ރާއްޖޭން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ދިވެހި ފުލުހުން ވިދާޅުވީ، އެނޯޓިސް އާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ގުޅިގެން އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
އަލީ ވަހީދު ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ދިވެހި ފުލުހުން ވިދާޅުވި ނަމަވެސް އަލީ ވަހީދު ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަކަށް އިންޓަޕޯލްގެ ވެބްސައިޓުން ފެންނާކަށް ނެތެވެ.
އަލީ ވަހީދު ހައްޔަރުކޮށްގެން ގެންނަން ރެޑް ނޯޓިސް ނެރުން ލަސްވެގެން އުޅުނީ ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ނުލިބިގެން ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
އޭގެ ދުވަސްތަކެއް ފަހުން ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ފުލުހުންނަށް ފޯރުކޮށްދީފައެވެ.
އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. ނަމަވެސް ހުއްދަ ދިން ހަތަރު މަހުގެ މުއްދަތު ފަހަނައެޅި ފަހުން ވެސް އަހަރެއްވީއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައި އެބައޮތެވެ.
އަލީ ވަހީދު ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. އަލީ ވަހީދު ވަޑައިނުގަތުމުން، އަޑުބަރޭއަށް ފިޔަވަޅު އަޅަން ދައުލަތުން އެދިފައިވެއެވެ. ކޯޓުގެ ހުރުމަތް ކަނޑާލައިގެން އަޑުބަރޭއަށް ވެސް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
މީގެ އިތުރުން، އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އެ ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަލީއަށް އެންގެވިއެވެ. ނަމަވެސް އަލީ ހާޒިރުނުވުމުން އެ ކޯޓުން އަލީގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
އަލީ ވަހީދަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަލީ ވިދާޅުވަނީ އޭނާ ފްރޭމް ކުރެއްވީ ކަމަށެވެ. އެއީ ސީދާ ކޮން ބަޔެއް ކަމަށް ވިދާޅުނުވިޔަސް އެމްޑީޕީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.
ކޮންތަާކު؟ ނެތޭ
ދައުރު ނިމެން ބައިގަޑީރައްވީ އަދިވެސް އުޅެނީ ބަދަލް ހިފުމާ އެކި ނަން ނަން ހަދާފަ ވޯޓްދޭން ބުނާ މީހުންނައް ވަޒީފާ ދިނުމުގަ، ސާބަހޭ..
މި ވެރިކަން މީ ނުކިޔަވާ ޖާހިލް މީހަކް ވެރިކަމައް އައްޔަން ކުރީމާ ވާނެ ގޮތުގެ ފުރިހަމަ މިސާލެއް..
އިބޫ ވެއްޖެއްނު ދެން ހުއްޓަން ތިޔަ ހިންގާ ނޭތްގާނީ އަމަލްތައް، ބާކީ އޮތް ދުވަސްކޮޅު ރައްޔިތުން ރުހޭ ފައިދާ ހުރި ކޮންމެސް ކަމެއް ކުރަން..
އަނެއްކާ މިފަހަރު އޭނަ ހައްޔަރުކުރަން ނޯޓިސް ނެރުނީ އުރުދޫ ބަހުންތަ، ނޫނީ ޔަހޫދީ ބަހުންތަ...
އެމް.ޑީ.ޕީގެ ކޮންމެ ކެމްޕޭނެއްގަ ގެންގުޅޭ އުކުޅެއް
އިބޫ ސަރުކާރުން ސިޔާސީ ކުއްވެރިން ޖަލައްލާ ހުކުމްކުރާކައް ބޭނުމެއްނުވޭ.. ކޮންމެމީހަކުވެސް މައްސަލަ ދިގުދައްމާލާ ތަފާތު ޗަރުކޭސްތައް ދައްކާ ކޯޓުތަކުގަ އެކިފަހަރު އެކިގޮތައް މައްސަލަގެންގޮސް މިހަދަނީ ސިޔާސީ މީހަކު ކިތައްމެ ބޮޑުކުށެއްކުރިކަމުގަވިޔަސް ހުކުމެއްނާއްނާނެ އެމީހަކު ބޭރައްފޮނުވާލީމަ ނިމުނީ... 30 އަގަރުގަ ވެރިކަންކުރި ފަލްސާގެ ދަށުން މިހާރު މިކުރަނީ ސިޔާސީ އެއްމެނައް ބައިއަޅައިގެން ... މދުފަންތީގެ އަދި ނިކަމެތި މީހުުންނައް ނުލިބޭގޮތައް