އައްޑޫސިޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ގުޅިއްޖެއެވެ.

އެމްޑީއޭއަށް މެންބަރުން އިތުރު ކުރުމަށް ފޯރިއާއެކު ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން މި ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އަންނަނީ އެމްޑީއޭއަށް ސޮއި ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު "ވަގުތަށް" ވިދާޅުވީ، އައްޑޫސިޓީން އެ ޕާޓީއާއި ގުޅުނު ރައްޔިތުންގެ ތެރޭގައި އެކިއުމުރު ފުރައިގެ މީހުން ހިމެނޭ ކަމަށެވެ.

އެމްޑީއޭއަށް މެމްބަރުން އިތުރު ކުރުމަށް ފޯރިއާއި އެކީ ޕާޓިގެ މެމްބަރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި އައްޑޫން އެޕާޓީއާއި ގުޅުނު މެމްބަރުންގެ ފޯމު ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އާއި ހަވާލުކޮށްފައިވަނީ އައްޑޫގެ އެކި ދާއިރާތަކުގެ އެޕާޓީ ތަމްސީލް ކުރާ އިސް ބޭފުޅުންނެވެ.

އައްޑޫން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީއާއި ގުޅުނުކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ، ޕާޓީގެ ރައީސް، ސިޔާމް މާލެ ފިޔަވައި އާބާދީގެ ގޮތުން އެންމެ ބޮޑު އައްޑޫއާއި ދޭތެރޭ ގެންގުޅުއްވާ ސިޔާސަތު ވަރަށް ފުރިހަމަ ކަމަށެވެ.

އައްޑޫން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީއާއި ގުޅިފައިވާ މިދަނޑިވަޅުގައި އެޕާޓީގެ އޮފީހެއް ވަރަށް އަވަހަށް އައްޑޫގެ އެކި އަވަށްތަކުގައި ހުޅުވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޕާޓީގެ މެމްބަރުން ގިނަ އަތޮޅުތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

އެމްޑީއޭގެ އަމާޒަކީ ޕާޓީގެ އަހަރީ ދުވަސް ކަމަށްވާ މިއަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އަންނަންވާއިރަށް އެ ޕާޓީއަށް 25،000 މެމްބަރުން ހަމަ ކުރުމެވެ

މި އަމާޒަށް ވާސިލްވުމަށް އެ ޕާޓީގެ މެމްބަރުން ސިޔާސީ ހަރަކާތްތައް ފުޅާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    👌👍

    6
    19
    • ލުޓޭރުންގެ ސަރުކާރު

      ފައިސާއަށް ވޯޓު ވިއްކާ ގްރޫޕު ފައިސާއަށް ސޮއި ވިއްކާލިދޯ...

  2. ލޮލް

    ފައިސާދީފައި ގަނެލީތަ؟ އެކަހަލަ އެއްޗެއް ހީވެގެން މި އަހާލީ. މިޒަމާނުގައި ބަޔަކު މަހުޖަނަކާ ގުޅޭނީ ކޮންމެވެސް މިންވަރެއްގެ ޚައިރާތެއް ކޮށްލީމަ ކަންނޭނގެ. ކޮރަޕްޓުމީހުން ވަރަށް ގިނަ ޒަމާނެއްމީ.

    7
    1
  3. ހުސައިން މަނިކު

    ތިޔަބުނާ ގިނަ އަދަދަކީ ކޮބާ ؟ އިރުއިރު ކޮޅާ ގިނަ އަދަދެކޭ އެބަ ކިޔާ

    4
    1
    • ދޯ

      50000 ހާސް

      1
      1
  4. Anonymous

    ޝިޔާމު ތިއޮތީހޮވިފަ. ތިގޮތަށް ސިޓީއުރަ ބަހަމުން ބުރުމާ އެނބުރޭތާ ކިތަށް އަހަރުތޯވީ ބަލާބަލަ؟؟ތިފަންތީގެމީހުން ރައީސްކަމަށް އައިމަވާގޮތް މިފެންނަނީ!!!ދައުލަތުގެޙަޒާނާ ކައިހުސްކޮށްފަ ހުސްވީމަވެސް ހުސްވީކަންނޭގޭ!!ގައުމުގެ މިނިވަންކަން ވިއްކާލާއިރުވެސް ވާނުވާނޭގޭ!! މިފަދަމީހުންވެސް ރައީސްކަން ހޯދަންއުޅޭތީދެރައީ!!!އަދިކޮބާ ޕިސްތޯލަޕާޓީ؟؟100ވޯޓްލިބުނަސް ރަގަޅު!!!

    7
    1
  5. މަމިހީ

    މަ މިހިރީ ޕާޓީ އަކާ ގުޅެން ބޭނުންވެފަ ކޮންމެ ޕާޓީއަކުން ކަމުގަވިޔަސް މަގޭ ލޯނު ދައްކާދެނިކޮށް ޕާޓީއަށް ސޮއި ކުރާނަން އަދި އެކްޓިވްކޮށް އުޅެދޭނަން.

    5
    2
  6. އަލީ

    ސަންސިޔާމްގެ ފަހަތަށް ލައްކަ ގިނަ މީހުން އަރައިފި... ބައެއްޕާޓީތަކުގެ ވެރިން ސިއްރުވެސް ބައްދަލުކޮށްފި. ސިޔާމް ވެރިކަމަށް އައުމަކީ ދުރުކަމެއްނޫން އިރާދަކުރެއްވިއްޔާމުން.

    2
    9
  7. Anonymous

    މޮޔަބައެއް ހުވާ ލާރިކޮޅެއްދީފިއްޔާ އޯކޭވާނެ ޖާބިތުފަހަތައްވެސް އަރާނެ

    9
    2
  8. ޓޯކީ

    ސާލިމް ގެ އަނބިކަންބަލުންގެ އާއިލާ އަކީ އައްޑޫ ސިޓީ އަށް ނިސްބަތް ވާ ބޭކަންބަލެއް. އެކަމަކު އެ ރަށުންވެސް ސޮއި ކޮއްލާނެ 50 މީހުން ނުވި ހެހެހެ. ޔާމީނު ބުނެގެން ސިޔާމު ޖަހަހާ ސަކަރާތް އަހަރެމެންނަށް އިނގޭ.

    3
    3
  9. ބުމަރު

    ހި ހި ހި

  10. މިހާރު

    ރަނގަޅު، އެމްޑީޕީގައި ތިބޭނެކަމެއްނެތް. ވީކަމެއްނެތް

    10
    2
  11. ަިަިއިބްރާހީމް

    ބޯ ހަމަ ޖެހޭ މީހަކު ތި ޕާރޓީ އާއި ނުގުޅޭނެ. ސިޔަާމް އަކީ ވަރައް މަކަރު ވެރިެއެއް

    9
    2
  12. ޢިޔާބު

    ޖީބަށް ބޯކޮށް ލޮޑަރު ވަންނަންޏާ އޯކޭވާނެ ކޮންމެ ފަދައެއްވެސް

  13. އަހުމަދު

    20 މީހުން ވީމަ ވަރަށް ގިނަ އަދަދަދެއްތާ؟ އޯކޭ ދެން.

  14. ހަބީބަ

    ސިޔާމްގެ ކޮސްޓިއުމް އަހަންނަށް ވަރަށް ކަމުދޭ!! ސީޔާމްގެ ފޮޓޯކޮޅެއް ވަގުތު އިމޭޖަސް އަށް ލާދެވޭނެތޯ؟؟

  15. Anonymous

    ތި މީހުންގެ ފަރާތުން މާބޮޑު ފޮނިމީރެއް ނުފެންނާނެ. ތީ ލާރިއަށް ކުރިސޮއި ވޯޓަކަށް އަންނައިރު ތިމިހުން އަމަލުކުރާނެ ގޮތް ވަރަށްސާފު. ތީގެ ގިނައީ ރީދޫ ހުން އައިސްފަ ތިބި މީހުން . ތިކަހަލަ ކިތައް މީހުން ޕީޕީއެމަށް ސޮއި ކުރި އެކަމަ ފަހުވަގުތު ޕީޕީ އެމަށް ދިނީ ލަނޑުި. ވިސްނޭ ބަޔަކު މިކަހަލަ މީހުން ޕާރޓީ ތަކަށް ނުވައްދާނެ.

  16. ގުއިނާޒް

    ތި ޕާޓީގަ އުޅޭ ވިމެންސް ކައުންސިލްގެ ރައީސް އަދި ޓިކްޓޮކް ކުޅޭ މަންޖެ ޝެހެނާޒް މޫސާ އަކީ މެންޓަލް ހެލްތޭ ކިޔައިގެން މީހުންގެ ބޮލަށް އެރިގެން ޕާޓީއަށް ވައްދަން ކެމްޕޭން ކުރަމުން ދުވާ މީހެއް. ހަމަ އެެެއްވެސް ލަދެއްވެސް ނެތީބާ. މީހަކު ނުޅޭ ކަންނޭނގެ ތިޔަ އެމްޑީއޭއަކަށް ތާއީދު ކުރާކަށް. ފައިސާ ފޮއްޗަކަށް ފޯމުގަ ސޮއި ކުރާނެ މީހުން ވާނެ ބައިވަރު ނަމަވެސް ތާއީދު އޮތީ ފިޔާތޮށި އަދި ރީނދޫ ޕާޓީއަށް!!

  17. ޝެހެނާޒް މޫސާ

    އިންތިހާބުން ކާމިޔާބު ނުވާނެ ކަން އެނގޭއިރުވެސް ބޯކަށް ކެމްޕެއިން ކުރުމުގަ ހެހެހެހެ