ކުޑަ ކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދެން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ..
ރައީސް އެހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ، މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، އެ ކުދިން ރަނގަޅު ގޮތުގައި ހެދި ބޮޑުވުމަށްޓަކައި އެ ކުދިންނަށް ރައްކާތެރި، ލޯބި ދެވޭނެ ފަދަ އަމާން މާހައުލެއް ގާއިމް ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ކުޑަކުދިންނަކީ މި ގައުމުގެ މުސްތަގުބަލް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ކުދިންނަށް އަޅާލައި ރައްކާތެރިކަން ދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ.
ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައި އާއި އެކި އެކި ޖަމިއްޔާތަކުން ފާހަގަކުރެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު 20 ގައެވެ.
ޖެހޭ ޖެހޭ ޖެހޭ ޖެހޭ ޖެހޭ ޖެހޭ ޖެހޭ ޖެހޭ ! 4 އަހަރުވަނީ!!!!! އަމާޒު ޖެހޭ އަމާޒް ޖެހޭ އަމާޒް ޖެހޭ ދައުރު ނިމެނީ ވެރިކަން ނިމެނީ!!!!! މިހެން ކިޔަކިޔާ ތިބޭ!
ކާކުބާ އެކަން ކަށަވަރުކޮށްދޭންޖެހެނީ.. މަށައްއޮޅިއްޖެ
ވެރިކަން ލިބުމާއެކު އެންމެ ފުރަތަމަ ހޯރައިއްބެ ދޫކޮށްލި މީހާއެއްނު!