މާލެއަށް އަލަށް ތައާރަފްކޮށްފައިވާ މިނީ ބަހުގެ ހިދުމަތަށް ދެ ހަފްތާފުރި މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެއެވެ. މިނީ ބަހުގެ ހިދުމަތަކީ މާލޭގައި ދިރިއުޅޭ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ހިދުމަތެކެވެ.

މިމަހުގެ ފަސްވަނަ ދުވަހު މި ހިދުމަތް ފަށާފައި ވީނަމަވެސް އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ އެއްވެސް އަގެއް ނުނަގާ އަޖުމަ ބެލުމުގެ ދެ ހަފްތާގެ ގޮތުގައެވެ. ދެހަފްތާގެ ތަފާސް ހިސާބަށް ބަލާއިރު ދުވާލަކު މި ހިދުމަތް ހޯދި މީހުންގެ އަދަދު 8،000 އަށްވުރެ އިތުރެވެ.

މާދަމާއިން ފެށިގެން މިނީ ބަހުގެ ހިދުމަތުން އަގު ނެގުމަށް ނިންމާފައިވާއިރު، ކޮންމެ ދަތުރުވެރިއެއްގެ އަތުން ނަގާނީ ހަތް ރުފިޔާއެވެ. އެހެން ނަމަވެސް ސްކޫލް ދަރިވަރުންނާއި އުމުރުން ދުވަސްވީ މީހުންގެ އަތުން އެއްވެސް ފައިސާއެއް ނުނެގުމަށް މި ހިދުމަތް ދެމުންދާ އެމްޓީސީސީން ވަނީ ނިންމާފައެވެ.

 

މިނީ ބަހުގެ ހިިދުމަތަށް ފައިސާ ދެއްކޭނީ އާރުޓީއެލް ވެބް ޕޯޓަލާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ހިދުމަތް އަލަށް ހޯދާއިރު ރަޖިސްޓްރީވެލަން ޖެހޭނެއެވެ. އޭގެ ފަހުން ކުރީގެ ލޮގިން ބޭނުންކޮށްގެން ހިދުމަތް ހޯދޭނެއެވެ.

މި ހިދުމަތް ހޯދުމަށް ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކަރޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ.

މިގޮތަށް ނަގާ ޓިކެޓްތައް ބޭނުންކުރެވޭނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. ޓިކެޓުގައިވާ ކިއު.އާރު ކޯޑު ބަހަށް އަރާ ސްކޭން ކޮށްލުމުން ޓިކެޓް ކެނޑުނީއެވެ.

މިނީ ބަހުގެ ހިދުމަތަކީ ގިނަ ބަޔަކަށް އޭގެ ސަބަބުން ފަސޭހަވެގެން ދާނެ ހިދުމަތެކެވެ. މީގެ ކުރިން ޓެކްސީތަކަށް 30 ރުފިޔާ ދީގެން ކުރާ ދަތުރުތައް ބަހުގައި އެންމެ ހަތް ރުފިޔާ ދީގެން ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބަގުއްޑޭ

    މަވާ ސަލާމް ދެފަހަރު އެރީ އުނަގަނޑު ދެން އެހެން ކަމެއް ކުރާކަށް ބޭނުމެއް ނެތް

    15
    5
  2. ތުހުފާ

    ތިކަމެއް ނުވަާނެ ވަގުތު ގެއްލުނީ މާ އަގުވެސް ބޮޑު

    14
    4
  3. އާތިކާ

    މިބުނީނު ތީ ބަސްޑްރައިވަރަށް ފަސޭހަ ރީތި ނަލަ ގަޑިއެއްގަ ދުއްވާލާ އެއްޗެއް... ތީކީ ހިދުމަތެއް ނޫން ތިދެނީ!!

    14
    4
  4. ށަކަ

    ބޭންކް ކާޑު މައުލޫމާރު ހިއްސާކުރަން މަޖުބޫރުކޮށްގެން ހިދުމަތް ދީގެންނުވާނެ.
    ދިވެހި ރުފިޔާ ބަލައިނުގަންނަ ނަމަ ކާޑުތަކަށް ފައިސާ އެޅޭނެ އިންތިޒާމެއް އެހެން ނޫނީ ޓިކެޓް ފައިސާދީގެން ގަނެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ.

    22
    1
  5. ބުރަ

    ދެން މަށެއް ނާރާނަން ހިލޭ ދެވޭތި އެރީ ތަކުލީފު ބޮޑަސް ..ޓެކްސީ ހަމަ ރަނގަލީ ސީދާ ގޭ ދޮރުމައްޗަށް

    12
    12
  6. ތުނިޔަ

    ހުރިހާ އެންމެންގެ ބޭންކް އެކައުންޓް ނުހުންނާނެ!
    ޕަބްލިކް ޓްރާންސްޕޯޓަށް ޑިޖިޓަލްކޮށް އަގުނެގީމަ ހުރިހާ އެއްމެނަށް ޚިދުމަތެއްނުހޯދޭނެ.
    ވަގުތު ނޫހުން މިކަން ޢާދަމް ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އާޒިމްގެ ސަމާލުކަމަށް ގެނެސް ދެއްވުން އެދެން.

    25
    1
  7. ޖާބިރާ

    ނިކަން އަވަހަށް 10ރ އަށް ބަދަލު ކުރާނެ! ލޮލް!

  8. Anonymous

    ދުނިޔޭގެ އެހެން ތަންތާވެސް ކަންކުރާ ގޮތަށް ކޮށްބަލަ. އެންމެން އެކައުންޓެއް ނުހުރެއޭ
    ރައްޔިތުން ނަށް ލުއިފަސޭހަކަން ގޮތަށް ކަންކަން ކޮށްބަލަ. ބަސްކާޑް ނޫނީ ޓިކެޓް
    ޚިދްމަތެއް ދޭއިރު ނިކަމެތި ދެރަމީހާއަށް ލުއިފަސޭހަކަން ހޯދައި ދިނުމަށް އަންގަބަލަ

  9. އަހުމަދު

    މާދަމާއިން ފެށިގެން ދަތުރުކުރަނީ ކިތައްމީހުންކަން ބަލާ ދޭތި

  10. މަގޭޚިޔާލުމީ

    ބަސްކާޑު ތަޢާރުފްކުރީ ރައީސް ޔާމީން ކަމަށްވާތީ މިމީހުން ބޭނުންނުވަނީ ބަސްކާޑު ބޭނުންކުރަން. އެކަމުގެ ތަކުލީފު ރައްޔިތުންނަށްމިއޮތީ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވީހާވެސް ތަކުލީފު ކުޑަކުރަން ވިސްނަންވާނެ.

  11. އަގުބޮޑު

    މިއޮއް ކުޑަ މާލޭގަ ކޮޅަކަށް 7 ރުފިޔާ. ހުޅުމާލެ އަށް ބުރިޖު ހުރަސްކޮށް ފޭސް ދެއަކަށް 10 ރުފިޔާ. ރައްޔިތުން ފެލަނީ. ޙިދުމަތެއްނޫން މީކީ

    6
    1
  12. ހަނު

    ތިކަން ދާނީ ޗޮކުން

    4
    1
  13. ސިސްޓާ

    ޓެކްސީގަ ވަގުތު ނުގެއްލި ދާންޖެހޭ ތަނަށް ދެވޭ. ބަހަށް މަޑުކުރިން 20 މިނިޓު އައި އިރު އޮތީ ބަންގާޅިން ތޮއްޖެހިފަ. 4 މީހުން އަރަން ތިބި. 4*7=28 ރުފިޔާ. ކާރުގަ ދެވުނު ތޮއްނުޖެހި ގަޑިއަށް 2ރ އިތުރަށް ދީގެން

    • މަގޭޚިޔާލުމީ

      މާލޭގެ ދަތުރަކަށް ކާރެއް އަމުދުން ނުވެސް ލިބޭ. ކިތަންމެ ފަހަރަކު ޓެކްސީ ނުލިބިގެން ދާންހުންނަ ތަންތަނަށް ގަޑިޖެހުނީމަ ނުގޮސް ހުންނާނެ. މިދިޔަ ރޯދަމަހު ރޯދަވީއްލަން ތަނަކަށް ދާން ޓެކްސީއަށް ގުޅަންފެށީ 5:30ގައި. ގުޅާގުޅާގުޅާގުޅާ ވަރުބަލިވެ ބަންގިގޮވިއިރުވެސް ޓެކްސީއެއް ނުލިބުނު. ދަރުބާރުގޭގަ އޮތް މުހިންމު ޖަލްސާއަކަށް ރޭގަނޑު 8:30 ދާންޖެހޭތީ ދުވާލު ގަޑީގަ ޓެކްސީއަކަށް ގުޅައިގެން ދަތުރު ހަމަޖެއްސިން. ޑްރައިވަރު އައިސް ދަތުރުކޮށްފަ ބުނީ ކުރިން ދަތުރު ހަމަޖެއްސީމަ ދެދަތުރުގެ ފައިސާ ދޭންވާނެއޭ. މިމީހުން ހަދާނެ އެއްޗެއް ހަދަނީ. ހުޅުމާލެއަށް ވިއްޔާ ޓެކްސީ ލިބިދާނެ. މިހާލަތަށް ގޮސްފަ އޮތް ތަނެއްގަ ބަހުގެ ޚިދުމަތް ވަރަށް ރަނގަޅު.

      • މަބުނީ

        ކުރިން ދަތުރު ހަމަ ޖެއްސީމަ ކޮބާ ދެ ދަތުރަށްވެފަ؟؟ލަދެއް ނުގަނޭ އެވެރިން ހަރާމް ގޮތުގަ މީހުންގެ އަތުން ފައިސާ އަތުލަން..ސީދާ ނަރަކައިގެ އަލިފާން އެ ކަނީ..ކިތަށް މީހުންގެ އަތުން މިގޮތަށް ފައިސާ އަތުލާފަ ހުންނާނެ..

  14. ރައްޔިތުންހަނާ

    ނިކަމެތި ދައްތަމެން ހަވީރު ބުރުޖަހާލަން ދާން 4 މީހުނަށް 28 ރުފިޔާ ނަގާ. ޓެކްސީގަ ދެވޭ 30 އަށް.

    6
    1
  15. ިމުހައްމަދު

    އިތުރު ފަސޭހަ ކަމާއެކު ބަސް ދަތުރު ތަރައްޤީކުރަންވީ. ހުރިހާ ބަސް ސްޓޮޕަކަށް ހުއްޓުމުގެ ބަދަލުގައި އެކި ނަންބަރުގެ ބަސްތައް އެކި ސްޓޮޕަށް ހުއްޓާފައި ދުއްވާގޮތަށް ހަދަންވީ. އޭރުން ދަތުރު އަވަސްވެފައި ދަތުރުތައް ފަސޭހަވެފައި ދަތުރުކުރާ މީހުން ގިނަވާނީ. މިހާރު ތި ދުއްވާގޮތުން ގަދަކަނޑެއްގައި އުޅުމެކޭ އެއްވަރުވާނެ. ދެބަޔަށް ބަސް ދުއްވާގޮތަށް އޮތުމަށްވުރެ ކޮންމެ ބަހެއްވެސް ހުއްޓާނެ ވަކި ސްޓޮޕްތަކެއް ހަމަޖައްސާފައި ވަށައިޖެހޭ ގޮތަށް ކޮންމެ ބަހެއްވެސް ދުއްވަންވަންވީ. އަދި ދަތުރުވެސް އަވަސްގޮތަށް ދަތުރުކުރަންވީ.

  16. އިހްސާން

    ހަފްތާއަކު ބަހުގަ ހިލޭ ދަތުރުކުރި މީހުން އަތުން 7 ރުފިޔާ ނެގީމަ ކޮންމެދުވަހަކަށް ތިރީގައިވާ އަދަދު
    2257 ގުނަ 7 =15,799MVR
    3255 ގުނަ 7 =22,785MVR
    8024 ގުނަ 7 = 56,168 MVR
    8349 ގުނަ 7 =58,443MVR
    9329ގުނަ 7 =65,303MVR
    8063 ގުނަ 7 =56,441MVR
    9093 ގުނަ 7 = 63,651MVR

    Kolhakah 7 Rufiyaa ge raytun Jumla Rayyithunge athun nagaa faisaa

    Hafthaa akah = 338,590 Rufiya
    Dhekolhah:
    677,180 Rufiyaa

  17. ޙައްވަ

    އެއްމެ 7 ރުފިޔާއޭ ބުނާއިރު 5 މިނެޓުން ދެވޭތަނަކަށް 7ރ މާބޮޑު އަސްލު 3ރުފިޔާރަނގަޅު އެއީ ހުޅުމާލޭގެވެސް އެތެރޭދަތުރަކަށް ނަގަނީ 5ރުފިޔާ

    6
    1
  18. Anonymous

    އަހަރެން ވޯޓު ލާން ޤަޞްތުކުރަނީ ބަހުގެ އަގު 3ރުފިިޔާހަދާ މީހަކަށް އެއީ އެއްބަހަކުން ދާންވާ ހިސާބަށް ނުދެވޭ. ދެބަސް ނަގަން ޖެހޭ ތީ

  19. ޕެސެންޖަރު111

    ފޯނުގައި ޗާޖް ނެތިއްޔާ ދަތުރު ކުރެވޭނެތާ ބަހުގައި...... ހުރިހާ އުމުރެއްގެ ހުރިހާ ފެންވަރެއްގެ މީހުން ދަތުރު ކުރާ ބަހެއްގައި ކާޑު ހިދުމަށް އޮތުން މުހިއްމު... ފޯނު ޗާޖް ނެތަސް ކާޑު ބޭނުން ކޮށްލެވެނޭ. ނޫނީ ބޭންކް ކާޑުން ޑައިރެކްޓް ކޮށް މެޝިނުން ލާރި ކަޑަންވީ.... ދެން ބޭންކް ކާޑު ނެތް މީހާ ކިހިނެއްތޯ....މީ ހައްތާވެސް ކިހިނެއް، ކިހިނެއް، ކިހިނެއް.