ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓިން ޕީޕީއެމްގެ މެންބަރުންތަކެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލަ ފެންމަތިކޮށް، އެކަމާއި ގުޅޭގޮތުން ހުޅުމާލެ ކައުންސިލަރ އިބްރާހިމް ޝުޖާއު މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެފަދަ ޝަކުވާއެއް މިއަދު ލިބިފައިވާ ކަމަށާއި، ވެއްދި ފޯމްގައި ޖަހާފައިވާ ފޯނު ނަމްބަރަކީ ވުޖޫދުގައިވެސް ނެތް ނަމްބަރެއް ކަމަށެވެ.

"އިނގިލީގެ ނިޝާން ދިމާނުވޭ.ހީވަނީ ފައިގެ ބޮޑުވާ އިނގިލީގެ ނިޝާނެއްހެން". ޝުޖާއު ވިދާޅުވިއެވެ.

އިތުރަށް ޝުޖާއު ވިދާޅުވީ، ހެކިވެރިންނަށް ޖަހާފައިވާ ފަރާތްތަކަށް ގުޅުމުން އެއީ އެފަރާތްތައް ނޫންކަމަށާއި، ނަންބަރަކީ ވެސް ނުބައި ނަމްބަރެއްކަމަށް ވިދާޅުވި ކަމަށެވެ.

"ޕީޕީއެމްގެ ދަފްތަރުން ވައްކަން ކުރާވާހަކަ އަޅުގަނޑުމެން ދައްކަނީ އެކަމުގެ ހަގީގަތް އޮތީމަ".

އަދި ހޯމް މިިނިސްޓަރ ޝެއިހް އިމްރާން މުހައްމަދު ޓެގެޓްކޮށް ޝުޖާއު ވަނީ ތާއީދު ނެތިއްޔާ ސިޔާސީ ކަންކަމުގަ ނޫޅުމަށް އެދިފައެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވައްކަން ހުއްތޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިލެކްޝަންގެ ދައުރު މިވައްކަމުގައި އޮތްތޯ ބަލަން ވަރަށް ފަސޭހަވެއްޖެ. އަދާލަތަށް 10ހާސް މީހުން ހަމަކުރީ މިފަދަ ނަހަލާލު ގޮތްގޮތައްކަން ވަރަށް ސާފު".

މީގެ ކުރިންވެސް ޕީޕީއެމް އިން ވަނީ މިފަދަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ އީސީއަށްވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޖިނާޢީ ތަހުގީގެއް ކުރެވެންޖެހޭނެ! އަޅުގަނޑުގެ އަންހެނުން މަންމަގެ ނަން ވެސް އަދާލަތު ޕާޓީގެ ދަފްތަރުގައި، ވަގު ފޯމްހުށަހަޅައި ޖައްސާފައިވަނިކޮށް އެތައް މަސައްކަތްތަކެއް ކޮށްގެން މިހާރު އަދާވަތު ޕާޓީ އިން ވަނީ ވަކިވެފައި! ކޮބާ އިންސާފަކީ! މިގޮތަށް 10000 މީހުން ހަމަކޮށް ހަރާމް ގޮތުގައި ރައްޔިތުންގެ ފައިސާ ކާއިރު ކޮބާ ތިޔަ ސޭކް އިމްރާންމެންގެ ލަދު ހަޔާތް!

  2. އަޒުރާ

    ދޭތި ކަޅު އިމްރާނ ދީނަށް އެންމެ ބޮޑަށް ފުރައްސާރަ ކުރާ ޕާޓީ. އެމް.ޑީ.އެން ގެ ފައުންޑަރ އިންނަކީވެސް މި ބަގަ.