ގއ. ކޮނޑޭ ސްކޫލުގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވޯލްސީ ޕްފައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފާފް ސައީދެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫޢުގެ މަސައްކަތް ވޯލްސީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ 4,788,886.82 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތް 180 ދުވަސް ތެރޭގައި ނިންމާގޮތަށް އެއްބަސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.