ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އޭނާގެ ވާދަވެރި ކެނޑިޑޭޓަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އިކޮނަމިކް މިނިސްޓަރުކަން ކުރައްވާ ފައްޔާޒު އިސްމާއިލަށް މިފަދަ ތުހުމަތުތަކެއް ކުރެއްވި އިރު، އިންތިހާބުގެ ފޯރީގައި ދެ ފަރާތުން ވެސް އަންނަނީ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. ވައްކަމާއި ކޮރަޕްޝަނާއި އެނޫންވެސް ތުހުމަތުތައް އިންތިއަށް ތާއީދު ކުރާ މެންބަރުންގެ ފަރާތުން ފައްޔާޒަށް އަމާޒުވެއެވެ.

"ރާއްޖެ ޓީވީ" އިން ރޭ ގެނެސްދިން ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ފައްޔާޒު އޭނާގެ އާއިލާގެ ކުންފުންޏަށް ބޮޑެތި އަދަދުތަކުން ބަދަލު ދެއްވާ ކަމަށާއި ޚިޔާނާތުގެ މައްސަލައެއްގައި ވެސް އޭނާ އާ ގުޅުން އޮންނަ ކުންފުންޏެއްގެ މައްސަލަ ނުބެލި އެބައޮތް ކަމަށެވެ.

އޭނާ އިޝާރަތް ކުރައްވަނީ ފައްޔާޒްގެ ބޭބެ އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ)ގެ ކުންފުންޏަށް ސަރުކާރުން ދިން ބަދަލުތަކުގެ ވާހަކައަށެވެ.

"ތިލަފަތުގެ ރަމްޒަކީ އިންޖީނު ގޭގައި ހުރި ކުއްޖާއަށް މި އިންތިޚާބާ ގުޅިގެން ބިރު ދެއްކުމެއް ނޫން. ތިލަފަތުގެ ރަމްޒަކީ ފެނަކައިގައި ހުންނަ ކުއްޖާ، އަޅުގަނޑުމެންނަށް ތާއީދު ކުރާ ޕޯސްޓެއް ލިޔުނީމާ އެމީހުންނަށް އިންޒާރު ދީ މަނާ ކުރުމެއް ނޫން. ތިލަފަތުގެ ރަމްޒަކީ ވަޒީރަށް ވޯޓް ނުދެއްވައިފިނަމަ ރަށްފަޅު ކުރާނެ ވާހަކަ ރަށްރަށަށް ވަޑައިގެން ދެއްކުމެއް ނޫން. އެއީ މި ޕާޓީއާ ވަރަށް ނުގުޅޭ ގޮތްތައް." އިންތި ވިދާޅުވިއެވެ.

ނަމަވެސް އިންތިގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވީ ތާއަބަދު އެ ތުހުމަތުތައް ކުރެއްވުމުގައި ނުތިއްބެވޭނެ ކަމަށާއި މިހާރު ދެން އެބޭފުޅުން ކުރައްވާ ތުހުމަތުތައް ސާބިތު ކޮށްދެއްވަންވެސް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ވެންޓިލޭޓަރުގެ ވާހަކަ، ވައްކަމުގެ ވާހަކަ ދެކެވެން ވާނެ ތާއަބަދު ވައްކަމޭ ވައްކަމޭ ނޫން ތިލަފަތުގެ ރަމްޒުން ކިޔަން ޖެހޭނީ. އެއީ ކޮން ކަމެއްކަން ސާބިތުކޮށްދެއްވަން ވާނެ. މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅަންވާނެ. ހުށަހެޅިގެން ދިވެހި ރައްޔިތުންނަށް ދައްކަދެން އެބަޖެހޭ، އަޅުގަނޑުގެ އާއިލާއަށް ބަދަލެއް ދީފައި އޮތްނަމަ ކިހިނެތް ވެފައި އޮތް ކަމެއްތޯ، އެކަން ބަލަންޖެހޭ" އިންތިއަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވިއެވެ.

އޭނާއަށް ތުހުމަތުތަކެއް ކުރައްވާތާ ލައްކަ ޒަމާނެއް ވެފައިވާ ކަމަށާއި ނަމަވެސް އެވަރުގެ ތުހުމަތުތައް ކުރައްވަމުންދާއިރު ވީހާވެސް ބޮޑަށް ހުޅުވާލައިގެން އެ ތުހުމަތުތައް ތަހުގީގު ކުރެއްވުމަށް ވެސް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަންގެ އިންތިހާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެކަފިވެފައެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުން ތާއީދު ކުރައްވަނީ ފައްޔާޒަށެވެ. ނަމަވެސް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ މެންބަރުން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވެ، އިންތިއާއެކުގައި މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރައްޔިތުމީހާ

    ހައްތަހާވެސް ގޮވަނީ ގުދޯގުދޯ ތިޔައީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންވެގެން ދައްކާހައި ދަޅަ ތިޔަ އިންތިޚާބެއް ނިމުނީމާ ނުވާނެ ކިއި އެއްޗަކަށްވެސް އެއަށް ފަހުން ތިޔަ ހުރިހާ އެންމެންވެސް ކައިފަ އަދި ބުއި ކަމަށްވެސް ވާނީ ހުވަނދު މަލުގެ ޝަރުބަތު! މިއީ ވަރަށްވާހަކަ

    18
  2. ފަރޭ

    އިންތިމެންނަކީ އަމިއްލަ އަތުން ލިޔެ ޤަރާރު ކުރާ ކަންތައްވެސް (އަސާސީ ޤަވައިދު) ގަބޫލު ނުކުރާ ބަޔެއް ދެން ކިހިނެއްތޯ ޕޯޑިޔަމެއްގައި ދައްކާވާހަކަ ފަހުން އަމަލުކުރާނީ؟

    ދައްކާވާހައިންނާއި ޢަމަލުން ދޭހަވާގޮތުން.. މީ ދީނަށް ގޮންޖެހުމުގެ އިސްވެ އަރާހުންނަ ބޮޑެއް.. ބޮޑާކަމުން ގޮސް ހައްދު ފަހަނައަޅާފައިވާ މީހުންތަކެއް

    އައްޑޫއިން މަގޭ ވޯޓެއް ނުލިބޭނެ..

    17
  3. އަޙްމަދު

    މިބަހުސުބަލާފައި ފައްޔާޒަށް ވޯޓްދޭންވީ ސަބަބު ވަރަށް ރީއްޗަށް އޮޅުން ފިލައިފި! އެއްސަބަބު: ފެށުމުގައި ޙަމްދު ސަލަވާތް ކިޔެވީ ފައްޔާޒް. ދެންހުރިމީހާ އެކަންނުކުރި!!! ހަމްދު ސަލަވާތް ކިޔަވުމަކީ މުސްލިމުންނަށް ވާޖިބް ކަމެއް! ދެވަނަ ކަމަކަށް ފާހަނގަވީ ކަމަކީ ފައްޔާޒް ނަމުން އިމްތިޔާޒު ފަހުމީހާ މުޙާތަބު ކުރިކަން! ނަމަވެސް ދެންހުރިމީހާ ކިޔަމުން ދިޔައީ ވާދަވެރިޔާ! މިކަމުން ދޭހަވަނީ އެނާހެ ޒާތީކަން، ޖައްބާރު ނުލަފާކަން!!! ﷲގެ އިރާފުޅުން ކެންޑިޑޭޓް އެކެއް ނުހޮވޭނެ!

    14
    1
  4. ސަޢީދު

    ފުޓުބޯޅައެއްވެސް ފަޅައިގެން ގޮއްސިނަމަ އެއިން ވައި ނުކުމެ ދެން އޮންނާނީ ހަނގަޑަކަށް ވެފައެވެ. ކުރިން ތި އިންތި ކުރީގެ ސަރުކާރުގެ ވެރިންނަށް ވަގަށް ގޮވައި ކޮރަޕްޝަން ގެ ވާހަކަ ޓީވީތަކަށް އަރާ އެހެން މީހުން ބަދުނާމްކޮށް ތިމާ ހުދުފޮތިކޮޅަކަށް ހެދިގެން އުޅުނީމާ، މީހުންގެ ތާއީދު ލިބުނެވެ. އެކަމާ ބޮޑަވެގެން ތިމާވަރުގެ މީހެއް ނެތްކަމަށް ދެކިގެން އުޅެނިކޮށް މީހާގެ އަސްލު ފެންނަން ފެއްޓިއެވެ. އޭނާ ތާއީދު ކުރާ ސަރުކާރެއް އައިމާ ބަލަ އެއްކަލަ ވައްކަމުގެ ވާހަކަ އާއި ކޮރަޕްޝަނާއި ދެންވެސް އޮތް ގޯސްކަމެއް ފެންނަ ކަމަކަށް ނުވިއެވެ. މަޖިލީހުގައިވެސް އެއިން ކަމެއް ހިނގާކަމަކަށް ވާހަކަ ދައްކާތަނެއް ނުފެނުނެވެ. އެހިސާބުން މީނާގެ އުރައްޕަތެއް ނެތްކަން މީހުން ޤަބޫލުކުރަން ފަށައިފިއެވެ. އަނެއްކާވެސް ތިމާ ބޭނުންވާ މަޤާމެއް ހޯދާ، ތިމާގެ މަސްލަޙަތާ ހަމައަށް އައިމާ އަނެއްކާ އެއްކަލަ ދޫ ތަންމިނަށް ދިގުވެއްޖެއެވެ. ބަލަ ތިކަހަލަ ރޯނު އެދުރުން މިހާރު މީހުން ދަސްކޮށްފިއެވެ.

    15
    1
  5. ހައްގުބަސް

    ތިލަފަތުގެ ރަމްޒަކީ ގައުމު އަޅުވެތިކުރަން ގޮވާލުން، ތިލަފަތުގެ ރަމްޒަކީ އިސްލާމް ދީނާހިލާފުކަންކަން ކުރުމާއި ދީނަށްއުޅޭމީހުންނަކީ ހަރުކަށިމީހުން ގޮތުގަ ލޭބަލްކުރަން އުޅުން، ބޮވެންވާނެ ބޯންޖެހޭނެކަން މިގައުމުގެ ޒުވާނުންނަށް އަންގަދީ ކުރުވުން، ވެރިކަމާހެދި ކޮންމެފަދަ ކަމެއްްވެސް ކިރުން، ހުޅުޖެހުން

    14
    1
  6. ކަލިންޑަަރު

    ތުހުމަތުކުރެވުމާއި ހެކި ސާބިތުވުމާއި މިއީ މުޅިން ދެކަންތަށް

    11
  7. ފަރުޙަތު

    ތި 2 މީހުން ކުރެ ކޮންމެ މީހަކަށް ވެރިކަން ލިބުނަސް ހަދާނީ އެކައްޗެއް. ކުރާނީ އެއްކަމެއް. އަޅުވެތި ކުރުމާއި، އަނެއް ގޮތް ހޯދުން. ތަފާތަކީ، އެކަކު ކުޑަކޮށް އަނގަގަދަ ވާނެ. އަނެކަކު މަކަރުވެރިވެފައި އަނގަ މައިތިރިވާނެ.

    14
    1
  8. މުހައްމަދު އަހްމަދު

    ތަޙްޤީޤް ކުރިޔަސް ޙާޞިލް ވާނެ ކަމެއް ނޯންނާނެ. ފައްޔާޒަށް ވޯޓް ހޯދުމަށް އެމީހުން ނުކުރާ ކަމެއް ނެތް

    10
    1
  9. ކަނބިލބި ކުޑައާދަނު

    އިންތިގެ ނަޒާހާތްތެރިކަމާ ކަންކަން ރޭގަ ފެނިއްޖެ. އޭނާ އަކީ ނަށީދަށް ނަޒާހާތްތެރި މީހެއް. އޭނަ ރަނގަޅުވާނީ ނަށީދު ހިންގަން. ޕާޓީ ހިންގަން ގާބިލީ ފައްޔާޒުކަން ރޭގަ ވަރަށް ރަނގަޅަށް ސާފުވެއްޖެ.

    18
  10. ރާއްޖެތެރެ

    ދެލައްކަ ޑޮލަރައް ރައްޖޭން ފުލެޓުގަނެވޭގޮތައް އިންޑިޔާ މީހުން ގިނަކުރާ ސަރުކާރަކައް ތާއީދެއް ނެއް

    16
    1
  11. މަޖުބޫރީހާލަތް

    ތިލަފަތުގެ ރަމްޒު ފެނިއްޖެ ހިޔާ ފުލެޓު ލިބުނު މީ ހުން ނައް ލުޔެއް ނުދިނުން ތިންއަހަރު ތިބެފަ ހަތަރު ފާރުދީފަ ހަމަސްތެރޭ ކުލިދޭށޭބުނީމަ އެއީ ތިލަފަތުގެ ރަމްޒުބާ ކޮބާ އަތުން ހަރަދުކުރި ފައިސާ ތަންނިންމަން

    8
    1
  12. ޑަބިޔާ

    އިންތި ކަލޭ ކަމެއް ބޭނުންވީމަ ގިތިލެންހެން ހޭރުނީމަ ކަމަމު ނުދާނެ އަދިވެސް ސިންގަޕޫރު ކުންފުނިން ގަތް ކޮވިޑް ވެކްސިން ނާދޭ، ވެންޓިލޭތަރުތަައް ވީތަނެއްވެސް ނޭންގޭ އެމްއްންޕީއާރި ސީ ލާރިކާލި މީން ބޮޑުގޮޑީގަ ދެންހުރީ އަންނި ދެދުވަހުން އެއްދުވަހު ބުނާނެ ރިފޯޓްތައް ހާމަ ކުރާނަމޭ ކަލޭމެން ކުދިން ނަން އޮތީމަ ހާމަ ނުކުތެވިގެން ތިއުޅެނީ. ނުހިގާނެ ތީއްޗިސެއް ބުރޯ

  13. ލާމު

    އިންތި އަކީ ތަސައްރަފް ނުފުދޭ ގުނބޯލެއްކަން ސާފުވެއްޖެ. އޮށްޓަރެއް ހުރި މީހެއްނޫން. ސާބިތު ނުހިފޭ ވާހަކަ ނުދައްކާނެ ތަންދޮރު ދަންނަ ޕްރޮފެޝަނަލް މީހުން. ޒާތީ ގޮތްގަނޑު މާބޮޑު މީހެއްތީ. ތިކަހަލަ މީހިންނަށް ހަމަހަމަކަމާއެކު މީހުުންނާމެދު ކަންކަން ނުކުރެވޭނެ. ކޮންް ތިލަފަތުގެ ރަމްޒެކޭ ކިޔާކަށް