ހުޅުމާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައިފިއެވެ.
އޭނާ އަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މިއަދު ހަވީރު 16:10 ހާއިރު ގާޒީ ސްކޫލް ޕާކު ކައިރިންނެވެ.
މަންޒަރު ދުށް މީހަކު ބުނީ 15 މީހުންގެ ގްރޫޕަކުން ގޮސް އޭނާގެ ބުރަކަށީގެ ދެ ތަނަކަށް ވަޅި ހެރި ކަމަށެވެ. މި ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ޒުވާނަކަށެވެ. އޭނާ އަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ހުޅުމާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު ރޭ ވެސް ހުޅުމާލޭގައި ވަނީ މީހަކަށް ވަޅިން ހަމަލާދީފައެވެ. ރޭގެ މަރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އެގޮތުން އޭނާގެ ގައިގެ ހަތް ތަނަކަށް ވަޅިން ވަނީ ހަމަލާދީފައެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި އެ ޒުވާނާގެ ހާލު މިހާރު ރަނގަޅެވެ.
އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހުރިހާވަޅިއެއް އަތުލަންވީ! ކޮންމެވަޅިއެއްގެ ފަހަތުގަ ފުލުހަކު ބަހަށްޓަންވީ!
ގައުމު ނުރައްކާތެރި ހާލަތެއްގައި... ކުއްލިނުރައްކާ ކުރިމަތިވެފައި. ޢެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އިންތިޚާބު ބާއްވައިފިއްޔާ އިތުރަށް ނުރައްކާތެރިވެދާނެ.. މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބޭއްވުން ފަހުން ވަކި ގޮތަކަށް އަންގަންދެން ލަސްކޮށްލީއެވެ. މަނިކުފާނުގެ ދުރުވިސްނުންފުޅު ހާދަ ގައްޑައެވެ.
ހޭކެނޑިފަތަ ތިތިބެނީ! އީޔޫއިން ފިޔަވަލުއަޅާތޯ ކަލޭމެން ކުރާކަމެއްތީ! މިހާރު އެނގިއްޖެއެއްނު!
މިގައުމުގެ ފުލުހުންނަށް ވ ސަލާން
ތި ގޮލާގެ އާއިލާ މީހުން ބަހައްޓަންވީ
ކަމެއް ވާ އިރަށް ފުލުހުން އިހުމާލް ކުރީމަ ނިމުނީއެއް ނޫން ދޯ! ޢެ ކަމެއް ހިނގި ގަނޑީގައި ފުލުހުން އެތާ ތިބި ނަމަ އެކަން ހުއްޓުވަން މަސައްކަތް ކުރާނެ ދޯ! ޢެވެސް އިންސާނުން ކަލާނގެ އެއް ނޫން ހުރިހާ ތަނެއްގަ ހުރިހާ ގަނޑިއަކު ތިބޭކަަށް.
އެތާ ނުތިއްބަސް މި ކުޑަ ރާއްޖޭގަ ސިޔާސީ މީހުން ފަހަތުން ނުދުވެ އަސްލު މީހުން ސާބިތު ކުރެވޭވަރުގެ ހެއްކާއެކު ހޯދާ ފިޔަވަޅު ނޭޅޭތީ އެވާހަކަ ދައްކާނެ.
ތަޅާ ނެ ކުދިންކޮޅެއް ވީ ހެން ހާދަ ހީވެޔޭ.
ޒުވާނުންގެ ސިޓީ! ރައީސް ޔާމީން 2018
ސާބަހޭ ޔާމީނާއި ފުލުހުންނައް. މީ ޔާމީނު ސަރުކާރުން ހޯދި ބޮޑޔ ކާމިޔާބީއެއް.
ޔާނުގެ ކެމްޕޭން
ބަލަ ފުލުންނާ ސިފައިން ކީކުރާނީ ކިތަންމެވަރަކައް މަގުމަތި ބަލަހައްޓަން ފުލުހުން ނިކުމެ އުޅުނަސް ވަޅިޖަހަމުން ދާނީ އަޅުގަޑު މެން ގެ ޒުވާނުން މިކަން ހުއްޓައިގެން ވާނީ ދޯ
މި ސަރުކަާރުގަ ވަޅި ޔަގީން
އަންތިޚާބު ބާއްވާނެ މާޙައުލެއް ނެތްކަން އީޔޫއަށް ދެއްކުމަށް ޓަކައި ތިބާވަތުގެ ވަރަށް ގިނަ ކަންކަން އެމްޑިޕީއިން ހިންގާނެ. ފުލުހުންނާ އެންމެން ސަމާލުވޭ.
މިއަށްވުރެ ބޮޑައް ޔާންޓެ މި ގައުމު އަމާން ނުކުރާތި
ވަޅި ސީޒަން ފެށުނީދޯ، ކީއްވެތަ ވަޅިހަރަމުން ދުވާ އިބިލީސްތައް ހިފާ ޖަލައް ނުލަނީ، ކުއްވެރިންނައް މާފް ދީފަ ބަހައްޓާ، މީހަކައް ހަމަނޭވާ ނުލެވޭ، މަރު އަތައްލައިގެން އުޅެން މިޖެހެނީ، ކޮބާތަ ފުލުހުން ކޮޅު، ބޮޑުމުސާރަ ނަގައިގެން ކޮޓަރި ތަކުގަ ނިދާފަދޯ،
ސިގިރޭޓް އަގު ހެޔޮކުރޭ..މަ ވޯޓް ދޭނަން
ވަޅި ހަރާ މޫސުން ފެށުނީ ދޯ އަނެއްކާވެސް... :/
ސާބަހޭ ޔާނޫ ކަލޭ ތިއޮއް ހަދައިދޭ ޔޫތުސިޓީއެއްދޯ،
މުސްލިމުން ކަތިލާށޭ ކިޔައިގެންތަ ތުބުޅިލީ މީހުން ދަރުސުތައް މިދެނީ؟ އެކަމަކު އީޔޫ އަތުވެދާނެތީ މާ ބިރުގަނޭ ދޯ.
ތިވާނީ އަންނި އަޑީގައި ހުރެގެން އީޔޫ ކުރުވާކަމަކަށް
ތީ މިއުޅޭ ހިފިނުހުރެވިގެން އުޅޭ ގޭންގު ސްޓާރުންގެ ބާރުގަދަވީމަ ހިންގާލާކަންކަން.ލައިގެންހުންނަ އަންނައުނު ގައިގަ ހަރުނުލިޔަސް މިވެރިން މިއުޅެނީ މުޅި ގައުމަށް އަތްގަދަ ކޮށްލައިގެން.މިވަރުވާއިރު ދެއަތްއުރާލައިގެން ތިބެވޭކަށްނެތް.މިވެރިންނާއި ދެކޮޅަށް ނުކުމެ މިމީހުންގެ ބާރު ކަނޑުވާލަންޖެހޭ..މިހާރުވެސް ހަދަނީ ހަދާނެގޮތެއް.އާންމުން މިތިބެނީ މަންޒަރުބަލަން ބިރުން ވިރިވިރި.
ތިކަންކުރާ މީހުން ނެއެނގޭ އެކަކުވެސް ނެތޭބުނުން ދޮގަކަށް ނުވާނެއެވެ. ފުލުހުންނަށްވެސް އެނގެއެވެ. ފުލުހުން ފިޔަވަޅު އަޅަނީ ކިހިނެއްހެއްޔެވެ؟ އަފްރާޝީމް މަރާލިރޭވެސް ފުލުހުންނަށް އަނގާފަވަނީ އެހިސާބުގައި ހަރުކޮށްފަހުރި ކެމެރާތައް އޮފް ކޮށްލާށެވެ. އެކަމާ އެއްޗެއްބުނި ފުލުސްމީހާ އަނެއްދުވަހު ކޯކް ބޮއެގެން މަރުވިއެވެ.
އިންތިޚާބް އާ ދިމާކޮއް އިދިކޮޅުމީހުން ޖައްސާ ގޭމް ފެށުނީތި.
ލަފާ ކުރެވޭ ގޮތުގަ އީޔޫގެ ނިންމުމުގަވާގޮތުން ރާއްޖޭގެ ހާލަތު ގޯސްވެއްޖެނަމަ ފިޔަވަޅުއަޅާނެ ވާހަކަ ބުނެފަ އޮތީމަ އީޔޫގެ އެވެރިންނަށް ދައްކަން އިދިކޮޅުުގަ ތިބި ވެރިކަމުގެދަހިވެތިކަން އިންތިހާއަށް ބޮޑު ބައިގަނޑުގެ ކަމެއްކަމުގަވެދާނެ .އެހެނީ ވެރިކަން ހޯދުމުގެ ބޭނުމުގަ ކޮންމެފަދަކަމެއްވެސް އެވެރިންކޮއްފާނެ ކަމީ މާޒީގެ ސަފްހާތަކުުން ފެންނަން ހުރި ހަގީގަތްތަކެވެ. އެގޮތުން ބޮންގޮއްވާފި. މަޖިލީހުން ވެރިކަންފޭރިގަންނަން 12 މެމްބަރުން ނީލަމުންގަނެފި. ސަރުއީކޯޓްތަށް މެދުވެރިކޮށް ބަޢާވާތްކުރަން ރާވައިގެން ހުކުމްތަކެއް ނެރެފި. އަނެއްކޮޅުން 19ދިވެހިން ސަހީދުކޮއްލި ނޮވެމްބަރު3 ގެ ބާޢީ އެއްގެ އަންހެންދަރިއަކާ އިންދެގެން އުޅޭމީހެއް އިދިކޮޅުގެ ކޯލިސަންގަ ހިމެނޭ ކަމީ ވެރިކަމުގެ މަސްތުގަ ކޮންމެފަދަކަމެއްވެސް ކޮއްފާނެ ކަމުގެ އަލާމާތްތަކެވެ.ވީމާ ހަލަބޮލިކޮށް ގައުމުނުތަނަވަސްކަން އީޔޫއަށް ދައްކަން އިދިކޮޅުން ރާވައިގެން ހިންގާ ޖަރީމާރާއްޖޭގެ އަމަލުތަކެކޭވެސް ލަފާކުރެވިދާނެ.
އީޔޫގެ ބަސް އަހައިގެން އުޅޭނަމަ މިކަހަލަ ވަޅިއެޅުމާއި ގަތުލު ކުރުން މަދުވާނެ. ޔޫރަޕްގައުމުތައް ރާއްޖެއަށް ވުރެން ނިސްބަތުން މާ އަމާން.