ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމެއް ނަމަވެސް, ކޮއްކޯފުޅު ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް އެގުޅުން ނުބާއްވަވާތީ ރަހިމުގެ ގުޅުން ވެސް ނުބޭއްވޭނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އޮންލައިން ނޫސް "ސީއެންއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ޔާމިނަށް މާފު ދެއްވަން ޖެހޭނެ ނޫންތޯއާއި, ރަހިމުގެ ގުޅުން ދަމަހައްޓަން ޖެހޭނެ ނޫންތޯ ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ރަހިމުގެ ގުޅުން ކިތަންމެ މުހިންމު ވިޔަސް ޔާމީން ވަނީ އެ މަނިކުފާނު ޖަލަށްލައްވައި އެތަކެއް އަނިޔާތަކެއް ދެއްވާފައި ކަމަށެވެ. ''އަޅުގަނޑު އެކަންޏެއް ނޫން. އަޅުގަނޑުގެ ކުދިން ފާރިޝް ވެސް ހައްޔަރު ކުރި. ނަދީމް ވެސް ހައްޔަރު ކުރި. ދެން މިހެން ގޮސް ބައިވަރު ކަންތައް ކޮށްފަހުރީ. އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ.'' ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމިން ކުރެއްވި ކަންތައްތަކަށް މާފަށް އެދިވަޑައިގެންނެވިތޯ ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ ''ނޫން އެއްގޮތަކަށް ވެސް ނޭދޭ'' ކަމަށެވެ.
ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތް ދެން ކުރައްވާނަންތޯ ސުވާލުކުރުމުން ރައީސް މައުމޫން ވިދާޅުވީ "މުސްތަގުބަލުގަ ވާނެ ނުވާނެ ބުނާކަށް ނޭނގޭނެ" ކަމަށާއި, ރައީސް ޔާމިނާއި ގުޅިގެން ސިޔާސީ މަސައްކަތެއް ކުރައްވާކަށް ''ހިތަކު ނެތް'' ކަމަށެވެ.
"އަޅުގަނޑު ހިތަކު ނެތް އެއްވެސް ވަރަކަށް ޔާމިނާ ގުޅިގެން ސިޔާސީ މަސައްކަތެއް ކުރާނަމެކޭ. އަޅުގަނޑަށް ވަރަށް ބޮޑެތި އަނިޔާދީފަ ހުރި މީހެއް އެއީ. އަޅުގަނޑުގެ އެއްވެސް ކުށަކާ ނުލާ ވަރަށް ބޮޑެތި އަނިޔާދީފަ ހުރީ. އަޅުގަނޑުގެ ކޮއްކޮއަކަށްވިޔަސް އޭނައާއެކު ސިޔާސީ މަސައްކަތެއްގަ ނޫޅެވޭނެ އިނގޭތޯ." ރައީސް މައުމޫން ވިދާޅުވިއެވެ.
ރަހިމުގެ ގުޅުން ވެސް ރައީސް ޔާމީނާއި އެކު ނުބޭއްވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު ރަހިމުގެ ގުޅުން ބާއްވަން އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅައެވެ.
ސަޙީޙް މުސްލިމް ގެ 32 ވަނަ ބާބުގެ 6199 ވަނަ ޙަދީޡުގެ މާނައިގައި ވަނީ " އާއިލީ ގުޅުން ކަނޑާލާ މީހާ ސުވަރުގެ ނުވަންނާނެ އެވެ."
އަދި أَنَسْ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ”(البخاري ، مسلم ، أبو داود ، أحمد) ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ބަހައްޓާށިއެވެ."
އިބްނުއްތީން ވިދާޅުވިއެވެ. "ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ހެޔޮޢަމަލުތައްކުރުމަށް ތައުފީޤުލިބުމުގެ ސަބަބެކެވެ. އަދި ފާފަތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި އެމީހަކު މަރުވުމަށްފަހުވެސް ރިވެތި ޘަނާ ދެމިގެންދާ ކަމެކެވެ. އެފަދަ މީހަކީ ދިރިހުރިމީހެއް ފަދައެވެ."
މީގެ އިތުރުން ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ދުނިޔަވީ ޙަޔާތުގައި ތައުފީޤު ލިބޭ ކަމެއްގެ އިތުރުން އަޅުކަންތައްތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަމެވެ.
ޢަމްރު ބުން ދީނާރު ވިދާޅުވިއެވެ. "ފަރުޟުކަންތައްތައް އަދާކުރުމަށް އަޅާ ފިޔަވަޅަށް ފަހު، އެންމެ ބޮޑު ދަރުމައެއް ލިބޭ ކަމަކީ ރަޙިމުގެ ގުޅުން ޤާއިމުކުރުމަށް އަޅާ ފިޔަވަޅަށެވެ."
ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް މައުމޫން ހައްޔަރު ކުރިއެވެ. ރައީސް ޔާމީން ރިޔާސީ އިންތިހާބުން ބަލިވުމާއި ހަމައަށް ރައީސް މައުމޫން ހުންނެވީ ޖަލުގައެވެ.
ޔާމީނު ބުނާ ގޮތުން އެނަ ޖަލަށް ލަނީވެސް ނުހާއްގުން. މިހާރު މައުމުނުވެސް އެބުނަނި ތިމެންނަ ވެސް ޖަލަށް ލީ ނުޙައްގުންނޭ. ހައްގަކާއި ލައިގެން ޖަލަސް ލި ނިކަމެތި ރައްޔިތު މީހާ. އެއި މިއިން މީހަކާއި ދިމާލަށް ނުރުހުމެ ބަހެއް ބުނެލާ މިހާ. ދޮހޮއްކޮ ޖަލަސް ލި ވަރަށް ބޮޑު ހައްގެއް އޮވެގެން. އެއި އޭރުގެ ވެރިކަން ނުން އެހެން ވެރިކަމެއް އޮތުން އެއްމެ ަގަޅުކަމަސް ދުލުން ބުނެލުން.
ރަހިމުގެގުޅުމަށްވުރެ ވެރިކަން މާމުހިންމު 30 އަހަރުވަންދެން ރައްޔިތުންނައް އަނނިޔާވެރި ވެރިކަމެއްކުރިމީހަކަށް ވެރިކަމަށްވުރެ މުހިންމުކަމެއްއޮންނާނެބާ އިލްޔާސް ވެސްކުއްވެރިވީ ވެރިކަމާ. ކުޅެންއުޅުނީމަވިއްޔާ ރަހިމުގެގުޅުންކީއްކުރަން ވެރިކަމައްވުރެ މުހިންމުއެއްވެސް ގުޅުމެއްނޯންނާނެ
ޔާމީން ޖަލަށްލީ ނުހައްޤުންކަން ސުޕްރީމް ކޯޓުގެ ހުކުމުން ޘާބިތުވޭ! އިންސާނާ ހަލާކުވެނިކަމެތިވެދާ ކަމެއް ހިސާބަށްވުރެ ބޮޑަށް މީހަކަށް ހަސަދަވެރިވެވުމަކީ!. އަވަހަށް ތައުބާވޭ. ހަސަދަވެރިންނާ ޝައިޠާނާ ވަރަށް ގާތްވާނެ. ތެދުމަގުގައި ހުރުމަކީ ދަތި އުނދަގޫކަމަކަށް ވެދާނެ.
ރައީސް ޔާމީނާ ރައީސް މައުމޫނަކީ އެއްބަޕާ ދެ މަންމައަކައް ލިބިފައިވާ ދެމީހުން ވީއިރު ރަހިމުގެ ގުޅުމެއް އޮންނަން ޖެހޭތަނެއް ނެތް...
ކަލެޔައް ރަހިމުގެ ގުޅުމަކީ ކޯއްޗެއްކަން ވެސް ނޭގޭ ހިސާބަށް މިހާރު ދިޔައީދޯ ، ނުބައިކަން ބޮޑުވިޔަސް މީބޮޑުވަރު.
ދަންނަ ބޭކަލަކު ވިދާޅުވާ ވާހަކަ ފަހުމް ނުވި ހާލު ފަސާދަނުކޮށް ފަތަށްބަރު ނުކުރާށެވެ. ރަހިމްގެ ގުޅުން އެއްކޮޅުން ދަމަހައްޓާނެ ގޮތެއް ނެތޭ އެބުނަނީ. ޔާގުންޑުގެ ހުރިނުބައިކަމާއެވެ.
އެމީހެއްގެ ކަމަކީ އެމީހަކު ﷲ އެންގެވި ގޮތަށް އުޅުން. ޔާމީން ގުޅުން ކެނޑީމަ މައުމޫނަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. މައުމޫނު ގުޅުން ދެމެހެއްޓީމަ މައުމޫނަށް އެނިމުނީ. ﷲ ތައާލާއީ މޮޅަށް ދެނެވޮޑިގެންވާ އިލާހު. ނުބައި ކޮންމެ މީހެއް މީހުންގެ އަބުރަށް ހުތުރުކޮށް އަމިއްލަ ނަފުސު ހަލާކު ކުރާނެ!
ދެ ބޭފުޅުންގެ މަންމާފުޅަކީ އެކަކުކަމުގައި ނުވާނަމަ ރަހިމުގެ ގުޅުން ބޭއްވޭނެ ގޮތެއް އޮވޭތޯ. ދިވެހިން ދަންނަނީ މި ދެބޭފުޅުުންގެ މަންމާފުޅަކީ ދެ މީހެއް ކަމަށް. ދަތަސް ނުދަތަސް ތީދެން ބޮޑުވަރު. ފަސާދަކުރަނީ ކާކުކަން އޮޅިއްޖެ.
ސުރުޚީބަލާފަ ކޮމެންޓް ކުރާ ގުރޫޕް ދޯ. އޭނަބުނީ..."އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ"
ޢެއްފަރާތުން ނުބެހެއްޓިޔަސް އަނެއްފަރާތުން މަސައްކަތް ކުރަންވާނެ ގުޅުން ބޭއްވޭތޯ.
ޙެޔޮ ލަފާ މީހުންގެ ގޮތަކީ އެއީ.
އެހާބޮޑު އިލްމްވެރިޔަކު، ތިމަންނާ އެ ގުޅުން ބާއްވަން މަސައްކަތްކުރާނަމޭނަމަވެސް ބުނެލިނަމަ މިހާ ގޯހެއްނުވިސް. އެކަކު އަނެކަކަށް ވާހަކަ ތަރުޖަމާކޮށްދޭކަށް މުހިންމެއް ނޫން. އޭނަބުނީ ގުޅުން ނުބާއްވާނަމޭ ހަމަ.
ހާތްތެރީ! މުޅި ދުނިޔޭގައިވެސް އުފެދުނު އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާއަށް ރަޙިމުގެ ގުޅުމަކީ ކޮން އެއްޗެއްކަންވެސް ނޭގޭ!
ސުރުޚީބަލާފަ ކޮމެންޓް ކުރާ ގުރޫޕް ދޯ. އޭނަބުނީ..."އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ"
ޢަސްލުވެސް ޔާމީނަކީ ވަރަށް ޖައްބާރު ނުލަފާ މީހެއް! ކޮނމެފަދަ ކަމެއްވެސް ކޮއްފާނެ ވެރިކަމަށްޓަކައި😕😡
ޖައްބާރު ބުނެފަ ތިބުނީ ނުލަފާއޭ. އިނގޭތަ ޖައްބާރު އެއީ މާތްﷲ ގެ އިސްމުފުޅެއްކަން.
ޢިލްމް ވެރިއަކަށްވެ ހުރެ ދައްކަން ހެޔޮނުވާވަރު ވާހަކަ ތަކެއް ކަމުގައި ދެކެން. ޢަމިއްލައަށް އިސްވެ މާފަށް އެދެންވީ ނޫންތޯ.
ޢެހެނަސް ފަރުދަކަށްވުރެ ގައުމު މުހިންމުވާނެކަން ދަންނަން ޖެހޭނެ…
މާފަށް އެދެންޖެހޭނީ ކުށްކުރިމީހާ. އަނިޔާލިބުނު މީހާ ނުޖެހޭނެ މާފަށް އެދޭކަށް. އަދި މިކަމަކާ ގައުމާ އޮތީ ކޮންގުޅުމެއް؟
މަ ނުދަނެ ހުރިން މިރާއްޖެއަށް ގައުމު މުހިއްމުވި ވެރިއެއް އައި ހެނެއް. އަމިއްލަ އެދުމާގެން ފޯވެފަ
2008 އަހަރު ރ.މައުމޫނުގެ ސަރުކާރު ބަދަލް ވީމަ އެމްޑީޕީ ސަޕޯޓަރުން ރ. މައުމޫނު ދުއްތުރާކޮށް އަނިޔާވެރިވާން ނުކުތީމަ ރ ޔާމިން ޕީއޭގެ 7 މެންބަރުނނާއެކު ރ މައުމޫނުގެ ދިފާއުގައި ކިހާ ގިނަ މަސައްކތެއް ކުރިތޯ.
ސުވާލް.
1.ރ ޔާމިންގެ ސަރުކާރު ވައްޓާލަން ބަޢާވަތް ރާވާ ހިންގިންތޯ.
2. ރ.ޔާމިން ގެ ސަރުކާރު ވައްޓާލުމަށް އިންޑިއާގެ އރހީތެރިކަމުގެ އެންމެބޮޑް އިންޖީނަރަކީ ރ.މައުމޫނުތޯ.
3. ދިވެހި ރައްޔިތުންނަށް ޤައްދާރުވުމަށް އެމް.ޑީޕީގެ މޮހިރަށް ވެއްޓި ޤައުމު ފުނޑާ ތިލައްވަނީ 2008 ގެ ވެރިކަން ގެއްލުނީމަތޯ.
4. ރައްޔިތުންނަށް 30 އަހަރު ކުރި އަނިޔާ ތަކަށް މައާފަށް ނުއެދި ތިހުންނަނީ ކީއްވެތޯ.
5.އީވާން ނަސީމާއި އިތުރު ބަޔަކު ޖަލުގައި މަރާލީ ކާކުގެ އޯޑަރައްތޯ.
6. އަދިވެސް ވެރިކަމުގެ ދަހިވެތިކަން ވ އެބަހުރިތޯ.
ރ. ޔާމިން ދައްކާފައިވަނީ އިންސާފުގެ ކުރިމަތީ ބޮޑްކެކުރިއެއް އަދި ކުޑަ ކެކުރީގެ ތަފާތެއް ނެތްކަން. ތިއީ ޤައުމުގެ ެެ އަދުއްވެއް.
ބަލަގަ އެއީ އެއްރަހިމެއްނޫނޭ.ދެންކޮން ރަހިމުގެ ގުޅުމެއް މިކިޔަނީ.
ކޮއެފުޅާ ރަހިމުގެ ގުޅުމޭ ކިޔަނީ ލޭގެ ގުޅުމަށް ލޭގެ ގުޅުމަކީ އެތައް ހިސާބަކަށް ފެތުރިފަ އޮންނަ ގުޅުމެއް. ކޮންމެހެން އެއް ރަހިމެއްގަ ތިބޭ ބަޔަކަށް ނޫން ރަހިމުގެ ގުޅުމޭ ކިޔަނީ. އަހަންނަށް ކިރުދޭ ދުރުހިލޭ މީހާއަކީވެސް ރަހިމުގެ ގުޅުމޭ އޮންނަ މާނައިގެ ތެރޭ ހިމެނޭ މީހެއް.
އެއީތެދެއް ޔާމީނު މަންމަ އަކީ އެގޭގަ ކައްކަން ގެންގުޅުނު މަސައްކަތުމީހެއް
މައުމޫން ކައިރީ މީހަކު ސުވާލު ކޮށްލާއިރަށް ބުނާނެ ކޮށްގެން ވާނެ ކަމެއް ނޫނޭ ރަހިމުގެ ގުޅުން ކަނޑާލުން..މައުމޫން ގުޅުން ކަނޑާލަން ވެއްޖެ ނަމަ އޯކޭ؟؟ދީނީ މީހުންގެ ގިނަ ވާހަކަ ހުންނަނީ މިހެން.. ހުރިހާ ކަމެއް އެމީހުނަށް ކުރެވޭ އެހެން މީހުނަށް ހުއްދަ ނުވޭ..
ސުރުޚީބަލާފަ ކޮމެންޓް ކުރާ ގުރޫޕް ދޯ. އޭނަބުނީ..."އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ"
ކާކު ބާ ކުށް ކުރީ ؟ ދިވެހި ރައްޔިތުންނަށް އިނގޭ މައުމޫނުކަން ވެރިކަށް ވައްޓާލަން އުޅުނީ. ވީމާ މައުމޫނު މަޢާފަށް އެދެން ޖެހޭނީ.
ކަލޭ ތަރުޖަ މާ ނުކޮއްދިނަސް ދިވެހިންނަ އިގޭ މައު މޫނު ބުނީ ކީކޭކަން..ޙުދު މުޙުތާރު 30އަހަރުގެ ވެރިކަ މަށްފަހުވެސް ހިތް ނުފުރިގެން އިންޑިޔާއިން ކަޅުދަބަސް އެތެރެކުރީ ކާކުކަން ހޭލާތިބި ދިވެހިންނައިގޭ.
މުރަނގަފަތްކޮޅެއް ލީމަ ހަލާލުވީއޭ
މައުމޫނު އަކީ ވަރަށް ހަސަދަވެރި މީހެއްކަން އަދި ކިރިޔާ މިއެނގުނީ، މާތްﷲ ތިބާއަށް ހެޔޮވިސްނުން ދެއްވާށި، މިދުނިޔެމަތީ އެންމެ ބޮޑު ފާފައިގެ ތެރޭ ހިމެނޭކަމެއް ގަސްތުގައި މީހަކުމެރުން، އެކަމަކު މަރާލިމީހާގެ ވާރިސުންވެސް މެރިމީހާއަށް މަޢާފުކޮށްދޭ، އެއީ އެކަމުގެ ހުރި ހެޔޮކަން ބޮޑުކަމުން، އެހެންވީމަ މައުމޫނު ވަރުގެ ރަނގަޅު މީހަކު މިދުނިޔެ މަތީގަވެސް ނެތްތާ.
ސުރުޚީބަލާފަ ކޮމެންޓް ކުރާ ގުރޫޕް ދޯ. އޭނަބުނީ..."އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ"
މައުމޫނަކީ މައުމޫނު، އެ އަކަށް ދެގޮތެއް ނުވާނެ. ހަތް ފެނުން ދޮވުނު ނަމަވެސް އެހުންނާނީ ހަމަ އެގޮތަށް. ވެރިކަމުން 30 އަހަރަށްފަހު ފައިބައިވަޑައިގެންނެވުމަށްފަހުވެސް، މަޑު މައިތިރި ކަމާއެކު އިޖްތިމާޢީ މަސައްކަތްތަކުގައި އުޅުއްވާކަށް އިނގިވަޑައިގަތީކީނޫން. ރައީސް ޔާމީން ގޮސް ހައްޔަރު ކުރަން ޖެހުނީ، ސިޔާސީ ގަޑު ބަޑު އުފައްދަން ކަނޑައެޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ސާބިތުވެގެން. ރަހިމުގެގުޅުން އޮތް ބޭފުޅެއްނަމަ، އޭރުވެސް، މައުމޫނު އޭނާގެ ކޮށްކޯ ފުޅަށް ފުރުޞަތު ދެއްވާ އެފަރާތައް ޖެހިވަޑައިގަތީސް. ހިންހަމަ ނުޖެހޭ ކަމެއް އޮތްނަމަ، މަޑު މަޑުން އެއްކާރިވެލާ އަރާމު ކޮށްލެވޭނެ ފުރުޞަތު ލިބުނު. އެކަމަކު، އަސްލުގައި އެންމެ ބޮޑު ދުޝްމަނާ ބައިތު އިފާ ސަރުކާރު ވައްޓާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވީ.
އާއިލީ ގުޅުން ކަނޑާލީކީ މައުމޫނެއްނޫން. ޕީއޭ ހަދައިގެން 3000 ހަމަނުވެގެންއުލެނިކޮށް ފާރިސް ލައްވާ ޕޯމްނަގައިގެން ޕީޕިއެމް އުފައްދާ އެޕާޓީ ވުޖޫދު ވުމުން ރިސާސީ އިންތިހާބަށް ކުރިމަތިލަން ޕިޕިއެމާގުޅުނު ކޮއްކޮފުޅު އަށް އެއްވެސް ތަރުހީބެއް ޕާޓީތެރޭންވެސް ދިވެހި ރައްޔިތުންގެވެސް ނެތިސް ކެންޑިޑޭޓަކަށް ނެރެ އިންތިހާބު ކާމިޔާބު ކޮށްދީ ޕާޓީގެ މަގާމެއް އުފައްދަ މުސްތަސާރު ކިޔާ އެމަގާމަށް ހަމަޖެއްސުމުން ހޯނު ނިގުލިގަ ހިފާ ހޫރާލާ ޕަޓީން ބޭރުކޮށް ޖަލަށް ލާ އަނިޔާ ކުރުމަކީ މައާފަށް އެދުނަސް ދެވަނަފަހަރަށް އިއާދަ ކުރެވޭބނެ ފެންވަރުގެ ކަންކަމެއްނޫން. ރަހިމުގެ ގުޅުން އޮތުމުން އޮލެވެލްގެ ދަސްފާހަކަށް ބޭރޫތު ޔުނިވަރސިޓީއަށް ކިޔަވަން ފޮނުވާ އިޒްރޭލުމައްސަލާގަ އެތަނޔުން ގެނެސް އެމެރިކާއަށް ފޮނުވާ ތިޔަލިބުނުފާހައް ލިބުމުން ސަރުކާރުގެ އެކޮނޮމިކް މިނިސްޓްރީގެ މަގާމްތަކުގަ ގެންގުޅެ އެންމެ ފަހުން މިނިސްތަރުކަންދީމިހުރިކާކަމެއް ކުރީ އެއްބަފާ ކޮއްކޮއަށް ވިތީ އެފާސްނެގި ކިތައްމީހުން ރާއްޖޭގަ އެބައުޅޭނޫންތަ؟ އެމަގާމްތަކެއްނުލިބޭ. އެހުރިހާކަމެއް އައީ ރަހިމުގެ ގުޅުމުގެތެރޭނެް . މިކަން މިހެންއޮއްވާ އަނބިމީހައަށް ދަނޑިދިގު އުނދުޅިއެއްދީގެން ހަލުވާ ކުނިކޮށްލައިގެން ގުޅުންކަނޑުވަލީ ކޮށްކޮއާ ދެވަނަފަހަރަށް ގުޅުންއުފައްދައިގެން އެ ކޮށްކޮއަށް ކަމެއްކޮށްދިނުމަށް އިތުބާރު ކުރެވޭނީ ކާކަށް. ޔާމީނަށް އިތުބާރުކުރާ ސިޔާސީ މީހަކު ރާއްޖޭގަ ނެތް. ޔާމީނުގެ ފަރާރުން އަނިޔާ ނުލިބޭ ސިޔާސީމީހަކު ރާއްޖޭގަނެތް. ވިމާ ޔާމީނުގެ ފަހަތަށް މައުމޫނުވެސް އެހެން ސިޔާސީ މީހަކުވެސް އަރަންޖެހޭނެ ސަބަބެއް އެބައޮތްބާ؟
މިއޮތީ ނޭގޭ ފޮޅި ތަވަޔަށް އަޅާފަ.
މި ބެއްޔާއަށް ނޭގޭތަ ރަހިމުގެ ގުޅުން ކަނޑާލުމަކީ ބޮޑު ފާފައެއްކަން. މީނަ ވީމަ އޯކޭވާނެތާދޯ. އަނބިވެސް ބުރުގާ ނާޅުވާ ގެންގުޅުނީނި ހޫނުގައުމެކޭ ކިޔައިގެން. ﷲއަނަގަވާފައި އޮތީ ހޫނު ފިންޏަކަށް ބަލައިގެނެއް ނޫން.
ޖައްބާރު ނުބައި ނުލަފާކަން ތި ފެންނަނީ ...ކަލެއަށްވާ ސާބަސް...ކަލެއަށް އަނިޔާ ދިނީޔޯ...ދެން ކޮބާ ކަލޭ ކުރިކަންތައް..ވޯޓް ކަރުދާސްކޮޅުގަ ނުބައި ފާހަގަ ޖެހި ތުއްތު ވެސް ލީ ޖަލައް....
މައުމޫނާއި މައުމޫނުގެ ދަރީން ހައްޔަރުކުރީ ހަމަ އެއްވެސް ކަމެއް ނުކޮއް މައުސޫމުންތަކެއްހެން ތިއްބާތޯ ނުވަތަ ތަހުގީގަކަށް ކަރަޕްޝަންގެ ކަންކަން ފެނި އެކަމަށް ފިޔަވަޅު އެޅުމައްތޯ ސަުވާލުކުރުން މުހިންމު. އަދި މައުމޫނުގެ ދެންތިބި ދަރީން ހައްޔަރު ނުކޮށް ފާރިޝްއާއި ނަދީމް ހައްޔަރުކުރަން ޖެހުނީ ކީއްވެގެންތޯވެސް ސުވާލު ކުރަށްވާށެވެ
ޔާމީން ހެއްދެވީ ރަނގަޅައް. އިންސާފު ތަންފީޒު ކުރުމުގައި ނުޖެހޭބަލާކަށް ކަނދުރާއަކަށް މޫނަކަށް އާއިލާއަކަށް. ބަލަން ޖެހެނީ ކުށްކޮއްފައިތޯ ހުރީ. ކުށުގެ ހެކި ބޭނުންވާ މިންވަރަށް ސާބިތު ކުރެވެންޏާ ގާނޫނު އަދި އުގޫބާތް ތަންފީޒު ކުރަން ޖެހޭނެ. މައުމޫނު އާއި މައުމޫނުގެ އާއިލާއަކީ ގާނޫނާއި ގަވާއިދުތަކުން ތިސްތިސްނާ ދީފައި ތިބި ޚާއްސަ ބަޔެއް ނޫން. ކިތަންމެ ޒަމާނެއް ވަންދެން ވެރިކަން ކުރިޔަސް އެއްވެސް މީހަކަށް ގާނޫނުތަކާއި ގަވާއިދުތަކެއް އިސްތިސްނާއެއްނުވޭ. މައުމޫނުއާއި މައުމޫނުގެ އާއިލާ އެެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ތިމަންނާމެންނަކީ ގާނޫނެއް ގަވާއިދަކަށް ބޯލަނބަން ނުޖެހޭ އަދި ހިތައް އެރިކަމެއް ކޮއްލާފަ އެކަމުގެ ކުށުން ރެކިގަތުމަށް ޚާއްސަ ލައިސަންސެއް ރާއްޖޭގެ ގާނޫނުއަސާސީ އިން ނުވަތަ އެހެންވެސް ގޮތަކުން ލިބިފަތިބިބަޔެކޭ. މާދަމާވެސް ހަމަ ކުށެއް ކޮއްފިއްޔާ މައުމޫނުގެ މައްޗައްވެސް ޝަރީއަތް ހިންގޭންޖެހޭނެ އަދި ކަނޑައެޅިފައިވާ އަދަބު ދެވެންޖެހޭނެ. ރައީސް ޔާމީންއަށްވެސް އޮތީ ހަމަ މިގޮތް. އިބޫ ސޯލިހަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އޮތީ މިގޮތް. ހައްގު ޖެހޭނީ ކިތަންމެ ހިތިވިޔަސް ގަބޫލުކުރަން.
ގއ. ވިލިނގިލީ ބޭފުޅެއް މައުމޫން ގެ މަންމަ އަކީ. ޔާމީން ގެ މަންމާފުޅަކީ މައުމޫން ގެ މަންމާފުޅުހެން ގއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫން. އަޅުގަނޑަށް އިވޭ ގޮތުން ރަޙިމް ގެ ގުޅުމަކީ މައިފުށުން އަންނަ އެއްޗެއް. ޔާމީން އަކީ މައުމޫން ގެ މަންމަ ގެ ބޭފުޅެއް ނޫން. ޔާމީން ކުރެއްވީ ޔާމީން ގެ އަމިއްލަފުޅު ކުންފުންޏެއްގެ ވެރިކަމެއް ނޫން. ޔާމީން ކުރެއްވީ ރައްޔިތުން އެބޭފުޅާ އާއި ޙަވާލު ކުރި ވެރިކަމެއް. ވީމާ އެކަން ޢަމާނާތްތެރި ގޮތުގައި ޔާމީން ކުރައްވަންޖެހޭނެ. މައުމޫނު ކީއްކުރަން، ޔާމީން ގެ ބޭފުޅަކު ވިޔަސް ކުށެއް ކޮށްފި ނަމަ، ކުށެއް ނުކުރެއެކޭ ޔާމީން ވިދާޅެއް ނުވާނެ. މައުމޫން ޖަލަށްލާން ޖެހުނީ ރައްޔިތުން ހޮވާފަހުރި ވެރިމީހާ ވެރިކަމުން ދުރުކުރަން މައުމޫނު ގަދައަޅާ މަސައްކަަތް ކޮށްގެން. އެކަން ސާބިތު ވެގެން. ޢުމުރުން 82 އަހަރު ވީމާ ވެސް ފާޑުފާޑު އިންޓަރވިޔު ދީގެން އަހަރުމެން ގެ ދަރިންނަށް ރަޙިމް ގެ ގުޅުމަކީ ކެނޑިޔަސް އޯކޭ އެއްޗެއްކަން ދަސްކޮށްދޭން މައުމޫން އުޅޭނެ ކަމެއް. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ރަޙިމް ގެ ގުޅުމެއް ޔާމީން ނުކަނޑުއްވާނެ. އެކަމެއް ޔާމީން އެއް ނުކުރައްވާނެ. ޔާމީން އަކީ ހިތްޕުޅުހެޔޮ ބޭފުޅެއް. ހިލޭ މީހުންނަށް ވެސް ޔާމީން ފަސޭހަ ކަމާއި އެެކު މަޢާފު ދެއްވަވާ. ކުރީގެ ނާޢިބު ރައީސް ޖަމީލް އަކީ މިހާރު ޔާމީން ގެ ލޯޔަރު! ހުރިހާ ނުބައެއް މި ކުޑަކުޑަ ރާއްޖޭގައި އުފައްދަނީ މައުމޫން އާއި އިބޫ.
ޑޮކްޓަރ ރާމީ ތިޔަވިދާޅުވީ ތެދުފުޅެއް. މައުމޫން ކުށް ކުރީ. މައުމޫން ވެރިކަން ވައްޓާލަން އުޅުނީ. ވީމާ މައުމޫން މަޢާފަށް އެދެން ޖެހޭނީ.
އަސްލުވެސް ބޮނޑިބަތް ޖަމީލް ކިހާ އެއްޗިއްސެއް ޔާމިނަށް ގޮވީ. ޖަމީލް ވެސް ޔާމިނު އަރިހުން މަޢާފަށް އެދުނީމާ އެހެރީ މަޢާފް ދީފަ، ޔާމިނުގެ ލޯޔަރަކަށް ހަދާފަ. ކިހާ ރަނގަޅު ޔާމީނު. މައުމޫނު މަޢާފަށް އެދެން ޖެހޭނީ. ޔާމިނު ގެ ވެރިކަން ވައްޓާލަން އުޅުނީ މައުމޫނޭ ބަލަގަ. ވީމާ ކުށްކުރި މީހާ މަޢާފަށް އެދެންޖެހޭނީ.
ބެއްޔާ ޖަލަށްލީލާންވެގެން ކޮބާ ކަޅުފޮށި!!!
ދެން ނަޝީދަށާއި ނަޝީދުގެ އާއިލާއަށް މައުމޫން ދިން އަނިޔާއަށްވުރެން ބޮޑެތި އަނިޔާދިން މީހަކު މިދުނިޔެމަތީގަ ނުހުންނާނެ. އަދި ކޮބާ މައުމޫނުގެ ވެރިކަމުގަ އެހެން ރައްޔިތުންނަށް ދިން ވޭންދެނިވި އަނިޔާއާއި ދާއިމީ ކެކުޅުން
ﷲ ތައާލާ ގުޅުއްވި ގުޅުމެއް ކަނާލަން ތިއީ ކާކު؟ ދީނެއް މިއްލަތެއްވެސް ނެތީތޯ؟ ނޫނީ ސިޔާސީވީމަ އިބިލީހަކަށް ވާން ލާޒިމްވަނީތޯ؟
ރަހިމުގެ ގުޅުން ކެނޑި ދުނިޔޭގެ މުސްލިމުގައުމެއްގެ ވެރިކަމުންފޭބި ފުރަތަމަ ރައީސް މިއީ މީނަހެދި ރެކޯޑެއް މިކަމުގައި މީނައަށް ދުނިޔޭގެ ރަށްޔަތުންގެ ނުރުހުމާއި ރާއްޖޭގެ ރަށްޔަތުންގެ ނުރުހުން ލިބިއްޖެ .
އެހެންވީމަ ރަހިމުގެގުޅުން ކެނޑި މީހަކު ސުވަރުގެ ނުވަންނާނެކަން އެނގި ހުރެ އެކަންކުރުމަކީ ކިހާނުބައިކަމެއްތޯ ކާފަ މުސްކުޅިވެ ގައިބާރު ދެރަވިދުވަހު މިފަދައިން ކަންތަށްތިޔަ ކުރީ އަދިވެސް ވެރިކަމަށް ދެވިހިފާފަ ހުރުމުންތޯ.......... ނޫނީ ދުނިޔޭގެ އުފަލަކަށް ނުވަތަ މީހަކުބުނެންތޯ ވަރަށްދެރަ ވިސްނާލުން ބުއްދިވެރި.
.
ތިމާއަކީ އަޒުހަރުގައި ކިޔެވި މީހެއް ނޫންކަމާއި ތިމާމީހާ ކިޔެވީ އެލެގްޒެންޑަރިއްޔާގެ ގޮނޑުދޮށުގައާއި ނީލަކޯރުތެރޭގައިކަން ތިހާމަކުރީ. ހެޔޮނުވާނެ މައުމޫނު ތިކަހަލަ ވާހަކަދައްކަން. ތިވާހަކައަށް ހެއްލިގެން ރަހިމުގެ ގުޅުން ކަނޑާލާ އެންމެންގެ ފާފަ މައުމޫނު އުފުލަންޖެހިދާނެ.
ރައިސް ޔާމިނަ ވޯޓް ދެވެންޏާ ވޯޓްދޭނަން އިންޝާﷲ.
ރައީސް ޔާމިނަށް މާފު ދެއްވަން ޖެހޭނެ ނޫންތޯއާއި, ރަހިމުގެ ގުޅުން ދަމަހައްޓަން ޖެހޭނެ ނޫންތޯ ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ރަހިމުގެ ގުޅުން ކިތަންމެ މުހިންމު ވިޔަސް ޔާމީން ވަނީ އެ މަނިކުފާނު ޖަލަށްލައްވައި އެތަކެއް އަނިޔާތަކެއް ދެއްވާފައި ކަމަށެވެ. ''އަޅުގަނޑު އެކަންޏެއް ނޫން. އަޅުގަނޑުގެ ކުދިން ފާރިޝް ވެސް ހައްޔަރު ކުރި. ނަދީމް ވެސް ހައްޔަރު ކުރި. ދެން މިހެން ގޮސް ބައިވަރު ކަންތައް ކޮށްފަހުރީ. އެހެންވީމަ ރަހިމުގެ ގުޅުމަކީ ކިތަންމެ މާތް ގުޅުމަކަށްވިޔަސް އެއްކޮޅުން އެ ގުޅުން ނުބަހައްޓަންޏާ ކިހިނެއްތޯ ބަހައްޓާނީ.'' ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫނު މަނިކުފާނު ރީއްޗެއްނޫން ތިވާހަކަދައްކަވާކަށް!
ރަތްދޫލަައިގެ ޢިއްޒަތް ހިތުން ނުފިލާ ވެރިކަމުގެ
ރަހިމުގެ ގުޅުން ބޭއްވިޔަސް ނުބޭއްވިޔަސް ކަލެއަކަށް ދެން ކުރީގެ ޝާހީ ދިރިއުޅުމެއް މިދުނިޔޭގަ ނޫޅެވޭނެ
މައުމޫނު ނަހައްގުން އަނިޔާ ދިންމީހުން މާގިނަ.............ތިއަގަ މަޑުންލައިގެން ހުރިއްޔާ މާ ތާހިރުވާނެ.
ޕީޕީއެމްގެ ލީޑަ ޝިޕްނުދިނީމަ ޒާތީވެގެން އެމްޑީޕީޔާ ގުޅުނީ.
ރޔާމިންގެ ތާއީދު ރައްޖޭގަ ވަރައް ބޮޑު މިހާރު.
އޭނަ އެއީ ވަރަށް ބޮޑު އަނިޔާ ވެރިއެއް@ މަނިކުފާނަށް ދިން އަނިޔާ އޭނަ ޖެހޭ މާފަށް އެދޭ!
އެދެމީހުންނަކީ އެއީ ދެރަހިމްގަ އުފެދުނު ދެދަރިން އެއީ ދެއަށްހެނަކު ދެރަހިމުން ނުކުން ދެދަރިން ދެންކޮން ރަހިމުގެ ގުޅުމެއް
ރައީސް ޔާމީނާ ރައީސް މައުމޫނަކީ އެއްބަޕާ ދެ މަންމައަކައް ލިބިފައިވާ ދެމީހުން ވީއިރު ރަހިމުގެ ގުޅުމެއް އޮންނަން ޖެހޭތަނެއް ނެތް...
ދެކޮޅުނުބަލާ މިހާރު ރ.މައުމޫނަކީ ހުރިހާ ނުބައި ސިފައެއް ހުރި މީހަކަށް ހަދައިފި ހެޔޮނުވާނެ!!!
މަނިކުފާނާއި ދަރިއާއި ސަޖިދައިގަ ތިއްބޥަނިކޮއްތޯ ޖަލައްލީ ކޭތަބަޢާވާތުގައުޅުއްވަނކޮއްތޯ އެހެންނޫނަސް ރަހިމުގެގުޅުން އޮތީ ވަކިމީހަކު ވަކިގޮތަކައްކަނކުރީމަތޯ ފާއިތުވި 30 އަހަރުދެއްކި ވާހަކަތައް އަނެއްކޮޅއް ދަރިއައް ނާއިބުރައީސްކަން ދިންނަމަ ޔާމިން ވަރުގެ މުވާތިނެއް ނުހުންނާނެ ވީމާ ތިމާގެ އުމުރާއިމެދު ވިސްނަވާ ތައުބާ ވުމައް ދަންނަވަން
ދުނިޔެއަކީ ފާޑެއްގެ ތަނެއް. މައުމޫނެއްކަމަކު އެދެއްކީ ރަނގަޅު ވާހަކައެއް. ތިމާޔަށް އަނިޔާވެރިވި މީހަކަށް ހަމްދަރުދީ ވާކަށްނުޖެހޭ. ޔާމީނަކީ މައުމޫނަށް އެތައް އަނިޔާއަކާއި ދުއްތުރާއެއް ދީފަހުރި މީހެއް. ހަމައެބީދައިން ދިވެހި ރައްޔިނުންގެ ތެރެއިން މައުމޫނުގެ އަނިޔާގައި ޖެހިފަތިބި މީހުންގެތެރެއިން މައުމޫނަށް ލައުނަތް ލެއްވުމަށް އެދޭނެ މީހުންވެސް އުޅޭނެ. ދީނުގަ ކޮންމެ ގޮތަކަށް ބުނިކަމުގައި ވިޔަސްމެ. ޢެއީ އިންސާނީ ތަބީއަތް.
ޖައްބާރު ކަލޭގެ އަކީ الله ގެ އަމުރު ފުޅު ކަމުގައިވާ އަންހެނުން ހިޖާބު ވުމަށް ވެސް ދެކޮޅު ހެދި މީހާ! ޢެހެންވީ މަ الله ގެ އެހެން އަމުރު ފުޅަކާ ދެކޮޅު ހެދުން އެކަލޭގެ އަށް ބޮޑު ކަމަކަށް ނުވާނެ ނޫންތޯ؟
މީނައައްވުރެން ވަކި ޖަނަވާރު ނުބައި ނުލަފާ އިންސާނަކު ހިޔެއްނުވެ މިއުޑުދަށުގަ ހުންނާނެހެންނެއް ހީވަނީ މީނަ ގޭގަ ނިދާފަ އޮއްވަހެން ގެންގޮސް ޖަލައްލީ ބަލަގަ އެންމެނައްވެސް އެނގޭ ކަލޭ ދުވަހަކުވެސް ތެދެއް ނުބުނާނެކަން
އެބެއަކީ މާމޮޅު ނުޖޫމީ ޢިލްމްވެރިއެކޯ. 30 އަހަރު ޚުދުމުޚްތާރު ވެރިކަމެއްކޮށްވެސް ހިތްނުފުރިގެންއުޅޭ މަޖްނޫނެއް.
މައުމޫނު ޖަލަށްލީ ސަބަބުތަކެއް އޮވެގެން. މައުމޫނާ ހެދި ޔާމީނަށް ވެރިކަމުގަ ހިންދަމާ ނުލެވި އެއްކަލަ 30 އަހަރުގެ ބަރަވެލި ދުވެލީގަ ގައުމު ގެންދަން ޔަމީނު ބޭނުންނުވީ. އެކަމާ ބޮޑާހާކާ މިއީ މަގޭ މައިންބަފައިންގެ ފަރާތުން ވާރުތަވި ވިރާސީ ރަސްކަމެކޭ ކިޔާ ޕާޓީ ތަޅުއަޅުވާ ނޮހޮރޮއްޕާން ކުރަން ފެށީމަ ޔާމީނު ހަށި ފޮޅާލީ. އަދި އެވަރުން ނުވެގެން ތިމާގެ ސިޔާސީ ދުޝްމިނު މީހާއާ ބައިއަތު ހިފާ ޔާމީނުގެ ދުވަސް ދުއްވާލަން އުޅުނީ. ބަލަ މައުމޫނަށް ވެރިކަން ކުރެވިއްޖެ އެންނު..ދެން ރީތީގޮތުގަ ސިޔާސީ ދާއިރާ ދޫކޮށް އާޚިރަތަށްޓަކާ މަސައްކަތް ކުރަންވެއްޖެ އެންނު.
19ދިވެހިންގެ ލޭ މިބިމައް އޮހޮރުވާލި ބާއީންނައް މަނކުފާނު މއާފު ދިންއިރު އެއިީ ދުވަހަކުވެސް ދިވެހިން މޏިކުފާނައް މައާފު ކުރާނެ ކަމެއްނުން
ދީން ކިޔަވައިގެން ހުރި މީހަކު ތިޔަހެން ބުނީމާ ލިބިވި ޢިލްމާމެދު ޝައްކުވެއްޖެ. ބަލަަނިކުފާނުގެ ދަރިފުޅަށް އެވަގުތުގެ ނުރައްކާއެނގޭތީ ޖަލުން ނެރެން ނޫޅުނީ
މާލޭ މަގުމަތީގަ ބައިސްކަލުވަގަށްނަގާ ލާޗާރު ބިޗާރު ވެގެން އުޅެނިކޮށް މީނާގެންގޮސް ކިޔަވައިދީ މީހަކަށް ހަދައިފަ ވަޒީފާދީގެން ގެންގުޅެ އޭރުގެ އެސް.ޓީ.އޯ އާއި އެފް.ޕީ.އައިޑީން އެތަކެއް ވައްކަމެއްކުރި އިރުވެސް މައްސަލަނުބަލާ ކާރީގަ ގެންގުޅުނީ ހަމަ މައުމޫން ދެން މީނައަށް ބާރެއް ލިބުނު ދުވަހު އެމުސްކުޅިމީހާ ގެންގޮސް ބޭއްވީ ޖަލުގަ ސުބުހާނަﷲ ހެޔޮވާނީ ކިހިނެއް
ތިޔަ ބުނެވުނީ ބައްޕައަކީ އަންހެނެކޭ. ބަލަ ތިޔައީ އެއް ރަހިމުގެ ދެމީހުނެއް ނޫނެއްނު؟
މަނިކުފާނަށް މިއޮއްބޮޑު ރޯދަމަހު އެނގިވަޑައެއް ނުގެންނެވި ދެއްތޯ ތިނޫން ވާހަކައެއް ދައްކަވާކަށް. އަޅުގަނޑުމެން ލަދުގަނޭ. މަނިކުފާނު ތި އުޅުއްވާ ހުތުރު ގޮތުން. ތީ ކެނޑޭނެ ގުޅުމެއްވެސް ނޫން. އެކަމަަކު އާއިލާގެ ތެރެއިން އަންނަ ޕްރެޝަރާހެދި ދައްކަވާ ވާހަކަފުޅު ތީ
ތިޔަ ހަދީޘް ޔާމީންއަށްވެސް ރައްދުވާނެދޯ. ލިޔެފައިންގޮތުން ހީތްވަނީ މައުމޫނު އަށް އެކަނި ނިސްބަތްކުރަން މަސައްކަތް ކޮށްފައިންހެން.
ޑޮލަރު މާރުކުރާ ވެރިއަކަށް ކެހިނެއްތޯ ރަހިމުގެ ގުޅުންބާއްވާނީ ؟؟؟؟؟؟؟
މަނިކުފާނަަކަށްނޫން އޮޅިގެން މިއުޅެނީ މިރާއްޖޭގަ ތިބި ނަންޓެގް މުސްލިމުންނަށް. ދިވެހިންނަށް ދީން އޮޅިވަކަރުވެފަވާ މިންވަރަކީ އަރަބިބަހުން އެއްޗެއް ބުނެފިއްޔާ އެއީ އިސްލާމްދީން. ނިކަން ތިމާމެންވެސް ތަންދޮރުފިލާވަރު ކޮށްބަލަ. މިއި އިލްމު އެކި ދިމަދިމާލުން ލިބެންއޮތް ޒަމާނެއް. މިހާރު މިރާއްޖެ މިދާރޭޓުން ދާނަމަ މިތާމީހުން ކަލްޓުންނަށްވެ އެބަޔަކަށް ތަބާވެ އީމާންވާންފަށާނެ. މައުމޫނަކީ އިލްމުވެރިއެއް އެމަނިކުފާނު ތަނަކަށް ދޭ ބަސްދީގަތުމެއްގަ އެތަކެއް ވާހަކަތަކެއް ދައްކަމުންގޮސް ބުނެލެވޭ އެންމެ ޖުމްލައެއްގެ ސަބަބުން ކަލޭމެން އިޖުތިހާދު ކުރަންފެށީމަ ފަތަށް ބަރުވުން، ފަސާދައުފެއްދުން، މިހެންގޮސް ތަގުވާގެ އިމުންބޭރުވެ ރާމާމަކުނުގެ ދަރަޖަ ހޯދައިގަތުމުން ދެން ބުނާނެއެއްޗެއް ނެތް. ގައިމު މައުމުނު ބުނި އެއްޗެއްގެ ޖަޒާ އޮތީ މައުމޫނަށް. އެއިން ތިނޯހެއްގެ މިންވަުވެސް ތިއިން މީހަކު އުފުލަން ﷲ ނުޖައްސަވާނެ
އަޅުގަނޑުގެ ހަޔާތުގައި ފެނުނު އެންމެ އަނިޔާވެރި އެންމެ ބޮޑާ މީހަކީ ރައީސް ޔާމީން. ވެރިކަން ދިފާޢުކުރުމުގެ ނަމުގައި ރަޙިމުގެ ގުޅުން ކަނޑާލާ ބޮޑެތި އަނިޔާތައް އެތައް ބަޔަކަށް ދީފައިވޭ.
ޔާމިން އަ މައުމޫން އެއީ އެއްރަހި މެއް ގަނޫން ދޯ އުފެދުނިކީ
ދީނުގައި ﷲ ކަޑައަޅުއްވާފައިވާ އެއްވެސްކަމަކަށް އިންސާނުންނަށް ބަދަލެއްނުގެނެވޭނެ
ގެނެސްފިނަމަ ނުވަތަ ގެންނަޚިޔާލު ހެންގުޅޭނަމަ އެއީ މުސްލިމުން ކުރާނެކަމެއްތޯ ނަމަވެސް
އުސްތާޒުއަރާބޭފުޅަކު ތިހެންވިދާޅުވެލެއްވުމުން ވަރަށްހައިރާންވެ ދެރަވެއްޖެ ތިބޭފުޅާ ޖަލައްލައްވައި އަނިޔާލިބުނީ ގޭގައި ރިވެތިކޮށް ހުންނަވަނިކޮށްތޯ ތިބޭފުޅަގެ ވެރިކަމުގައި
ހަވައަށް. ޖައްވަށް،ފަޒައަށް، ބަޑިޖެހިކަމަށް ވިދާޅުވެ ހަގީގަތުގައި ބަނޑިޖެހީ އިންސާނުންގެ
ގަޔަށްކަމުގައި ނުވޭތޯ ވީމާ، ތިބޭފުޅާދައްކަވާވާހަކަފުޅު ދެކޮޅުޖެހޭތޯ ދީނީލޭބަލްގައި ހުންނަވާ
ކަމަށް ވިދާޅުވެލައްވާއިރު ދެކިލައްވާއިރު އަނބިދަރިން ގެންގުޅުއްވަނީ އަންހެނުންގެ އައުރަ( ބުރުގާ ) އަޅުއްވައިގެންތޯ ޔާމީންބޭފުޅާ ގައުމުގެހުރިހާދަރިންދެކެ ލޯބިވެލަވާއިރު ( ފުރުސަތުލިބިލެއްވުމުން ކުޑަދުވަސްކޮޅުގެތެރޭގައި ގައުމަށްގެންނެވި ތަރައްޤީއާ ކުރިއެރުން) ތިބޭފުޅާދެކެ ލޯބިނުލައްވަންވީކީއްވެތޯ ދީނުގައި ﷲ ކަނޑައަޅުއްވާފައިވަނީ ތިމާތެދުވެރިވެހުރުމަށް މީހަކުއުޅޭހާގޮތަކަށް އުޅޭކަށްނޫން ތިބޭފުޅާހިތްހަމަޖެހިނުލައްވާ ފަރާތަކުން މީހަކު މަރައިފިނަމަ މީހަކު މަރަންވީތޯ ، ވައްކަންކޮށްފިނަމަ ވައްކަންކުރަންވީތޯ
ޑްރަގު ބޭނުންކޮށްފިނަމަ އެއިން ފިޔަފާރި ކޮށްފިނަމަ އެކަންވެސްކުރަންވީތޯ މިއީ ރަގަޅު
ގޮތެއްތޯ ވީމާ ، ތިބޭފުޅާގެ ފުރިހަމަ ހަގީގަށްމިހާރުއެގިއްޖެ ރަހިމުގެގުޅުން ކަނޑާލުމާ
ބެހޭގޮތުން ރ. ޔާމީންބޭފުޅާ ވާހަކަފުޅެއް ވިދާޅުވެލެއްވި އަޑެއްނީވޭ ނަމަވެސް ރަހިމުގެގުޅުން
ކަނޑާލުމަށްތިބޭފުޅާވިދާޅުވެއްޖެ ހުރިހާކަމެއްގެ ނަމޫނާދައްކަވާފައިވާ ބޭފުޅަކީ އަހަރެމެން
ރަސޫލާ މައްކާ އެބޭފުޅާގެބާރުގެދަށަށް އައިދުވަހު ކުރިން އެބޭފުޅާއަށް އުދަގޫކޮށް އަވަހާރަކޮށަލުމަށް އުޅުނު ފަރާތްތަކަށްވެސް މައާފުދެއްވި ވީމާ، މިކަމުން ނަމޫނާނަންގަވާ
30 އަހަރާ 05 އަހަރުގެ ތަފާތަށް ހަސަދަވެރިކަމާއެކު ނުބައްލަވާ އެއީ ރަށްޔިތުންނަށް
ފެންނަށްއޮތްކަމެއް ގޮޅާބޯކިއުމާ ކުޑަކާފު،ބޮޑުކާފުކިއުމާ ރަންފާޚާނަތަށި ކިޔުންރަގަޅުވެ
އެފަރާތްތަށް މިހާރު އަރިސްކޮށްފައިވޭނޫންތޯ މިއީވެސް ރަހިމުގެގުޅުން ކަނޑާލުމަށްވުރެ
ރަގަޅުކަމެއްތޯ
ޔާމީންގެ ޒަޢާމަތުގައި މައުމޫނު ޖަލަށްލުމުން އެނގިގެންދިޔައީ ޔާމީންގެ ޢަދުލުވެރިކަމެވެ. ޢަދުލު އިންޞާފް ޤާއިމުކުރުމުގައި ޢާއިލާއަކަށް ، ރައްޓެއްސަކަށް ، ދަރިޔަކަށްވިޔަސް ޔާމީން ވަކިގޮތެއް ނުބަހައްޓާކަމެވެ. މައުމޫނު ޖަލަށްލީ ވަރަށް ފާޅުގައި އިދިކޮޅުމީހުންނާގުޅި އޭރުއޮތް ޤާނޫނީ ސަރުކާރު ( ޔާމީންގެ ސަރުކާރު ) ވައްޓާލުމަށް އެތަކެއް ގަނޑެއްގަނެ އެތަކެއް ރިޝްވަތު ބެހިކަން ތަޙްޤީޤަށް ސާބިތުވުމުންނެވެ. ފުލުހުންނާ ފޯނު ޙަވާލުކުރުމަށްވެސް ދެކޮޅުހެދުމުންނެވެ. ތަޙްޤީޤުތަކާގުޅިގެން އޭރު ފުލުހުން ދިން ބްރީފިންތައް މިހާރުވެސް ދިރި އެބަހުއްޓެވެ. މިހާރު މިއޮތް ސަރުކަރު ވައްޓާލުމަށް ފާޅުގައި މ،ައުމޫނު
ނުކުމެބަލާށެވެ. ދެކޮޅުން ހަންދަމާނެއެވެ.
30 އަހަރުދުވަހު ރައްޔިތުންގެ ލާރިކައިގެން ދަނބިދަރި ކުންފުންޏައް ރައްތައްދީފަ އަދިވެސް ހިތެއް ނުފުރޭ
މިތާ ކޮމެންޓުކުރާ އެންމެންނަކީ ހަމަހުސް ރަހިމުގެ ގުޅުން ރަނގަޅުމީހުންތަ؟ މަށަށްޔަގީން ކޮމެންޓުކުރި ގިނަމީހުން ސީދާ އެމީހުންގެ އެންމެ ގާތްމީހުންކަމުގައިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިއަކާ މައްސަލަޖެހިފަކަންއޮންނާނީ. ކޮއްކޮބޭބެދައްތަގެ ވާހަކަބާއްވާ. ދިވެހިރާއްޖޭގެ މުޖުތަމައުގަ މީހުން އުޅޭގޮތް ފެނިފައެނގޭ ކިހާވަރެއްގެ ގުޅުން އޮންނަބަޔެއްކަން.
ރަޙިމުގެ ގުޅުން ބޭއްވޭނީ އެއްބަނޑު މީހުންނަށް.
ބަލަ މައުމޫނު ކަލޭ މަގޭ ކޮއްކޮ ޖަލައްލައި ބިޑި އަޅުވައި އަދި ނުވީތާކަށް ކޯޓުން ޖަލަށް ހުކުމް ކުރިއިރު އޭނައަކީ ްްއުމުރުން 16 އަހަރުނުވާ ކުއްޖެއް. ކަލޭ ޖަލަށްލީމަ އަދި ދަރިން ޖަލަށްލީމަ ހިތަށް ވަރަށް އަސަރުކޮށްފި ދޯ . މަގޭ ކޮއްކޮ ޖަލަށް ލީ ދުވަހު މަވެސް ހާދަ ދެރަވިއޭ.
މިފެންނަނީ ޚަބަރު ޓްވިސްޓްކޮށްލާގޮތް. މައުމޫނު ވިދާޅުވީ ޔާމީނު ނުބާއްވާ ގުޅުމެއް ބާއްވާނީ ކިހިނެއްތޯއޭ. ލިއުންތެރިޔާ ތަރުޖަމާ ކުރެއްވީ އެހެން ގޮތަކަށް.
ރައްޔިތު އަހުމަދުގެ ކޮމެންޓަށް ބުނެލަން އޮތީ އެއްބަފާ މީހުންގެ އޮންނާނީ ކޮންކަހަލަ ގުޅުމެއްތޯ...
ދޮހޮއްކޮބެ މަތިން މައުމޫން ހަނދާނެއް ނެތް! ހައްހައް