ހުޅުމާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު، "ވަގުތު" އަށް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އެކި ތަންތަނުގައި ހަދާފައިވާ ޕާކިން ސިސްޓަމްތަކުގެ މަރާމާތުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުން ނެވެ. އެ ތަންތަން މަރާމާތު ކުރަނީ އަލުން ބޭނުންކުރުމަށެވެ.

އޮފިޝަލް ވިދާޅުވީ ހުޅުމާލޭގެ އެކި ތަންތަނުގައި ހުރި ޕާކިން ސިސްޓަމްތަކުގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ ޕާކިން މައްސަލަައަށް ލުޔެއް ލިބޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު އެ ސިސްޓަމްތައް ބޭނުންނުކޮށް ހުރުމުން މިހާރު ވަނީ ދަބަރަށްވެފަ އެވެ.

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ މަސައްކަތް ހުރީ އެއްކޮށް ނުނިންމަ އެވެ. އެ މަސައްކަތް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ޗޭނުތައް ކަނޑައިގެން ގޮސް، ބައެއް ސިސްޓަމުތަކުގައި ދަބަރު ޖަަހައި ކަރަންޓު ސާމަނަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު މިހާރު ހުޅުމާލެއަށް ވެސް ވަނީ ވެހިކަލް ގިނަވެ ޕާކް ކުރުމަށް ޖާގަ ނުލިބުމުގެ މައްސަލަ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަތަރަސް

    ކޮބައި އެއްކަލަ ތެޔަބުނާ ޓްރާސްޕޯޓްމިނިސްތަރުނަހޫލާ ގާސިމުގެހިއްތަކުގެނަހޫހީވިކަމެއްހެން ބުނީ ޔާމީނު ހާވާފައިުރި ހަޑި ކާކުހޭބަލާނީ؟ މިހާރުހީވޭކަމެންހެން އެއީތަރައްގީގެބާނީ ގަޓު ހުރިވެރިއެއް އެއީސޮހެލެއްނޫން އެއީ ކުޑަމޯޑިއެއްވެސްނޫ އެއީމުންޑޮކޯލޢސަން ގައުމުވިއްކާބައިގަޑު؟؟

  2. މަންތިރި

    ކޮބާ ކިހިނެއްވީ؟ ތި ތަނމްތަން ވުޖޫދުން ފުހެލާނަމޭ ހިތާ ލައްކަ ދުވަހަކލު ތިބެފީމު! އެކަމަކު އެންމެ ފަހުން ޖެހުނީ ޔާމީނު ގެނައި ތަރައްގީ މަތީގައި ފަތަން! ޝުކުރިއްޔާ ޔާމީން!!!

    10
  3. ރައްޔިތުމީހާ

    ތިޔަ ސިސްޓަމުތައް ދަބަރަށް ވަންދެން އަޅާނުލާ ބެހެއްޓީތީވެ އެކަމަށް ފަރުވާ ކުޑަކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ބަލަން ޖެހޭނެ

  4. ސައިމާ

    ބޭނުމެއްނުކޮށް ދަބަރަށްވާން ދޫކޮށްލާފަ ދަބަރަށް ވީމަ ދެން މަރާމާތުކުރަނީ ބަޔަކަށް ލާރިގަނޑެއް ދޭންވެގެންތޯ. ތިތަނުގެ ބޭނުން ކުރިންވެސް ހިފިނަމަ މާ ރަނގަޅުވީހެއްނު.

  5. ގެދަބުޅި

    ޑރ މުޢިއްޒު ބައްލަވާ ވަށަފަރު މީހުން އެކަންޏެއްނޫންދެއްތޯ އުނބަށްޖަހަނީއެއް.ހައްހައްހާހާހާާާހާހާހާ