ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި ސުވާލު ކުރުމަށްފަހު، އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް ހޭދަވީ ގާތްގަނޑަކަށް 30 މިނެޓެވެ. `
މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ފެށީ މިއަހަރުގެ ފުރަތަމަ ދައުރު ނިންމުމަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއެއް މެންބަރުން ނިންމަވާލައްވާފައެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުން ފިޔަވައި އިތުރުކަމެއް ނެތް ކަމަށެވެ.
މިއަދު މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ބައެއް ކޮމެޓީތަކުގައި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އިޤުތިޞާދީ ކޮމެޓީގައި ތިން ބިލެއް، ޖުޑީޝަލް ކޮމެޓީގައި ތިން ބިލެއް، އިޖުތިމާއީ ކޮމެޓީގައި ތިން ބިލެއް، ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ބިލެއް، ކްލައިމެޓް ޗޭންޖް ކޮމެޓީގައި ބިލެއް، ލާމަރުކަޒީ ކޮމެޓީގައި އެއްބިލް، މާލިއްޔަތު ކޮމެޓީގައި ދެބިލް، ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގައި ބިލެއް، ގައުމީ ތަރައްގީ ކޮމެޓީ އާއި ކްލައިމެޓް ޗޭންޖް ކޮމެޓީ އަދި ލާމަރުކަޒީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައި އޮތް ކޮމެޓީއެއްގައި އެއްބިލް، ގައުމީ ތަރައްގީ ކޮމެޓީ އާއި ލާމަރުކަޒީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ކޮމެޓީގައި ތިން ބިލް، އިޖުތިމާއީ ކޮމެޓީ އާއި ގައުމީ ތަރައްގީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ކޮމެޓީގައި އެއްބިލް އެބައޮތެވެ.
މިހާރު މަޖިލީހަށް ހުށަހެޅިފައި ހުރި މުހިއްމު ބިލްތަކުގެ ތެރޭގައި ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ކުރުމުގެ ބިލާއި، ހެއްކާއި ބެހޭ ބިލް ފާހަގަ ކޮށްލެވެއެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ބިލްތައް ހުރި ކޮމެޓީތައް ބައްދަލުކޮށް، ބިލްތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅުއްވާ ބިލްތައް ވެސް މަޖިލީހަށް ފޮނުއްވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު އެވެ.
މުސާރަ ހަލާލްވާވަރު ކޮށްލަން ހުރިހައި މެމްބަރުންތިތަނުގެ ވަށައުގެން އޮތް މަގުތައް ކުނިކަހަން ގޮވައިލަން
ރިސޯޓް މުވައްޒަފުންގެ ހައްގުގައި ތިއިން އެއްވެސް ބީތާ އެއް ވާހަކައެއް ނުދައްކާނެ. ބޮޑު މުސާރަ ކައިގެން މިނޫނީ ކަމެއް ނުކޮށް ތިބޭ ބައެއް ނުދެކެން.
މަޖިލީހަކީ ޤާނޫނު ހަދާތަނެއް.. ހަދާނެ ގާނޫނެއް ނެތުމުން މަޖިލީހުގައި ކުރާނެ މަސަތްކަތެއް ނޯންނާނެ.
އެކަންވަރަށް ސާފު މިއަދުގެ މަޖިލީހުން " އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ނިންމާލައިފި.. މިއަދުގެ މަޖިލިސް ޖަލްސާއަށް ހޭދަވީ ގާތްގަނޑަކަށް 30 މިނެޓެ "
މިހެންވީމާ، އަޅުގަނޑުމެން މިދަންނަވަނީ މަޖިލީހަކީ އަހަރަކު 3 މަސް ނުވަތަ 6 މަސް ދުވަހުގައި ހިންގާ މަޖިލީހަކަށް ހަދައި މުސާރަވެސް މަސަތްކަތް ކުރާ ދުވަހުގެނިސްބަތުން ދޭށޭ..
ބޮޑު މުސާރަ ދީފައި އަމިއްލަ ވިޔަފާރިކުރަން ނުބައިތިއްބާށޭ!
އަވަހަށަ މަޖިލީހުގެ ގަވައިދު އިސްލާހުކޮށް ޑިމާންޑަށް މަސަތްކަތް ކުރާގޮތަށް ވަގުތީ މަޖިލީސް އެއްގެ ބީދައިން ބަދަލުކުރައްވާ..
ޤައުމުގެ މާލިއްޔަތަށް ބޮޑު ބުރައެއް ގެ ގޮތުގައި ނޯންނަވާ!
ޕާރޓީތަކަށް ދޭފައިސާވެސް ކަނޑާލާ..! ޓެކްސްފައިސާއިން ނާއި ޓީބިލް އުރުފް ލޯން ނަގައިގެން ޕާރޓީތަކަށް ފައިސާދީ ދައުލަތް ބަންގުރޫޓު ނުކުރައްވާ
ދިވެހި ދަރިޔެއްގެ އާދޭސް..!
ކަލޯމެން އިސްތިއުފާދީފަ ގޭގަތިބޭ. އަހަރުމެންގެ އަސާސީ ހައްގުތައް ހުރީ ނުލިބި ފުނިޖެހިފަ. އިގްތިސާދް ވަނީ ފުނޑިފަ.
އިޖްތިމާއި ރައްކާތެރިކަން ވިއްސިވިހާލިވެފަ.
ކުރާނެ މަސައްކަތެއްނެތޭ؟؟؟ މަހަށް ދޭ!!!
އަޅުގަނޑުމެން މިތިބީ ކުރުދޮށޙެގަ ބާނަން! ޤަރުނަކުންވެސް މަސައްކަތް ހުސްވާކަށް ނެތް! ލިބެނީ ދޮޅު ރުފިޔާ ބައި! އެކަމަކު 82 ހާހަށްވުރެ ގިނަ ރުފިޔާ މަހު މުސާރައިގަ ކުރާނެ ކަމެއް ނެތް! ކަމެއް އޮތިއްޔާ ވަދެ ތިބެ ގެރި ޒުވާބު ކޮށްފަ ގެއަށް!
ސްޕަރ މެޖޯރިޓީ، ރައްޔިތުންގެ ހައްގުގަ
އުވާލަންވީނު،