މި ރޯދަ މަހު ޅ. ނައިފަރުގެ ތިން މިސްކިތުގައި ވެސް އިމާމްވެ ދަމު ނަމާދު ކުރަމުންދަނީ ހުސް ކުޑަކުދިންނެވެ.

އިމާމްވެ ނަމާދު ކުރަމުން ދަނީ އެ ރަށުގެ ގުރުއާން ލާނިން ސެންޓަރުގައި ހިންގާ ހިފުޒް ކްލާހުގައި ގުރުއާން ހިތުދަސް ކުރަމުންދާ އުމުރުން 11 އަހަރާއި 13 އަހަރާއި ދެމެދުގެ ފަސް ދަރިވަރުންނެވެ.

އެއީ އަބްދުﷲ ހަޔާން ހަމީޒާއި އާސިރު އާރިފް ޔޫސުފާއި އިސްމާއީލް އަޝްހަމް އަހްމަދާއި އާރިޝް އަބްދުﷲ އިބްރާހިމާއި އަދި މިރުއާޝް ހުސެއިން މިރުޒާއެވެ.

ހިފުޒް ކްލާހުގައި އެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާ ޝައިޚް އަހުމަދު ނާޒިލް ވިދާޅުވީ އެ ހުރިހާ ކުޑަކުދިން ވެސް މިހާރު ގުރުއާނުގެ 15 ފޮތް ހިތުދަސްކޮށްފައިވާ ކަމަށާއި އަދި އެއް ކުއްޖަކު 22 ފޮތް ވެސް ހިތުދަސް ކޮށްފައިވާ ކަމަށެވެ.

އެ ކުދިން އިމާމްވެ ދަމު ނަމާދު ކުރަމުންދާ އިރު ފަހަތުގައި ޝައިހްއަކު އެ ކުދިން މޮނީޓާ ކުރަމުންދާ ކަމަށް ޗެސް ނާޒިލް ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ ދަރިވަރުން ގުރުއާން ހިތުދަސްކޮށް ނިންމުމުން ދެން އެ ރަށަށް ރޯދަ މަހު ދެން ހާފިޒުން ގެންނަން ނުޖެހޭނެ ކަމަށެވެ.

މި ރޯދަމަހު ވެސް ނައިފަރަށް ހާފިޒުން ގެނެސްފައި ވެއެވެ. ނަމަވެސް އެ ބޭފުޅުން އިމާމްވެ ނަމާދު ކުރަަނީ ހަމައެކަނި ތަރާވީސް ނަމާދު އެކަންޏެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    ފަހު ޒަމާނުގެ އަލާމާތް

    2
    5
    • ލޮލް

      ކުޑަކުއްޖަކު އިމާމުވެ ދަމުނަމާދު ކޮށްދިނުމަކީ ފަހުޒަމާނުގެ އަލާމާތެއްކަމަކަށް ނުދެނަހުރިން. އެކަމަކު ކަލޭމެންގެ ސިޔާސީ ޕާޓީގެ ބޮޑުމީހާއަށް ބަލާލުމުން ފަހުޒަމާނުގެ އަލާމާތްތައް މަތިމައްޗަށް ފެނޭ.

      • ޙޮ

        ޔާންޓޭދޯ. ވަރަށް ރަނގަޅުވާހަކައެއް

  2. އަލީ ހާށިމް

    އައްޑޫ ސިޓީ މަރަދޫ މިސްކިތުގަ ކުޑަކުދިން މިރޯދަ މަހު މިހާރު ބަންގި ދީ ނަމާދު ކުރޭ