މިއަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާންމުކޮށް ހުުވާލައިގެން ހައްޖަށް ދާން ހުޅުވާލި 100 ފުރުސަތަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 100 ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން މިއަދު ހަވީރު 16:00 ގައި ޕީއެސްއެމް ނިއުސް އިން ލައިވްކުރާނެ ކަމަށެވެ.

ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

އެހެންނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ 100 ކޯޓާއަށް ކުރިމަތިލުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނިންމާފައިވަނީ 100 ކޯޓާ ގުރުއަތުން ބަހާލުމަށެވެ.

އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ގެންދަން ނަގަނީ 76،960ރ. އެވެ. މި ކޯޓާގައި ހައްޖަށް ދާން ހޮވޭ މީހުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ. މިއަހަރު ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދެވެނީ މީގެ ކުރިން ހައްޖަށް މީހުން ގެންގޮސްދެމުން ދިޔަ އަގަށްވުރެ 9000ރ. ބޮޑު އަގެއްފައެވެ.

ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މި މަހުގެ 26 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ބުރުގައި ފުރާނީ 157 މީހުންނެވެ.

މިއަހަރުގެ ހައްޖު ދުވަހަކަށް ވަނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 7 ވަނަ ދުވަހެވެ. މިއަދު އޮންނަ ގުރުއަތަށް ފަހުގައި ހައްޖަށް ދާން ކޯޓާ ލިބުނު މީހުންގެ ނަންތައް އާންމުވެސް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަތަރަސް

    ބަލަ ސައުދީން މިވެރިކަމަކައްކޯޓާނުދޭނެ ބަލަ ރައީސްޔާމީނުވެރިކަމުގާ އިތުރައް އެންހާސްމީހުންގެކޯޓާ މިރައީސްމީހަކީ އިންޑިޔާގެ ގޮޑިކޮއްކޮގެމީހެއް ބަަލަ ކީރިތި ރަސޫލާ އައް އިންޑިޔާ މޯޑިގެޕާޓީން ފުރައްސާރަކުރީމާ ރައީސްމީހާ ހުރީހަނު ދެންމޯޑީބުނާގޮތަކައްނިންމާނީ ދެންރައްޔަތުންއައްޖަހާ ދެހާސްތޭވީސް ހަދާންނައްތާލާ ރައީސްމީހާ؟؟