ދުނިޔޭގެ މަޝްހޫރު އަމިއްލަ ހޮސްޕިޓަލް ޗެއިންތައް ރާއްޖެއަށް ގެނެވޭނެ ކަމަށާއި ރާއްޖޭގައި އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލް ހިންގުމުގެ އިތުރު ފުރުސަތުތައް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރާއި އެކުގައި އެމްޑީޕީ އޮތުން ބުއްދިވެރި ނޫން ކަމަށާއި މިއީ ފެތެމުންދާ ސަރުކާރެއް ކަމަށް ނިމިދިޔަ ހަފްތާގައި ވިދާޅުވުމަށް ފަހު އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މި ހަފުތާގައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

އެއާއެކު އެމަނިކުފާނާއި އެމަނިކުފާނަށް ވަފާތެރި އެމްޑީޕީގެ މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ސިއްހީ ދާއިރާއާއި ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ރާއްޖޭގައި ހޮސްޕިޓަލްތައް ހިންގުމުގެ ފުރުސަތު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި ސިއްހީ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުން ކުރާ މަސައްކަތް ވިސްނުންތެރި ކަމާއިއެކު ކުރިޔަށް ގެންދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލްތައް ހިންގުމުގެ އިތުރު ފުރުސަތުތައް ވަރަށް ބޭނުންތެރި. ބޭރުގެ ހޮސްޕިޓަލް ޗެއިންތައް ރާއްޖެއަށް ގެނެވޭނެ" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް އާސާސީ ހިދުމަތްތައް ފޯރި ކޮށްދިނުން ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން އާހިރުގައި ރައްޔިތުންނަށް އޭގެ އުނދަގޫ ފޯރާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކުރެއެވެ. އެހެން ނަމަވެސް އަސާސީ ހިދުމަތްތައް ޕްރައިވެޓައިޒް ކުރުމަކީ ނަޝީދު އަބަދުވެސް ގެންގުޅުއްވާ ފިކުރެކެވެ.

އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމުގައި ސަރުކާރުގެ ދައުރު ކުޑަވެ، އަމިއްލަ ވިޔަފާރިތަކުގެ މައްޗަށް ގޮސްފިނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް އިގްތިސާދީ މާހިރުން ގަބޫލު ކުރެއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު ދެ ރައީސުންގެ ވާދަވެރިކަމާއެކު އެމްޑީޕީގެ މެންބަރުން އަންނަނީ ތަޅާފޮޅަމުންނެވެ.

ކުރިޔަށް އޮތް ޗެއާޕާސަންގެ އިންތިހާބަށް ނަޝީދުގެ ފަރާތުން އިމްތިޔާޒު ފަހުމީ ވާދަކުރައްވާއިރު ރައީސް ސޯލިހްގެ ފަރާތުން ވާދަ ކުރައްވަނީ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޮލު ރޮދި

    މިކަލޭގެ ބަލާޔާ މުސީބާތުން ދިވެހި ރައްޔިތުންނާ ދިވެހި ޤައުމު ސަލާމަތްވާނީ ކޮން ދުވަހަކުންބާ؟

    33
    1
  2. ކޮވިޑް

    ކުރަން ވީ ކަންތައް ނޭންގިގެންތަ ތި އުޅެނީ؟ ކަލޭމެން ގެ ތިޔަ ނުބައި ނުލަފާ ބައިގަޑޫ މިޤައުމު ދޫކޮށް ދޭބަލަ ހެޔޮނުވާނެ.

    42
    2
    • Anonymous

      ނުލަފާ ކަޅު ބައިގަނޑު ދޮންމީހުން ލައްވާ ދޮންމިހުންނަށް ދޭ އަނިޔާ ހުއްޓުވާ.

  3. އަބްދޫ

    މޮޔަވާހަކަ ދައްކާ މޮޔަ ސޮރެއް މިއީ ، ބޭރު ހޮސްޕިޓަލް ތަކުން ހިލޭސާބަހަށް މަސައްކަތް ނުކުރޭ.ވިޔަފާރީގެ ފައިދާ ނުލިބޭގޮތަށް ބޭރު ހޮސްޕިޓަލްތަކެއް ރާއްޖެއަކު ނުހިންގާނެ.މިކަލޭގެ އުޅެފި އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލް އަށް އައިޖީއެމްއެޗް ދޭން. އެމީހުންއައިސް އެމީހުނަށް ފައިދާނުލިބޭނެތީ އެކަންނުކުރި. އެކަމަކު އެމީހުނަށް ފީސިބިލިޓީ ހެދުމަށް 2 މިލިއަން ޑޮލަރު ސަރުކާރުންދިން. އެވެސް މި ނަސީދު އިންޑިޔާމީހުނަށް ދިންކަމެއްވެސް ނޭގެ ހަދިޔާކުރި އިރު މިކަލޭގެއަށް ނޭގެދޫ އެޕޯލޯ ހޮސްޕިޓަލަކީ އިންޑިޔާގަ ހުރި އަގުބޮޑު ހޮސްޕިޓަލްތަކު ތެރޭނެ ހޮސްޕިޓަލެއްކަމެއް. ހޮސްޕިޓަލްތައް ރާއްޖެ ގެނައުމަށް ވުރެ ރަނގަޅުވާނެ ރާއްޖޭގެ ހޮސްޕިޓަލްތަކުން ހުރިހާޓެސްތްތަކަ ހުރިހާ އޮޕަރެސަންތައް ގާއިމްކޮށް އިންޑިޔާއަށް ބެސްފަރުވާހޯދަންދަންނުޖެހޭވަރަށް ރާއްޖެ ތަރައްގި ކުރިއްޔާ.

  4. ހަގީގަތު

    ޔަގީން ވަގު ކަލޭގެ އައީ އިންޑިއާއިން ލާރިގނޑެއް ބަނޑައްލައިގެން ކޮންމެވެސް ވަގު ޑީލުތަކެއް ހަދާފަ،

    30
  5. Anonymous

    ޥެރިކަމައް ކުރިމަތިލުމައްވުރެ ރަގަޅުވާނެ އިގިރޭސިވިލާތައް ގޮޑިދުއްވަންދިޔައީޔާ

    27
  6. ޢ އައުޓު

    ބުއްޅަބޭ އިންޑިއާއިން އައީ ކޮންމެވެސް ކުންފުންނަކުން ލާރިގަނޑެން ނަގައިގެން ކަމަށްވާނީ، މިގައުމަށް ޖެހިފަވާ ބޮޑު ނުފޮރުއްޕާނެމީ،

    33
  7. ފެތެނީ

    މީނާ ރައިސްގެ ގަރާރަވެސް ގޮންޖަހައިފި ރާއްޖެެ އައިމަ މީނާ ؟؟؟؟؟

    21
    • ދޯ

      ގެއްލިދާނޭ ދޯ ތިބުނީ

  8. އަކުރަމް

    މީނައަށް ވެރިކަމަށް 2008 ގަ ވެސް އާދެވުނީ ވޯޓުން ވައްކަން ކޮށްގެން ކަމަށް ވަރަށް ބޮޑަށް ރަށުތެރޭކީ. ދެންވެސް އާދެވޭނީ ވޯޓުން ވައްކަން ކޮށްގެން. އަސްލު މީނައަކަށް ނެއްތާއީދެއް އެއްވެސް އިރެއްގަ. ނުވިތާކަށް އަމިއްލަ ޕާޓީ ތެރޭވެސް ނެއް. މީނަމީ ޕާޓީ މީނުން ކުޅޭން ގެއްގުޅޭ ބޮޑު ސްކުރީން ހަމަ އެކަނި. ހިނި އަންނަނީ. މިތަނަށް ބޭރުގެ ސާމާނު ބޮޑި ނުނެނަޔަށް އެންމެ ފަހުގެ ހިދުމަތް މިހާރުވެސް ލިބޭ ބަޔަކު ރުފިޔާ ގިނަވެގެން ބޭރު ގައުމުތަކަށް ދަތުރު ކުރިކަމުގަ ވިޔަސް. ހެޔޮ އެދޭ މީހެއްނަމަ ބަލާނީ ވަސީލައްތައް ތަރައްގީ ކުރަން އަމިއްލަ ވަންތަ ގޮތުގައި.

  9. ޙަަަހަ

    ބަލަ ޓްރީޓޮޕް އާއި އޭޑީކޭ އަކީ ޕްވޓ ތަނެއް ނޫންތަ ، އެކަމަކު ރައްޔިތުން ނާއި ދައުލަތް އެއޮތީ އެމީހުންނަށް ދަރާފަ ، ޑރ. ަަ އަކަށްވެސް ދައްކާލެވެނީ ދައުލަތުން 300 ރ އަމިއްލަ މީހާ 200 ރ ދީގެން ، -/500 ރ އަށް ،އެކަމަކު ޑރ. އަށް ދައްކާފަ ޓެސްޓެއް ހަދާ ، އޭގެ ރިޕޯޓެއް ޑރ އަކަށް ދެއްކެނީ 1 މަސް ފަހުން

  10. ޔމ

    އަންނި އާ ހެދި އުޅުމާ ދަތި…

  11. ޚިޔާލު 2

    މިހާރުވެސް ހެލްތުދާއިރާ އިތުރަށް ސަރުކާރަށް ރަގަޅު ކުރެވިދާނެއެވެ. އިތުރު ޕްރައިވެޓް ހޮސްޕިޓަލުތަކަށް ފުރުސަތުދިނުމަކީ ރެގިއުލޭޓުކުރެވޭނަމަ ރައްޔިތުންނަށް ލާބަވާނެކަމެކެވެ. އެމަގުން އެކަން ކުރެވޭނަމަ އޭޑީކޭ ފަދަ ތަންތަނުގެ އަގުވެސް ހެއުކުރަން މަޖުބޫރުވެ ސިއްހީ ހިދުމަތުގެ ފެންވަރުވެސް ރަގަޅުވާނެކަމާއިމެދު ޝައްކެއްނެތެވެ.

  12. ޥަގުން

    ޢާސަންދަ ލާރި ދަވާލާނެ އިތުރަށް މެކުހަށް

  13. ސަމްސިއްޔާ

    ބޭރު ތިޔަކިޔަނީ އިންޑިއާއަށްތަ؟؟

  14. އަައުޓް

    އާސަންދަ އަކީ ބޮޑު ލާރިގަނޑެއް. އާސަންދަ ބަޖެޓްގެ 80% ދަނީ ބައި އެޅޭގޮތަށް މިވެރިން. އިންޑިއާ ހޮސްޕިޓަލްތަކާގުޅިގެން އެއުޅެނީ މިހާރުވެސް ކަޓުވާލާވަރު މަދުވެގެން އިތުރު ހަރުފަތަކަށް ވައްކަން މެކުހަށް ޖަހަން

  15. Anonymous

    ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ކަޓް ނަގައިގެން ހިންގަންތޯ ؟

  16. އަލަމެޓާ

    އަޖައިބުވެ އަންތަރީސް ވެއްޖެ! ކިހާބޮޑު .. މީކާކު؟ މީނާގެ އެކަނި ގައުމެއްތަ؟ މި ވާންޗޯ ހައިސިއްޔަތު އޮޅުވާލާގެން މިއުޅެނީ ކީއްވެ؟ މަޖުލީހުގައި އިންނަ މީހަކު ގައުމުގެ ހުރިހާ ކަމަކަށް އަނގަ ބޭނީ މާ ގޯސް ، މީނާ ހެދިގެން މިއުޅެނީ ރޫހީ ލީޑަރަށް ، މީ ބޮޑުވެގެންވާ ވަބާއެއް ، މީނާގެ ކިބައިން މިގައުމު ސަލާމަތް ކުރަށް ވާށި! އާމީން

  17. Anonymous

    މެކްސިކޯއަށް ގެންދެބަލަ ޗެއިންތައް.

    1
    1
  18. Anonymous

    އިޖިޕްޓަށް ގެންދަންވީނު ޗެއިންތައް

    1
    1
  19. Anonymous

    ކުރިސް ޖެނާ ގެނެސްގެން ވާނެ