ފަރުކޮޅުފުށީގެ ހުޅަނގުއުތުރު ފަރާތަށް މޫދަށް އެރި، ފްރީޑައިވްކުރަން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޑައިވިންއަށް އެރި އުޅުމުގެ ތެރޭގައި ދެކުނު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:05 ގައި ކަމަށާއި އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތްކުރަމުން ދަނިކޮށް، ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންޕާ

    މަސްދަރަކާ ޙަވާލާނުދީ އެއީ ކޮންކަހަލަ މީހެއްތޯ ލިޔެލަންވެސް ނުކެރުނުތަ!

    8
    4
  2. ރަން ރީނދޫ

    ސުންޕާ ކިނބުލެއްގެ ވެރިކަން ފެށުނު ފަހުން އަބަދުވެސް މިވަރެއްގަ މި ދަނީ.

    3
    2