މާލެ ސިޓީ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރަން ބޭއްވި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވޯޓު ނުދެއްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު އެއް އަސާސަކީ ވޯޓުލުމާއި ޕާޓީ ލައިން ހިފެހެއްޓުން ކަމަށެވެ. އެމްޑީޕީގެ މެމްބަރުންނަކީ ނުކުމެ ވޯޓުގައި ބައިވެރިވާ މެމްބަރުންތަކެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އެމްޑީޕީގެ އެންމެ ފަރިތަ ކަމަކީ ވެސް ވޯޓުލުން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ maariyaa
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މާރިޔާ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ކޮންމެ ފަދަ އުދާހަކާ އެކުގައި ވެސް ނުކުމެ ވޯޓުލާ ދުވަހު ދާހިތްލާ ފޯވުމަކީ އެމްޑީޕީގެ އާދައެއް."

އެކަމަކު، ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެވެސް ސަބަބަކާ ހުރެ، އެމްޑީޕީގެ މެމްބަރުން ވޯޓުލާން ނުނިކުތުމުން އެ މެމްބަރުންގެ ނުތަނަވަސްކަން މާލެ އިން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މާލޭގެ ވޯޓެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ނަތީޖާއަކީ މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް އެ ގޮތް، މިގޮތްވެ ދިއުން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ކައުންސިލަށް ފެންނަ ހުރިހާ ކަމެއް ވިއްޔާ ދަނީ ކުރަމުންނެވެ. އެގޮތުން ބަޔަކު ލައްވާ ބޯޑު ހަދައިގެން ރަށު ތެރޭގައި ޖެހުމާއި ކަދުރު ރުއް އިންދުމާއި މާލޭގެ މަގުތައް ފޮތިކޮށް ހުރިހާ ގޮޅިއެއް ވިއްކާލާފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އެ ނޫނަސް އަތް މައްޗަށް ރުފިޔާއެއް އަރާ ނަމަ، އަރާނެ ހާ ހުރިހާ ކަމެއް އެމީހުން އެބަ ކުރޭ." އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް މީގެކުރިން ކުރެއްވި މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ ކޮންގްރެސް އަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ އެ ކޮންގްރެސްއަކީ އެމްޑީޕީގެ ކުރިމަގަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމަން އައިސް ތިބި ކޮންގްރެސްއެއް ކަމަށެވެ. އެހެންކަމުން ލިބިފައިވާ ތަޖްރިބާ އާއި ވިސްނުމާ އެއްގޮތަށް ކަންކަން ކުރާނެ ކަން ޔަގީން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މާރިޔާ ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާރިޔާ ވިދާޅުވި ގޮތުގައި ގައުމިއްޔަތުގެ ފަލްސަފާގައި އެމްޑީޕީގެ މޫނުތައް ބަދަލުވިޔަސް، އަސާސްތައް ބަދަލެއް ނުވާނެއެވެ.

"މޭޒެއްގައި ތާސް ގަނޑެއް ޖަހަން ތިބޭ ހަތަރު މީހަކަށް ފެނުމުން ކުއްލިއަކަށް ސެނެޓަރުން އުފަންވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން." މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ މަޝްވަރާގެ ޖާގަ އޮންނާނީ އެންމެންނަށް ހުޅުވާލެވިފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިވަގުތު ޕާޓީގައި ތިބި މެމްބަރުންނާއި ރާއްޖޭގައި ދިރިއުޅޭ ބައެއްގެ ލާބަ އާއި މަންފާއަށް ވުރެ ބޮޑަށް އެމްޑީޕީގައި އިސް ކުރަނީ އަންނަން އޮތް ޖީލުތަކާއި މާދަމާގެ ދެމެހެއްޓެނިވި ރާއްޖެ އަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އެމްޑީޕީ ބަލަނީ، އަދި ވިސްނަނީ، އަދި ނިންމުންތައް ނިންމަނީ މާދަމާ ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ވިސްނުމަށް ފަހު. ރައްޔިތުންނަށް ލިބޭ ލާބަ އާއި މަންފާ ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ކުރެވޭނެ މަގަކީ އެމްޑީޕީގެ މަގު." މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަންބެ

    މީ ގައުމު ލޫޓުވާ ގުރޫޕު! ފަލްސަފާއަކީ ރައްޔިތުންނަށް އޮޅުވާލާ ވެރިކަމަށް އައިސް ގައުމުގެ މާލިއްޔާ ދަވާލުން! މިކަމަށް މި މީހުން ވަރައްމޮޅު!

    43
    1
  2. ރީނދޫހުން

    ތިޔަފޮޓޯ ބަލާލީމާ ފެންނަނީ ބިރުވެރިކަމާއި ނާމާންކަން. ފާދިރީންގެ ރަން ރީނދޫ ލައިގެން މޯދީ ޖީއަށް ދިވެހިޤައުމު ވިއްކާލީ އެއްމޭސްތިރި މެދުގަ ތިހިރީ! މިއީނުރައްކާތެރި އަންހެނެއް! ދިވެހި ޤައުމުވިއްކައިކައިގެން އުޅޭ ނުބައި ނުލަފާ ހާމުންޑިއެއް!

    41
  3. Anonymous

    އެހެން ރީނދޫ ލިބާސް ލައިގެން ހުރިހާ ދައިތަތައް ފޮޓޯނަގައިގެން މާދަމާ އެކަކު އަނެކަކައް އަވަގުރާނަ ގޮވާނީ..

    38
  4. އަހްމަދު

    މާރިޔާތިގޮތައްވިދާޅުވިނަމަވެސް ރައްޔިއެދޭގޮތެއްނޫން މިގައުމުގާ ނަސީބުކުޅި އާލާވެގެންދިއުމަކީ އިންސާފުތޯ މާރިޔާދަރިޔާ އަނދުންހުސެންގެ އެފެނިގެންދިޔަމަންޒަރަކީ ނުފެންނައެއްޗަކަށްހެދުން އެކަންރައްޔިތުން ގަބޫލެއްނުކުރާނެ

    21
  5. ޢަލިފް

    2023#ޔާމީން އިންޝާﷲ..އާމީން

    24
    3
  6. ހެ

    ސަފަރު މަސް ނާންނަނިސް މިހިރީ ކަތްދަ އަރާފަ.ކުދިންނޭ މާފުން މިދުވަސް ކޮޅު ކެއުން ރަނގަޅެންނޫނެވެ.

    22
  7. ހަސަން

    ތިވާހަކާތަށް ތާއީދުކުރާނެ އެމްޑީޕީ މެމްބަރެއްވެސް ނުހުންނާނެ ކަމަނާގެ މޭސްތެރިކަމުގައި ގައުމުވިކާ ހުސް ތިކުރަނީ

  8. ރަތާހުދުފެހި

    މޭކަރާލޯ މެރުނީމާ. ލޭހިނގާ މަގަނޑުންހަ ހިކެއްނޫންލާ ދޭކަށްވޯޓު ޕީޑީއެމްއަށް