ޗައިނާއާއި ރާއްޖެއާއި ދެމެދު އަންނަ މަހު ސީދާ ދަތުރުތައް އަލުން ފަށާނެ ކަމުން އިޝާރާތެއް ޗައިނާގެ ސަފީރު ވާން ލިޖިން ދެއްވައިފިއެވެ.

ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލެއްގެ ގޮތުގައި ފާޙަގަވެފައި އޮތީ ޗައިނާއެވެ. އޭރު އެގައުމުގެ އެކި ސިޓީތަކުން ރާއްޖެއަށް ގިނަ ދަތުރުތައް ކުރެއެވެ. އަދި މޯލްޑިވިއަނުން ވެސް ދިޔައީ އެ ގައުމަށް ދަތުރު ކުރަމުންނެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކޮށް ފްލައިޓުތައް ވަނީ މެދު ކަނޑާލާފައެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާ ސަފީރު ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ކުރިން ރާއްޖެއަކީ އެގައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލު ކަމަށެވެ.

އެކަން ފާހަގަ ކުރައްވަމުން ސަފީރު ވިދާޅުވީ، ކޮވިޑުގެ ހާލަތު ރަނގަޅުވެފައިވާތީ އެގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ މަހު ދަތުރުތައް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޑައިރެކްޓް ފްލައިޓްތައް ދެ ގައުމަށް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އުއްމީދު ކުރަނީ އަންނަ މަހު ފެށޭނެ ކަމަށް." ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި އެކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ވެސް ބަދަހިވެގެންދާނެ ކަމަށެވެ.

ޗައިނާއަކީ މުޅި ދުނިޔެއިން ވެސް ކޮވިޑްގެ ވޭދަނައެއް އެންމެ ފުރަތަމަ ފެނުނު ގައުމެވެ. ފުރަތަމަ ކޮޅު ބަލީގެ ނުރައްކަލަކީ ކޮބައިކަން ނޭނގި ފިޔަވަޅުތައް ވަރުގަދަ ނުކުރި ނަމަވެސް، މިހާރު އެގައުމުން އޮތީ ސިޓީއަކުން ބަލީގެ ވޭދަނައެއް ފެނިއްޖެނަމަ، ފުރަބަންދުކޮށް ވީހާ ވެސް ގިނަ ބަޔަކު ބައްޔައް ޓެސްޓް ކުރުމުގެ ސިޔާސަތު ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެނީ

    ތިހާ މުޑުދާރު ބަޔަކު ނަޔަސް ހެޔޮ މިދިޔައީ ހާދަ ބޮލަށް ފަސޭހަކޮށް ދިޔަ ދުވަސް ތަކެކޭ ޗައިނާގެ ފަތުރުވެރިން ނެތީމަ އެކަމް އޭގެ އިދިކޮޅު އިންޑިޔާގެ ދުއްތުރާތައް ޖެހުން

    2
    2
    • ަސދސަދ

      ކަލޯ . ތިސޮރުގެ މުޑުދާރު ވަރު އެނގިއްޖެ ފެންވަރު އޮޅިފައި ހުރިވަރުންވެސް.
      މިއީ ބަޔަކު ދިނީމަ ކައިގެން ބޮއިގެން އުޅޭގައުމެއް.
      ޗައިނާފަތުރުވެރިންނަށް ގައުމު ހުޅުވާލެވުނުނަމަ ގިނަ ރިސޯޓްތަކެއް ބަންނުކޮށް ގިނަ ދިވެހިން ގެ ވަޒީފާ ދެމެހެްޓުނީސް.
      ދިވެހިންނަކީ ކިހާ ސާފުތާހިރުބައެއްކަން ކަލެއަށް މާރަނގަޅަށް އެނގޭނެ.