ގއ. ކޮނޑޭގައި ސަރުކާރުން ތަރައްގީ ކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮނޑޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީއެވެ.

ކޮނޑޭގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ކޮނޑޭގައި އިމާރާތްކުރާ މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރާ މިސްކިތެކެވެ. ރާއްޖޭގެ މިސްކިތްތައް ފަރުމާކުރުމުގައި މިސްކިތުގެ އެތެރޭގައި ހުންނަ ތަނބުތައް މިމިސްކިތުގެ ފަރުމާގައި ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮނޑޭގައި ތަރައްގީކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ.