މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ މާލޭގައި ބާއްވަން އޮތް ހަވާ އެރުވުން ކެންސަލް ކޮށްފިއެވެ.

މާދަމާ ރޭ ހަވާ އަރުވާ ގޮތަށް ކުރިން ހަމަޖައްސާފައި ވެއެވެ. އެކަން ކުރާނެ ކަމަށް ބުނެފައި ވަނީ ޖުމްހޫރީ މައިދާނުގައެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ މުހައްމަދު ވިދާޅުވީ، ހަވާ އަރުވާނަމަ އެމްއެންޑީއެފް އިން އެކަން އަންގާނެ ކަމަށެވެ.

"ވަގުތު"އަށް މައުލޫމާތުދިން ބޭފުޅަކު ވިދާޅުވީ، ކުރިން ހަވާ އެެރުވުން އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިލެއްވުމުގެ މަތިން ހަވާ އެރުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 6:00 ޖަހާއިރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ޕެރޭޑް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:30 ގައެވެ.

މިނިވަންދުވަހާއި ގުޅިގެން ބޭއްވުމަށް ކުރިން ނިންމާފައިވާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާއާއި ފުޅަނދުބުރު މިހާރު ވަނީ ކެންސަލްކޮށްފައެވެ. އެއީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވުމުންނެވެ.

ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުމްހޫރީ މައިދާން ކުރިމަތިން ޝަހީދު ހުސެން އާދަން ބިލްޑިންނާއި ހަމައަށް އުޅަނދުފަހަރާއި މީހުން ވަނުން މަނާކޮށްފައިވާއިރު އިސްލާމީ މަރުކަޒު ކައިރިން އަމީރު އަހުމަދު މަގުވެސް ބަންދުކުރާނެއެވެ. އޭގެއިތުރަށް ހަތަރު ފުރޮޅުނީ އުޅަނދު ހަތަރު ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާއިރު އިއްޒިއްދީން ފާލަން ސަރަހަށްދަށް ކަނޑު އުޅަނދު ފަހަރު ވަނުން ވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފރުދޫ

    ކުރިން ބުނި އެތި ކެންސަލް 🙁

    28
    1
  2. ކެންސަލް

    ލާރި ދީފައި ކެންސަލް މިކުރަނީ އަނެއްކާ؟

    21
  3. ކެންސަލް

    އާދެ ހަބަރާ ގުޅުން ނެތް ކޮމެންޓުތައްވެސް ކެންސަލް

    11
    10
  4. ހާލުފޮޅި

    މިދެން މިހާރު ބޮޑުވެއްޖެ ކަމެއް... ދިދަވެސް ނަގާނެ ކަމެއް ނެތް.. ޕެރޭޑްވެސް ކެންސަލް ކުރޭ.. އެ ބަލަން މީހުން އެއްވީމަ ކޮވިޑު ބިރުން ފިލަނީތަ؟؟؟ ހަވާ ބަލަން ދޯ ކޮވިޑް ވެސް އަންނަނީ...

    19
    • ލޮލް

      ކާކު ބުނީ ކޮވިޑޭ؟

  5. Sarukaaroa

    ސަރުކާރު ވެސް ކެންސަލް

    24
  6. ނުރަބޯ

    ކުރިން ބުނިއެތި ކެންސަލް ހެއްހެއްހެއް.

    24
  7. ހަވާސާ ހާދިސާ

    އިންޑިޔާގެ މިނިވަންދުވަސް ދެން ފާހަގަކުރާނީ، މިރަސްމިއްޔާތު 7 އޮގަސްޓުގައިބާއްވަން ސާލިހުއަންގިބާ!

    20
  8. Anonymous

    ޝިރުކާ ދެކޮޅަށް ނިކުތް މީހުން ކެންސަލް ކޮއްލިނަމަ

  9. ރައްޔިތުމީހާ

    ކެންސަލް ކޮށްލާފަ ލާރިކޮޅު ޖީބަށް. ރައްޔިތުންނަށް ހަމަ އެއްވެސް އެއްޗެއް ނެތީތޯ މި ވެރިކަމުގަ. އީދު ދިޔައީ، މިނިވަން ދުވަސް މި ދަނީ. ދެން ކީކޭދޯ ބުނާނީ

  10. ކެންސަލް

    ޖުމްހޫރީ ދުވަސް ފާހަގަކުރާނެ އެރޭ ހަދު އަރާނެކަމަ ދައްކަނީ ފަލަކީހިސާބުން މައުމޫނު ވިދާޅު ވާނެ ކަމަށް ލަފާކުރަނީ

  11. ޢެރިކް

    .މި ރައީިސް ޤާއުމު ތަކަށް ދަތުރު ކުރަންވީމަ ދައުލަތިގެ ބަޖެތުން އެތައް ފައިސާއެއް ހަރަދު ކުރަން އޯ ކޭ، ދޯ ،،،،،

  12. ގުރާ

    އިންޑިއާއިން އަންގާފައޮތީ މިނިވަންދުވަހެއްނޫނޭ، ގައުމީ ދުވަހޭ ދެން ފާހަގަ ކުރާނީ.