ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި އަސްކަރީ ޖެޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖައްސަން ހުއްދަ ދޭން އަމުރު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން އެނގިއްޖެއެވެ.

"ސީއެންއެން" އިން ބުނީ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލުން އަސްކަރީ ބޯޓު ރާއްޖޭގައި ޖައްސަން ފުރަތަމަ ދެކޮޅު ހެދި ކަމަށެވެ. އެކަމަކު، ނަޝީދު އެކަމުގެ ތެރެއަށް ވަންނަވައި ހުއްދަ ހޯއްދެވި ކަމަށްވެއެވެ.

އެ ނޫހުން ބުނީ މިކަމުގައި ނަޝީދުގެ ބަހެއް ހޯދަން މަސައްކަތް ކުރެއްވި ނަމަވެސް ބަހެއް ލިބިފައި ނުވާ ކަމަށެވެ.

ލަންކާގެ އޮފިޝަލުންނާ ހަވާލާދީ "ދަ ގާޑިއަން" އިން ބުނީ އަސްކަރީ ޖެޓު ލަންކާ އިން ފުރުން ގަޑިއިރަކަށް ފަސްކުރި ކަމަށެވެ. ޖެޓް ފުރުން ފަސް ކުރީ ގޮޓަބަޔަ އެ ޖެޓަށް އެރުއްވި ފަހުން ކަމަށްވެއެވެ. ފުރުން ލަސް ކުރަން ޖެހުނީ އެ ނޫހުން ބުނި ގޮތުގައި ރާއްޖެ އިން ހުއްދަ ނުލިބިގެންނެވެ.

އެކަމަކު، ގަޑިއިރެއްހާ އިރު ތެރޭގައި ރާއްޖެ އިން ހުއްދަ ލިބި ފުރުމުގެ ކަންކަން ހަމަޖެހުނީ ކަމަށްވެއެވެ.

ގޮޓަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތް ޖެޓް ރާއްޖެ އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބަލާ ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް އޮޅުވާލިކަން ވެސް "ވަގުތަށް" އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުން އެއާޕޯޓުން ސުޕަވައިޒަރުންނަށް އެންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިރޭ "ސިއްރު" ދަތުރުފުޅެއްގައި ރާއްޖެއިން ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. މިރޭގެ ވަގުތެއްގައި ލަންކާ އަށް ނަޝީދު ވަޑައިގަންނަވާ ކަން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް އަންގާފައިވާ ކަމަށްވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުން ލަންކާގެ ރައީސް ދަތުރު ކުރެއްވި އަސްކަރީ ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސީ ދަންވަރު 2:50 ހާއިރުއެވެ. ގޮޓަބަޔާ ރާއްޖެ ވަޑައިގެންފައިވަނީ އޭނާގެ އަނބިކަނބަލުންނާއި ދެ ބޮޑީ ގާޑުންނާއެކުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ލަންކާގެ ރައީސްގެ ގެކޮޅަށް އާންމުން ވަދެގަތުމާ އެކު އެތަން ދޫކުރައްވައި ފިއްލެވި ގޮތަށް ގޮތަބަޔާ ހުންނެވީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައެވެ.

އިގްތިސާދީ ތަދުމަޑުކަމާ ގުޅިގެން ގޭހާއި ޕެޓްރޯލު ފަދަ މުހިންމު ތަކެތި ނުލިބުމާއި ޒަރޫރީ ބޭނުންތައް ނުފުއްދޭތީ ލަންކާ ރައްޔިތުން ތިބީ ސަރުކާރު ދެކެ ރުޅި އައިސްފައެވެ. ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު ނުކުމެ، ލަންކާގެ މުހިންމު ތަންތަން ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އޭގެ ތެރޭގައި ރިޔާސީ ގަނޑުވަރާއި ގޮތަބަޔާގެ ގެކޮޅާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގެކޮޅާއި އޮފީސް ފަދަ ތަންތަން ހިމެނެއެވެ. އަދި ބޮޑުވަޒީރުގެ ޕްރައިވެޓް ގެއެއްގައި ވަނީ ރޯކޮށް އަންދާލައިފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ ރައީސް އާއި ބޮޑުވަޒީރު ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދިންނެވުން

    ތި އަންނި އަކީ ދިވެހިންނަށް ޖެހިފައިވާ ބޮޑު މުސީބާތެއް. މި ގައުމުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ފިޔަވަޅެއް ނޭޅިފައިވަނީ އޭނަގެ ކޮއްކޮ އެކަމުގަ އުޅޭތީ.

    104
    • ޝައްފަ

      ކާނަލް އެކަންކުރި.

      21
      8
  2. ޖ

    ދަށުދަރަޖައިގެ ޢަމަލެއް.... ކޮރަޕްޓް ވަގުންނަށް ހިމާޔަތް ދޭ އަންނި!!! ދެން ތާއިދެއް ނުކުރެވޭނެ

    88
  3. އިންތި

    ސީދާ ގާނޫނާ ހިލާފު އަމަލެއް

    70
    1
  4. ނުވަތު ސިކުޑި

    އަންނި އަމިއްލަ ހަރާބުވެ ނިމިއްޖެ.މިޖީލު މީ އަންނިއަށް ތާއިދު ކުރާނެ ބަޔަކު ތިބޭނެ އެންމެ ފަހު ޖީލް

    64
    • ޣފފދ

      މިޖީލު ގެ ތާއީދޭ އޭނަ ބޭނުންވާނީ.. ހެހެހެ.. ދެން އަންނަ ޖީލަކުން އެބައެއްގެ ވެރިއަކު ހޮވާނީ

      4
      6
  5. Anonymous

    މިރާއްޖޭގަ ހިގާކޮއްމެ ނުބައިކަމެއްގެ މުގުލުގަ ހުންނާނީ ކެނެރީގޭ މަރުމޯލު!!!

    77
  6. ރައްދު

    ނަސީދުގެ އަމުރަށް ދައުލަތުގެ ކަންކަން ތަރުތީބުވެގެން
    ދިއުމަކީ ނުރައްކާތެރި ކަމެކެވެ ދައުލަތުގެ އިސްވެރިޔާ
    ފިޔަވާ އެހެންމީހަކު ދައުލަތް ކޮންޓްރޯލް ކުރަން ޖާގަ ދެވުނު
    ސަބަބު ހޯދައި، ތަހްގީގް ހިންގައި ފިޔަވަޅު އެޅުމަށް މުއައްސަސާތަކަށް ގޮވާލަމެވެ.

    76
    • ސަނީޒު

      މިތާކު ދައުލަތުގެ އިސްވެރިޔަކު ނެތް. ގައުމުގައި މަކުނު ކުޅި އުތުރިއަރައިދާއިރު އެކަމަށް ބަހެއް ނުބުނެވުނު މީހަކަށް ކޮންވެރިކަމެއް ކުރެވޭނީ.. އޭނާގެ ކަމަކީ ތަންތަނައް ދަތުރުކޮއްފަ ޚަރަދުކޮއްފަ ތާކުންތާކު ނުޖެހޭ އަނގަތެޅުން. ދެން ތިމަންނާ ރާއްޖެ ހުރިހާ ރަށަކަށް ކެމްޕޭނަށް ދިޔާމޭ ބުނީމަ ނިމުނީ. ދުވަހަކު ރާއްޖޭގެ ރަށަކަށް ނޭރިޔަސް ގައުމު ތަރައްގީކޮއް މިނިވަންކަން އިޚްލާތެރިކަމާއި އެކު ހިފަހައްޓާނެ ވެރިން ގައުމުގަ އެބަތިބި. އެކަމަކު އަހަރެމެން އަމިއްލަ އަތުން ވީޓުލައިގެން މިއޮތީ ބަލާވެރިކަމެއް ލިބިފަ.. އެއީވެސް ދުނިޔޭގެ މަސްރަހު އެންމެ ނުބައި އަތައް ދާން އުޅޭ މި ދުވަސްވަރު. ދިވެހިންގެ ނުބައި އަތްތަކުންލާ ނުބައި ވޯޓުން ގައުމު އަދި ލަންކާއަށް ވުރެ ދަށު ދަރަޖައަކަށް އަވަސް މުސްތަގުބަލެއްގައި ވެއްޓިގެން ދިއުން އެކަށީގެންވޭ. ދިވެހިންނަކީ އަމިއްލައަށް އެޑްމިނިސްޓުރޭޓް ކުރެވޭވަރަށްވުރެ ބޮލުރޮދި ކޮށިފައިވާ ބަޔެއް. ރާއްޖެ އިސްލާހެއް ނުވާނެ. މިހާރު މިއޮތީ އެންމެފަހުން މަކުނު ކުޅިވެސް ފެތުރި ލިވާތުންނަށް މިނިވަންކަންވެސް ދީފަ. މިކަމުގެ ހުރިހާ ނުބައެއްގެ ޒިންމާގައި ރައްޔިތުންގެ ބައިވެރިވުން އެބައޮތް. އިތިއޯޕިޔާ ފަދަ ގައުމެއްގެ ދަރަޖައަށް ގައުމުވެއްޓި ހަލާކު ނުވަނީސް މި މޮޔަ ދިވެހިންނަކަށް ނުވިސްނޭނެ.

  7. ލޮލީ

    ރައްަޔިތުންގެ ތާއީދު ނެއް މީހުން ނާ ގުޅޭނީ ރައްަޔިތުންގެ ތާއީދު ނެއް މީހުން

    64
  8. އަހުމަދު

    ކަލޭ ފޫގަޅާނީ މަޖިލީހުތެރޭ ކަންކަމަށް... މަޖިލީހުން ބޭރުކަންމަކާނޫން

    10
  9. ހަސަދު

    މަޖުލިސްގެ ރައީސަށް ޖެޓެއް ޖައްސަން ހުއްދަ ދެވެތަ؟

    10
  10. ސަހަރޯ

    މީ ތަހުގީގުކޮށް ބަލައި ފިޔަވަޅުއަޅަންޖެހޭ ގައުމީ މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށް ނޫނީ ނުބުނެވޭނެ. މަޖިލީހުގެ ރައީސަށް ވީއައިއޭގައި ފްލައިޓް ޖައްސަން ނުވަތަ ނުޖައްސަން އަމުރުކުރުމުގެ ބާރު ލިބިދޭ އެއްވެސް ގާނޫނެއް ގަވާއިދެއް ނޯންނައިރު، އެފަރާތުން އެކަމަށް "އަމުރު"ކުރިޔަސް އެ "އަމުރަ"ށް ކިޔަމަންވާކަށްވެސް ނުޖެހޭ.

    12
  11. ހއ

    މިކަން ރަނގަޅަށް ތަހުގީގު ކޮށް ރާއްޖޭގެ އިދާރާތަކަށް އޮޅުވާލި މީހުންނަށް ހައްގު އަދަބު ދެވެން ޖެހޭ.

    14
  12. Anonymous

    ތިޔަ ނަޝީދާއި އެމްޑިީޕީއަކީ މި ޤައުމަށް ޖެހިފައިވާ ބޮޑު ބަލާވެރިކަމެއް. މި ޤައުމު އެކީއެކަށް ފާސިދުވުމުގެ މުގުލުގައި ތިބީ އެމީހުން.

  13. ސައްދު

    ތައީސުލް ޖުމްހޫރިއްޔާ ނޫން މީހަކު މިފަދަ ކަންކަމުގައި ހުއްދަދީ އަމުރު ހިންގައި އުޅުމަކީ މިތަނުގެ ވެރިކަން އޮޅުން ބޮޅުން ވެފައިވާކަމާއި އަދި ރައީސުލް ޖުމްހޫރިއްޔާ އޭނާއަށް ދެވިފައިވާ ބާރު ހިންގަން ނޭނގޭ ކަމުގެ ހެއްކެކެވެ. އަވަހައް މިވެރިކަން ނިމުމަކަށް ގެންނަންޖެހޭ. މާދަމާ ދައުލަތުގެ ވަޒީރަކުވެސް ގިނިކަންޏާ ބޭރު ފަރާތްތަކަށް އެކިއެކި ކަންްކަން ކުރުމުގެ ހުއްދަ އެމީހެއްގެ ދާއިރާއިން ބޭރުން ދީ ގައުމު ގަވާއިދުތަކާއި އިހުތިސޯސްތައް މުގުރާލަފާނެ. މިއޮތީ މިހާރު ޖަންގައްޔަކަށް ވެފަ.

    11
  14. ދަރަނި ދަންތުރަ

    މިއީ ފައްކާ ގައްދާރެއް މީނަ ވަގުތުން ހިފާ ހައްޔަރުކުރާ

    11
  15. އޮޅުވާލި

    މިހާރު އެހާ ހިސާބައް (ސަރުކާރައް އަމުރުކުރާ )މިކަލޭގެ ބާރު ފޯރީތަ އެހެންވީމަ މިހާރު މިގައުމުގެ ރައީސަކީކާކުކަންވެސް ނޭންގޭ ހިބާބައް މިވަނީ ވެރިކަންވެސް އޮޅިފަ

  16. ނުރަބޯ

    މީ އިންޑިއާގެ ނުފޫޒުގައި ކެރަފާ ނަޝީދު އޭނާއަށް ލިބިފައި ނުވާ ބާރެއް ބޭނުން ކޮށްގެން ކުރިކަމެކެވެ.

  17. ފރތމ

    ތިޔައީ ދޮގެއް. އެއަރޕޯޓާއި ސިފައިންގެ ބާރު އޭނަށް ލިބޭނެ ގޮތެއް އޮތް ނަމަ މިހާރު ވެރިކަމުގައި ދޯ ހުންނާނީ... ހަމަޖެހޭ ވާހަކަ ލިޔެބަލަ. އެކަން ހިނގި ނަމަ އެއީ ސަރުކާރުގެ ނިންމުމެއް. ނަޝީދު ފަހުން އަމިއްލަ އަށް އެކަމުގެ ތެރެއަށް ވަތް ނަމަ އެއީ ރާޖަޕަކްސަމެން ކައިރިން މެޑެލް ޖަހަން ކުރި ކަމަކަށް ވާނީ

    2
    10
  18. ސސ

    ގައުމުތަކުގައި ވެރިކަން ކުރާމީހުން ޤައުމުތަށް ލޫޓުވަގެން އުމުރަށް ދުނިޔޭގައި އުޅެވޭވަރަށް ފައިސާ ޖަމާކޮށްގެން ކޮންމެސް އެހެން ޤައުމެއްގައި ފިލައިގެން މިމީހުން މިއުޅެނީ، މީމުޅިންވެސް އެއްބަޔެއް، ދައުލައްތަކުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ! މިމީހުން މިހާ އިހުލާސްތެރިނަމަ ރައްޔިތުން ދެކެ ބިރުގަންނާކަށެއް ނުޖެހުނީސް !

  19. އަލަމްގިރި

    މިވަގުތު އެއަރޕޯޓް ހިންގަން ހަވާލުވެހުރި ތޯހާގެ ނާގާބިލުކަން މިއާޓިކަލް ކިޔާލުމުން އެނގެނީ. ދިވެހިން ނުރައްކަލެއްގެ ތެރެއަށް ދޫކޮއްލި ތޯހާގެވެސް ފުރިހަމަ ޒިންމާ އޮންނާނެ ކުޑަ ފައިސާ ކޮޅަކަށް ދިވެހިން ނުރައްކަލެއްގެ ތެރެއަށް ދޫކޮއްލީ

  20. Bis

    އަންނިއަށް ކިހިނެއް ތަ ހުއްދަދެވެނީ؟ އޭނަ ހައްޔަކުރަން ވެފަ ނު އެއޮތީ...މިގައުމުގަ ހުރި ރައީސުލް ޖުމްހޫރިއްޔާ އެއީ މަރުމޯލެއްތަ؟