އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ "އިންޓާނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފު, ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއަށް އަރުވައިފިއެވެ.

އަންގާރަ ދުވަހު ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ސެރެމަނީގައި އެ ޝަރަފު، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި އިންޓާނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމެންޓޯ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިންއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ރަސްމިއްޔާތުގައި ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިން އަދި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އިންޓާނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ ފޮޓޯ ކަޝްފުކޮށްދެއްވާފައިވާ ކަމަށެވެ.

އިންޓާނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަގާމަށް އައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ އެފަދަ އިސް މަގާމުތަކާއި، އިންޓާނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަގާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން، އިންޓާނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީއަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް އެރުވޭ ޝަރަފެކެވެ. އެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީން އެ ޔުނިވަސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފެވެ.

ނޭޝަނަލް ޑިފެންސް ޔުނިވަސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން އެ ޝަރަފު އެރުވުނު އެންމެ ފުރަތަމަ ބޭފުޅަކީ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއަކީ، 2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ހިންގި މާސްޓާ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަންވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެގޮތުން މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެ ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވަރެޖް ހޯއްދަވައިފައެވެ. އަދި އެ ކޯހުގެ "ޑިސްޓިންގްއިޝްޑް އޮނާ ގްރެޖުއޭޓްގެ" މަޤާމު ޙާސިލުކުރެއްވުމުގެ އިތުރުން "އޮނާޑް ތީސަސް" ގެ ގޮތުގައި މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ހުށެހެޅުއްވި ތީސިސް ވަނީ ހޮވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    ތިޔަހުރިހާ އެވޯޑެއްވެސް ތިޔަގައްދާރުންނަށްލިބޭނެއެވެ. އެކަމަކު ދިވެހިން ކަލޭމެނަށްދޭނީ ގައްދާރުކަމުގެ މެޑެއްޔެވެ.

  2. ރަން ރީނދޫ

    އިންޓަނޭޝަނަލް ބޮޑު ޣައްދާރު