މޯލްޑިވްސް ނޭޝަނަލް ހައުސިން އެސޯސިއޭޝަން (އެމްއެންއެޗްއޭ) އިން އިންތިޒާމު ކުރާ ހިޔާ ކުޑަކުދިންގެ ހަވީރު މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންއެޗްއޭއިން ބުނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވަ ކުޑަކުދިންގެ ހަވީރު އޮންނާނީ ހިޔާ ފްލެޓް ސަރަހައްދުގެ ޓަވަރު އެޗް6 އާއި އެޗް10 އާއި ދެމެދުގައި މާދަމާ ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ.
ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތަކުގެ ތެރޭގައި މާބުލް ހަންޓް، ބޯލް ތްރޯވިން، ގޯލް ކިކް، ފޭސް ޕެއިންޓް، މިނީ އޮލިމްޕިކް ގޭމްސް، ސްނޭކް އެންޑް ލެޑާ އަދި މިއުޒިކަލް ޗެއާ ފަދަ ކުޑަކުދިންނާއި ގުޅެ ގިނަ ކުޅިވަރުތައް އޮންނާނެ ކަމަށް އެމްއެންއެޗްއޭ އިން ބުނެއެވެ.
ހުރިހާ ކުޑަކުދިންނަށް މި ހަވީރަށް ދައުވަތު އަރުވާކަން ހާމަ ކުރަމުން އެމްއެންއެޗްއޭ ބުނީ، މިއިވެންޓްތަކުގައި ބައިވެރިވާ ކުދިންނަށް ހަދިޔާ ވެސް ލިބިގެންދާނެ ކަމަށެވެ.
އެމްއެންއެޗްއޭ އިން ބުނީ، މިދުވަސް ކޮޅަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ވައިބާރު ދުވަސްކޮޅެއް ކަމުން މޫސުން ތަން ނުދޭ ނަމަ ކުޑަކުދިންގެ ހަވީރު ފަސް ކުރަން ޖެހިދާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެކަން އެޖަމިއްޔާގެ ވައިބާ ގްރޫޕުގައި އިއުލާނު ކުރާނެ ކަމަށެވެ.
އެމްއެންއެޗްއޭ އިން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އެހީތެރިކަމާއި އެކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ފުލުހުން އަދި ހިޔާ ޔޫނިއަން ގުޅިގެން ކުރިއަށް ގެންދާ ހަވީރެކެވެ.
ވަރަށް ކަންތައް ބޮޑުބައެއް އުޅޭ ތަނެއް... އެމީހުން ހިތްޕުޅާވާ ކަމެއް އެތާ ކުރަން ޖެހެނީވެސް .. ހީވަނީ އެބައިމީހުން ހިއްކައިގެން އަމިއްލަޔަށް ފްލެޓް އަޅައިގެން އުޅޭހެން . ..
ތީތި ސަޅި