ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްޓަކައި އެއްވެސް ޝަރުތަކާ ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) ވިދާޅުވެއްޖެއެވެ.

މުހައްމަދު ރަޝީދު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ތާއީދު ހޯދުމުގެ ގޮތުން ޏ. ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ހަފްލާއެއްގައެވެ.

މެމްބަރު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ޕްރައިމަރީއަކާ ނުލާ އިންތިހާބަށް ވާދަކުރަން ރައީސްއަށް ޓިކެޓް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ ހުއްޖަތަކަށް އޭނާ ނެންގެވީ އެމެރިކާގެ ރިޕަބްލިކަން ޕާޓީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށެވެ.

"ޓްރަމްޕްގެ ޕާފޯމަންސާ ދޭތެރޭ މީހުން ސުވާލު އުފެއްދި. އެކަމަކުވެސް އެ ޕާޓީން [ރިޕަބްލިކަން ޕާޓީން] ހަމަ ދެވަނަ ދައުރަކަށް ޓިކެޓް ދިން. އެހެންވީމާ އެ އުސޫލަށް ބަލާފައި ދެން ރާއްޖޭގައި ކޮވިޑްގެ ހާލަތު މެނޭޖުކުރި ގޮތަށް ބާލަފައި އިބްރާހިމް މުހައްމަދު ސޯލިހުއަށް އެއްވެސް ޝަރުތަކާ ނުލާ ދެވަނަ ދައުރަކަށް ޓިކެޓް ދޭން ޖެހޭ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެއްވެސް ޝަރުތަކާ ނުލާ ޓިކެޓް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަކު، ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް ރައީސް ސޯލިހު އަދި ވިދާޅުވެފައެއް ނުވެއެވެ.

ތަރައްގީވެފައިވާ ގައުމުތަކާ ކައިރިއަށް ރާއްޖެ ގެންދިއުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރަށް ވުރެ އިތުރަށް އަދި ރާއްޖޭގައި ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް މިހާ ހަލުވިމިނެއްގައި ކުރިއަށް ދިޔަ ދުވަސްވަރެއް މީގެކުރިން ދުވަހަކު ވެސް އޭނާ އަށް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަދިވެސް ކުރަން ހުރި މަސައްކަތްތައް ބައިވަރު ކަމަށާއި މި ގައުމަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާތީ 18 ބިލިއަން ރުފިޔާއަކުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްކޮށް ނުނިންމޭނެ ކަމަށެވެ.

"ތަރައްގީވެފައި އޮތް ގައުމަކަށް ވަންދެން އެ މަސައްކަތް ކުރަމުން ދާން ޖެހޭ. އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެން ބޭނުން. އަޅުގަނޑުމެންގެ ޓްރެކް ރިކޯޑަށް ބަލާފައި އަޅުގަނޑަށް ޔަގީން ރައީސް ހުންނަވާނެ ދިވެހި ރައްޔިތުންނަށް ބާކީ ހުރި މަސައްކަތްތައް ފުރިހަމަކޮށް ދިނުމުގައި. ތަރައްގީވެފައިވާ ގައުމަކާ ދިމާލަށް ކައިރިވާ ހިސާބަށް ގެންދިއުމުގައި އެމަނިކުފާނު މި ފަސް އަހަރަށް ވުރެ އިތުރަށް އަދި ރާއްޖޭގައި ވެރިކަމުގައި ހުންނަވާނެ." އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކަކުނިބޯ

    ލަންކާޔާއެއްވަރަށް ތަރއްޤީފެންނަންފަށާނެ 2024 ގެ ފަހުން

    22
  2. މޯދީ

    އެވެސް ޑިމޮކްރަސީގެ ވައްތަރެއް ދޯ.

    24
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މަޖްލިސް މެމްބަރުންނަށް "ވަގަށް" އިންޑިއާއި އެކު އެގްރީމެންޓް ތަކުގައި ސޮއި ކުރުމަށް ހުއްދަ ދިނީ އިބޫ. މަޖްލިސް ގެ ހުއްދަ ނެތި ސޮއި ނު ކުރެވޭނެ. އިބޫ އަށް ވެސް ދެ ދަޢުރަށް ވުރެ ގިނަ ދުވަހަކު ރައީސް ކަމަކު ނުހުރެވޭނެ. ސަރުކާރު ބަދަލު ވުމުން މިއީ ވަރަށް ބޮޑު ޤާނޫނީ މައްސަލަ އަކަށް ވާނެ. ޝަރުތަކާއި ނުލާ އިބޫ ޖަލަށް ލާނެ.

    32
  4. ލޮލް

    ޝަރުތަކާނުލާ އިބުރޭ ކުޑަގޮޅިއަށް ލާންވީނު.

    31
  5. ކޮއްޔާ

    މީވެސް ޣަމާރެއްތާ // ވެނޓިލޭޓަރު ތަކާ / ލިބުނު އެހީތަކާ / ދައުލަތުގެ ފައިސާ މިލިއަނުންބަހާ ގައުމުގެ ހާލަތު ވެއްޓުނު ވަރު މީނާއަށް ހަމަ ނޭނގެނީބާ // ރައްޔިތުންގެ ވޯޓަކުން އެމްޑިޕީއަށް ވެރިކަމެއް ނުލިބޭނެ / އިންޝާﷲ //

    32
    1
  6. އުގުރި

    ލަދުކުޑަ..

    27
  7. ރަދީފް

    ސޮރީ ދޮންބެ.

    29
  8. އަންނި

    ތީކަލެއަށް ފެންނަގޮތް. މަށަށް ފެންނަ ގޮތުގައި ޝަރުތަކާ ލައިގެން ވެސް ޝަރުތަކާ ނުލައިވެސް ރައީސް ސޯލިހަށް ޓިކެޓްދޭކަށް ނުފެނޭ.

    30
  9. އިބްރާހިމް

    އެކްސްޓްރާ އޯޑިނަރީކޮށް ޤައުމު އިންޑިއާއަށް އަޅުވެތިކުރުމުގެ އިނާމަކަށްތޯ؟

    11
  10. މާޟީ

    މިކަލޭގެއައް ސޯލިބޭ ބިލިއަނުން ފައިސާދިނީމަ ކޮންމެ އެއްޗެއް ވެސް ގޮވާނެ..

    16
  11. ޕޮގުބާ

    އެއވެސް ސަރުތަކާނުލާ ރައީސް ސޯލިހަށް ކުޑަގޮޅިން ޖާގަ ދޭންޖެހޭނެ

    16
  12. ވަމުންދާ ގޮތް

    ބޭހޯސް މިކަހަލަ ނެގިމަޑުވެފަ ހުންނަ މީހަކަށް ދެވަނަ ދައުރެއް ދީފި ނަމަ އެއީ ގައުމުގެ ހަލާކު ތިކުރާ ކަމަކީ ހަކުރުގަ މެހިއެލުން

    13
  13. ޢަދުރޭ

    ކޮވިޑް ކޮންޓްރޯލް ކުރެވުނީކީ މީހަކު ކުރިކަމަކުން ނޫން ، ރާއްޖޭގައިވެސް ކަން ކުރީ އެހެން ޤައުމުތަކުގައި ކަން ކުރިގޮތަށް އެހެން ޤައުމު ތަކާ ރާއްޖެ އާ އޮތް ތަފާތަކީ މާތް ﷲ މި ޖަޒީރާ ރަށްތައް ހައްދަވާފައި އޮތް . އެކަމަށް ކްރެޑިޓް ދެންޏާ ދޭންވީ ހެއްދެވި ފަރާތަށް

  14. އިންޑިޔާ އައުޓު

    ސޯލްބޭ ޝަރުޘަކާނުލައިކުޑަގޮޅިއަށް

  15. Happy 123456

    ގައިމުވެސް ރ.ޔާމީންގެ ވެރިކަމަށްވުރެ ރަގަޅު މި ވެރިކަން!

    13
  16. ސެންޗޯ

    ތީކޮންމެހެން ކުރަންޖެހޭ ކަމެއް

  17. ކުނބޭ

    ސަރުތަކާނުލާ އެމްއެމްޕީއާރުސީއިން ކަޅުދަބަހުގަ އުފުއްލި ފައިސާތަށް ވަގުތުން ހަވާލުކުރުމަށް ސޯލިބޭއަށް ގޮވާލަން އަދިއެއަށްފަހު ބޭރުގަމުތަކުން ސަރުކާރަށްދިން އެހީތަކަށް ވީނުވީ ހާމަކޮށް ސަރުތަކާނުލާ އިންޑިއާގެ އާމީ ގައުމުން ބޭލުމަށް ގޮވާލަން އެހެންނޫނީ ސަރުތަކާނުލާ ޖަލަށްލާނެކަން ޔަގީން.

  18. Anonymous

    ކަޑުކޮސް ށަރތެއްނެތި ދޭންބުނީކަލޭ އެއްޗެއްތަ

  19. ބޮޑުވަޒީރު

    ސަރުތަކާނުލާ އިންޑިޔާ ސިފައިން މިރާއްޖެއިން ބާލާފައި ދެން ބުނޭ ތިޔަހެން.

  20. ރަންރީނދޫލަޝްކަރު

    މިދެން ކާކުތަ.. އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ތަބަކަކަށްލާފަ މަޤާމްތައް ބަހާބައެއް ނޫން.. އެވަރު ނޭނގޭ މީހެއް މާ އެމްޑީޕީ ވެގެން މިއުޅެނީ..

  21. Hussain Abu Bakar

    ށަރުތަކަާ ޏުލާ އިންޑިޔާ އަށް ދިވެހިރާއްޖެ ދޭންވީތަޯ

  22. މުހަންމަދު

    މިކަހަލަ ދެއުޅިއެއްނުވާ މީހުން ގިނަވީމަ ގައުމުގެ އަޚްލާގީ މިންގަޑު ފަހަތަށް މި.ދަނީ