން ކިޔަން ޖެހޭ ކަމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ.
އައްބާސް މިިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ އިން ރާޢްޖެއަށް ފިޔަވަޅު އަޅަން ނިންމައިފިނަމަ ވަގުތުން އެކަމަށް ވާގިވެރިވާ މީހުންގެ މުދަލާއި ފައިސާ ސަރުކާރަށް ނަގައި ނީލަން ކިޔަން ރައީސް އަބްދުﷲ ޔާމީން އަށް ގޮވާލާ ކަމަށެވެ. އަދި އީޔޫ މެދުވެރިކޮށް އިންޑިޔާއިން ކުޅޭ "ގޭމް" ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
https://twitter.com/AbbasRiza/status/1018648643237076993
އެމަނިކުފާނު މިހެން ވިދާޅުވެ ޓުވީޓްކުރި އިރު ޔޫރަޕިއަން ޔޫނިއަން އިން މިއަދު ސަރުކާރުގެ އިސްވެރިންނަށް ފިވަޅު އަޅާނެކަމަށް ބެލެވުން ނަމަވެސް ފިޔަވަޅުއެޅުމުގެ ބަދަލުގައި ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެވެ.
އީޔޫ އިން ނެރުނު އޮނިގަނޑުގައި ވާގޮތުން އީޔޫން ކަނޑައަޅާ މުއްދަތުތަކުގެ ތެރޭގައި ރާއްޖެ އިން އަމަލު ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް އޭގައި ވެއެވެ.
އީޔޫގެ ކައުންސިލްގެ ބައްދަލުވުމެއް ދެން ބާއްވާނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު އެވެ. އެއީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގެ ފަސްކަން ފާހަގަކޮށްލެވެއެވެ. މިއަހަރު ގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު 23 ވަނަދުވަހު އެވެ.
މިހާރުވެސް އަޅަންވީ. މާލަސްވެއްޖެ.
މިއީ 100 ގެ ޚިޔާލެއް.
ރަގަޅު ވާހަކައެއް. ގާނޫނެއް ފާސްކުރަންވީ
އައްބާސް ތިޔަބުނަނީ ރަނގަޅުވާހަކަ އެއް . ތިޔައީ ކުރަންޖެހޭކަމެއް . ގާސިމްގެ މުޅި މިލްކިއްޔާތު ދަވްލަތަށް ނަގަންޖެހޭ . ގާސިމް މުއްސަނދި މީހަކަށް ހަދާދިނީ އޭރުގެ ޓްރޭޑް މިނިސްޓަރު ދަވްލަތުން ހުރިހާކަމެއް ފޯރުކޮށްދީގެން ފުރަތަމަ ކުރަމުން އައީ ޓްރޭޑް މިނިސްޓަރުގެ ވިޔަފާރި ކަމަށް ސައްކުކުރެވޭ
ކީއްވެގެންތަ ތި ތެޅިބާލަނީ؟
ޢަވަސްކުރޭ.
އަވަސް ކުރޭ މާލަސް ވެއްޖެ އެއިރުން ހުންނާނެ ރާކަނި މަސް ކެވިފަ.
ވ ރަނގަޅު ވާހަކައެއް. އީ.ޔޫއިން ކުރަން ނިންމި ކަންތަކަށްސަޕޯޓްދީ ޓްވީޓް ކުރި ހުރިހާ ވިޔަފާރިވެރިންގެ ވިޔަފާރިތަށް ނީލަން ކިޔަންވީ.
ސަތޭކައިގެ ޚިޔާލެއް
ނޭގެ ކޮންކަމަކާތަ ތެޅިބާލަނީ މިގައުމައް ފިޔަވަޅު ނާޅައިގެން ޓީވީތަކުގަޔާ ނޫސްތަކުގަޔާ ލަންޑަނުގަޔާ.ލަންކާގަ ހޭބަލިވަނީ ކީއްވެތަ
އަވަސްކުރޭ. ޢަވަސްކުރޭ ރައްޔިތުން ވަރައް ބޭނުންވާނެކަމެއް ތިޔައީ
ސާބަހޭ އައްބާސް ތިޔަވިދާޅުވީ 10000 ގެ ބަހެއް އަވަހަށް ތިޔަކަން ކުރަންވީ!
އަވަސް ކުރޭ މާލަސް ވެއްޖެ އެއިރުން ހުންނާނެ ރާކަނި މަސްކެވިފާ
އީޔޫއާއި ގުޅިގެން އިޞްލާޙަށް މަސައްކަތް ކުރުމަށް ސަރުކާރަށް ލިބިފައިވާ ރަނުގެ ފުރުޞަތެއްގެ ގޮތުގައި މިފުރުޞަތުގެ ބޭނުން ކުރެވޭނެއެވެ. އެހެނީ، ޝައްކުތައް ފިލާނީ، ސާފުބަހުން ވާހަކަދެއްކުމުންނެވެ. އެބޭފުޅުން ހިތުގައި ޝައްކު އުފެއްދުމަށް މަދުބަޔަކު މަސައްކާތް ކުރަމުންދާއިރު، އެފަދަ ޝައްކުތަކާއި ވަސްވާސްތައް އެބޭފުޅުންގެ ހިތުން ފިލައިގެންދާނީ، އަލިފާނަށް ދަރުނާޅައި، މިރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާ ޤާނޫނީ ހަމަތައް ބުނެދީ، އަންގައިދީ، އޮޅުންފިލުވައި ދީގެންނެވެ. އެބަހީ، ކަންކަމުގައި މާޔޫސްވާނީ ފިނޑިންނެވެ. ވޭތުވެދިޔަ ޒަމާންތަކަށް ބަލައި އެޒަމާންތަކުގައި މިރާއްޖޭގައި ފިނޑިން ނޫޅޭ ކަމަށް ޤަބޫލުކުރެވެއެވެ. މިރާއްޖޭގެ ރައްޔިތުންނަށް ނަޞްރަކަށްފަހު ނަޞްރެއް ލިބެމުންދަނީ އެހެންވެގެނެވެ. މިއަދަކީވެސް މިރާއްޖޭއަށް މާތްﷲގެ ނަޞްރު ލިބުނު ދުވަހެކެވެ.
ގައުމު ކުޑަޔަސް ގައުމެއްގޮތުގާ އަމިއްލަފައިމަތީގައި ދެމިއޮންނަން ތިކަންކުރަން ލަސްވެއްޖެ. އެބަޔަކު ކިރަންވާނީ އެމީހުން އަހަރުމެން މިނާކައްޓާއިން. ރިޒުގު މިންވަރުކުރައްވަނީ ﷲ ، އީޔޫ، އދ، އިންޑިޔާއެއް ނޫން.
ދޭތިން އެކައްޗަށ
ހައްދުން މައްޗަށް ދިޔައީމާ ވިސްނުން ގެންގުޅެން ޖެހޭ ގޮތް ތިޔައީ.... ތަންކޮޅެއްވެސް ދޫނުދޭތި... އައްސަރިބަހާ ސާބސް
މަވެސް ތާއީދު އައް
މަވެސް ތާއީދު އައްބާސްގެ ގޮވާލުމަށް
މީނާ އަކީ ހިހޫތަނުން ކާލައިގެން އުޅޭ ބޮޑު ފިންޑިޔެއް އަމިއްލަ އެދުމުން ފޯވެފަ ހުންނަ މީހެއް ކަން އެންމެނައްވެސް އެންގޭ
މަށަށްމާފަންނުވިލާ
ނީލަމުގަ މަވެސްބައިވެރިވާނަން ސާބަސް އައްބާސް ސަތޭކައިގެ ހިޔާލެއް އަވަސްކުރޭ.......
ޢެބުނީ ހަމަ ތެދެއް ހުރިހާ އެންމެންގެ މުދާތައް ހިފަހައްޓަން ޖެހޭނެ.
ސަތޭކައިގެ ޚިޔާލެއް އެންމެފުރަތަމަ ފިޔަވަޅު އަޅަންވީ އީޔޫގަތިބި ދިވެހިގައިދީންނަށް.
11 އަހަރުގެ އަންހެން ކުއްޖަކު ބޮޑުސިންގާ 17 ފިރިހެނުން ވެގެން މިއަދު އިންޑިޔާގައި ރޭޕްކޮށްގެން އުޅޭތަން އީޔޫގެ ކަނު ލޮލަކަށް ނުފެންނާނެ