އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ރަނިން މޭޓަކު ހޮވުމަށް ބޭއްވި ކައުންސިލު ވޯޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން މޫސާ އަންވަރު ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ރަނިންގް މޭޓަކަށް އެ ޕާޓީގެ ކައުންސިލުން އިންތިހާބު ކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު އެވެ. ފައިސަލް ހޮވިފައިވަނީ ކައުންސިލް 15 މެމްބަރުންގެ ވޯޓާ އެކީގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ. އަލީ ހުސެއިން އަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.
އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިގެން އެ ގައުމުގައި ހުންނެވި މޫސާ އަންވަރު ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅާފައިވަނީ ރަނިންމޭޓު ކަނޑައަޅަން ނެގި ވޯޓުގައި ފައިސަލްއާ އެންމެ ގާތުން ވާދަކުރި އަލީ ހުސެއިން އަށް ވެސް އެއް އަދަދަކަށް ވޯޓު ލިބިފައިވާ ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އަމުރަކަށް އެދިއެވެ.
ނަމަވެސް މިއަދު ކުރެއްވި ޓްވީޓެއްގައި މޫސަ ވިދާޅުވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އެދިލެއްވުމަކަށް، ގައުމީ މަސްލަހަތު އިސްކޮށްގެން އެ މައްސަލަ ކުރިއަށް ނުގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ކުރައްވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް އިން ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ 41 ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ޕާޓީގެ ފަރާތުން ރަނިންމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް ކުރިމަތިލެއްވިއެވެ.
މޫސާ އަންވަރު މަސްހޫރުވަން ވެގެން ކުރާކަންތައް މީނަގެ ފެންވަރު ފެނިފަ ވަނީ ޕީޕީއެމް އައް ބަދަލުވި ފަހުން ޔާމީނުގެ ޒުވާނެއް
މީ ދެން ކާކުތަ އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯދައިގެން އުޅެން! އާާނ އެކަހަލަ ގޮތަކަންނު ތަރައްޤީވެފަ އޮތް ޤަުއުމަކަށް މި މީހާ އަށް އެރޭނީ!
އަނެއްކާ ސޭޓްބެ ތަފާލެއް އެޅީނޫންބާ! ވައްތަރީ އެގޮތާ!