ކުޑަކުދިންނަށް ލިބޭ އަނިޔާ ހުއްޓުވަން ހުތުބާތަކުން މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ލިބޭ އަނިޔާ ތަކުން އެ ކުދިން ސަލާމަތް ކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ވަކިން ހާއްސަކޮށް ހުތުބާ ތަކުގަޔާއި ދީނީ އިލްމުވެރިންގެ ދަރުސްތަކާއި ޕްރޮގްރާމްތަކުން މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު ޖުމްލަ 266 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެވެ. އެ ބާވަތު 126 މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅައިފައެވެ.
ކުޑަކުދިންގެ އަނިޔާގެ މައްސަލަތަކުގައި އެންމެ ގިނައީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ކުޑަކުދިންނަށް ޖިސްމާނީ ހާނިކައިގެ 27 މައްސަލަ، އިހުމާލުވުމުގެ 26 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 20 މައްސަލަ އެއް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.
އަދި ކުޑަކުއްޖަކަށް ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތިން މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުޑަކުދިން ބޭނުންކުރުމުގެ ތިން މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ އިން ބުނެއެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް އިތުރުވަމުން ދިޔަ ނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ވަރަށް ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫކޮށްލަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚުޠުބާ ލިޔުން ޑރ. ޝަހީމުއާ ހަވާލުކުރަންވީ. އޭރުން ރަނގަޅުވާނެ.
އެންމެ ފެންވަރު ރަނގަޅު ހުތުބާތަކެއް އިވުނީ ޑރ. ޝަހީމުގެ މިނިސްޓަރުކަމުގައި. މިހާރު ގިނައީ ރިޕީޓު އަދި އާ އެއްޗެތީގައި ފޭރާން ދެރަ
މީނާ ހުރި އިރު ލިޔެފަ އޮތީ ގާތުން ކިރު ދިނުމާ ބެހޭ ހުތުބާއެއް..މީ ދޮގެއްނޫން
ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހެޑްލައިން ޖަހާތި...
ޑރ. ޝަހީމަކީ މިރާއްޖޭގައި މިހާރު ހުންނެވި އެންމެ ޒުވާން އެންމެ ގިނަ ބަޔެއްގެ ގާތުގައި އެންމެ މަގުބޫލު ސިޔާސީ ލީޑަރު. ޑރ. ޝަހީމުގެ ޢިލްމީ ޚިދުމަތްތައް ފަނޑުކޮށެއްނުލެވޭނެ. މުޅި ދުނިޔޭގެ ފެންވަރުގައި އެވަނީ ބޮޑެތި ޢިލްމީ މަސައްކަތްތައް ކުރައްވާފައި. ޑރ. ޝަހީމަކީ ދިވެހިރާއްޖެއާއި އިސްލާމީ ދުނިޔޭގެ ފަޚުރުވެރި ޝަޚުޞިއްޔަތެއް.
ޑރ. ޝަހީމުގެ އީދު ދުވަހެއްގައި ދެއްވީ މިހާތަނަށް އިވުނު އެންމެ ސަޅި ހުތުބާ. އެކަމަކު ޕްލީސް ކުޑަކުދިންނާ ބެހޭ ވާހަކަ، އެއްޖިންސުން ގުޅުން ހިންގާވާހަކަ، ޒިނޭ، ... މިހުންނަނީ މުހިން ވާހަކަތަކެއް ވިޔަސް ދަރިން ގޮވައިގެން ހުކުރަށް ގޮސް އިންނަ އިރު އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫންމީ. ހުކުރު ނިންމާފަ 7 އަހަރު 10 އަހަރު ދަރި އެބަ އަހާ ލިވާތަކީ ކޮބާހޭ. އަހަރެން ހިތަށް އަރާ ހުތުބާ ލިޔުނު މީހާގެ ކުޑަ ދަރިއެއް ހުރިއްޔާ އެ ދަރިފުޅު ކައިރީ އަހަރެެން ގޮސް ކުޑަކުދިންނާ ބެހޭ ވާހަކަ، އެއްޖިންސުން ގުޅުން ހިންގާވާހަކަ، ޒިނޭގެ ވާހަަކަ ދައްކަން އެއްކަލަ ހުތުބާ ލިޔުނު މީހާ ރުހޭނެ ހެއްޔޭ!
ފާޑެއްގެ އެނޮނިމސ ނަމުގަ ވަގު އައިޑީ އަމިއްލައަށް ހަދައިގެން އަމިއްލަ މީހާއަށް ތައުރީފްކޮށްފަ އަބަދުއެއް ކޮމެންޓް އެއް އެބަކުރޭ
ދީނަށްޓަކާ ޤައުމަށްޓަކާ ގޮވަމުން މުޅި މާލެތެރެ ކުޑަޔަށް ކުޑަޔަށް ލައިގެން ދުވުނު ގުރުޕް މީހުން ތިކަމަށް ތިކަމަށް ނެރެންވީނު. ޙުކުރު ޙުތުބާއެއްގަ އެވާހަކަ ދެއްކުމުން ފުދޭނެތޯއެވެ. ރާއްޖޭގަ އިސްލާމްދީން ހަރުލާފަ މިއޮތީ އެމީހުން އެވަރަށް ހަޅޭލަވައިގެން ވިއްޔަ. ގާދޫކޮލުން ނުކުމެގެން ދަނިކޮށްވެސް ދަމާހަލާފަ ގެނައީމަވިއްޔާ.