ގަވައިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ 80 އަށްވުރެ ގިނަ ވެހިކަލްގެ ރަޖިސްޓްރީ ބާތިލު ކުރުމަށް ނިންމި ނިންމުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލު ކުރުމަށް މީގެ ކުރިން ނިންމާފައެވެ.

އެހާ ގިނަ އަދަދެއްގެ ރަޖިސްޓްރީ ބާތިލު ކުރުމަށް ޓްރާންސްޕޯޓުން ނިންމި ނަމަވެސް، ސިވިލް ކޯޓުން ރަޖިސްޓްރީ ބާތިލު ކުރުން ހުއްޓުވުމަށް ނިންމާފައިވަނީ 87 ވެހިކަލެއްގެއެވެ. އެއީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނެރުނު އިއުލާނަކާއި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އިއުލާންގައި ހިމެނޭ ވެހިކަލްތަކެވެ.

ސިވިލް ކޯޓުން އެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުން މަޑު ޖައްސާލަން އަންގާފައިވަނީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްފަހު އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ.

ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ނެރުއްވާފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ނިމެންދެން، ދެ ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށް މިހިނދަށް ނުބެލުމަށެވެ.

އަދި އެހެން ވެހިކަލްތަކަށް ހިދުމަތް ދޭ ފަދައިން އެ ވެހިކަލްތަކަށް ވެސް ތަފާތު ކުރުމެއް ނެތި ހިދުމަތް ދިނުމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.

ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވާއިރު، ދައުލަތުން ވަނީ ކޯޓުގައި އެފަދަ އަމުރެއް ނެރުމާއި ދެކޮޅު ހަދާފައެވެ. އެގޮތުން ދައުލަތުން ކޯޓުގައި ބުނެފައިވަނީ ރަޖިސްޓްރީ ބާތިލްކޮށްފައިވާ އުޅަނދުތަކަށް ކޯޓު އަމުރުގެ ދަށުން ހުއްދަ ދިނުމަކީ މަގުތަކުގެ ރައްކާތެރިކަން ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި އަމުރެއް ނުނެރުނަސް، މައްސަލަ ނިމޭގޮތަކުން އެ މީހުންނަށް ބަދަލު ދޭން ޖެހިއްޖެ ހާލަތެއްގައި އެ ގާބިލްކަން ދައުލަތަށް އެބައޮތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝެއިޚް އަޖުމަލް.

    ކީއްވެތޯ 60 ހާސް ރ އެޖެންޓުން މެދުވެރިކޮށް ނަގައިގެން ގަރާޖް ނަމެއްގައި ރެޖިޝްޓްރީ ކޮށްފައި ހުންނަ ވެހިކަލްތައް ރެޖިޝްޓްރީ ބާތިލްވާންވީ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެހިކަލް ރެޖިޝްޓްރީ ކުރަން ގަރާޖް ސިޓީ ހޯދާކަށް ނުޖެހޭ. ޓްރާންސްޕޯޓް ގައި ވެހިކަލް ރެޖިޝްޓްރީ ކުރަން އައިޝް ދައްތަމެނަށް ބައިއަޅައިގެން 60 ހާސް ރުފިޔާ. ސިޓީ ކައުންސިލްގެ މަގުމަތީ ޕާކިންގް ސްލޮޓް ހޯދުމަށް 25 ހާސް ރުފިޔާ. ރައްޔިތު މީހާ އަށް ދެން އޮންނާނީ ކޯއްޗެއް. ރާއްޖޭގެ ކޮންމެ ރަށެއްގައި ރެޖިޝްޓްރީ ކޮށްފައި ހުއްޓަސް މާލޭގައި އަދި ހުޅުމާލޭގައި ކާރު ދުއްވުމުގެ ހައްގު އޮންނަންވާނެ. އެހެން ޤައުމު ތަކުގަ ހަދާގޮތަށް އިތުރު ކުޑަ ޗާރޖެއް ދައުލަތަށް ނަގައިގެންވެސް 60 ހާސްގެ ސަގާފަތް ނިންމަންޖެހޭ.

    13
  2. ޙެހެ

    .ސިވިލް ކޯޓުއެއީ އެހެންގައުމެއްގަ ހުރިތަނާކާވައްތަރީ..ހުސްކަރެޕުސަން

    8
    1
  3. Anonymous

    މިސަރުކާރުގަ ނުބައެއް ނުހުއްޓުވާނެ.

    10
    1
  4. ހަނި

    ދަރާވިކިފަވާދައުލަތެއް

    11
    1
  5. ޖާބެ

    ނާގާބިލުކަން އިންތިހާޔައް މީނަކުރާކަމެއް ނޯވޭ އިބޫ ޓްރާންސްޕޯޓު މިނިސްޓްރީއިން ކުރަންޖެހޭ ހުރިހާކަމެއްކުރުވަނީ އާޒިމްލައްވަ މިސޭޓު އަންހެނުން ހަމައެކަނި ސޭޓު ހިފަހައްޓަންވެގެން އިބޫ މަޅިޖަހާފަބައިދާފައިނީ މުޅިންވެސް ކަމަކުން ކަމެއްނުވާ ކޫސަނިކަންކަން ހުސް އޮނިގަޑުދިނީމަވެސް ނޭގޭ މިވަނީ ކިހިނެއްކަމެއް.

    12
  6. ސަޓޯ

    މި ކަހަލަ ނަށާ ބަނޑިޔާ ޖަހާ މީހެއް ކުރާ ކަމެއް ނުދާނެ، ރަނގަޅައް، މީނަ ކުރާ ކަމެއް ދެފަހަރު ކުރަން ނުޖެހޭ އެއްކަމެއް ބުނެބަލަ ؟ ކަނޑާލި މީހުންވެސް އޮތީ ރޯނުބައިކޮއް ކަނޑާފަ،މިހާރު އެމީހުން ލައްކައިން ރުފިޔާ ހިފައިގެން ވަޒީފާއަށް، ރެޖިސްޓްރީވެސް ބާތިލް ކޮއްފަ އޮތީ ރޯ ނުބައިކޮށް،، އާހިރު އެ އެއްޗެހިވެސް ބާތިލް ނުވޭ..

    ސޭޓް ކަންމަތީ ފިހާރަ ހިންގާހެން ގައުމުގެ މުއައްސަސާއެއް ހިންގަން އުޅެނީ. ޢެހެންވިމާ ވާގޮތްމީ.

    16
  7. Anonymous

    ވަޑި.
    ހުސްރޯނުއެދުރުން މިމީހުންގެތެރޭ އުޅެނީ މުޅިގައުމުގެ
    ވިއްކާހުސްކޮއް ނުވިތާކައް އަބަދުމަސަކަތް ކުރަނީ
    ރައިތުމީހާ ނޮޅާލާނެ ގޮތެއްފެނޭތޯ

  8. ތަހާން

    ތިމިސަރުކާރުން ކުޅޭ ޑުރާމާއެއް

  9. އަހްމަދު

    ގަރާޖު ސިޓީނެތި އެއްވެސްވެހިކަލެއް ރަޖިސްޓްރީކޮށްދީފައެއްނުވާނެ އޮޅުވާލުމާ މަކަރާހީލަތްހެދީ މިނިސްޓްރީގަތިބިމީހުން ފަސްދޮޅަސްހާސް ރުފިޔާ އަށް ގަރާޖްސިޓީވިއްކަނީއެމީހުން ހުށަހެޅޭ ގަރާޖުސިޓީއަކީ ސައްހައެއްޗެއްތޯ ނޫންތޯ ބަލާޗެކްކުރުމަކީ ރައްޔިތުމީހާގެކަމެއްނޫން އެއީމިނިސްޓްރީން ކުރަންޖެހޭކަމެއް ލާރިނަގާފަ ވެހިކަލް ރަޖިސްޓްރީކޮށްދިނީމަ ދެންއެބާތިލުކުރެވިގެންނުވާނެ އެޖަރީމާހިންގިމީހާހޯދާފަ އެމީހަކާމެދު ގާނޫނީ ފިޔަވަޅުއަޅާ ރައްޔިތުމީހާޔަށް އަނިޔާނުދީ

  10. ނަހުލާ ނުހެލާ ނުހަލާ ނުހިލާ

    ފުރަތަމަ ތިޔަކަމެއް ކޮށްދިން މުވައްޒަފުންގެ މައްސަލަ ދައިތަ ބަލާބަލަ.އެމީހުން ގޭގައަމިއްލައަށްތަ ތިކަމެއްކުރީ ނަހުލާ ނުހެލާ ނުހަލާ ނުހިލާ

  11. ސަނީ

    ލޮލް، މީ އެއްވެސް އެއްޗެއް އެނގޭ މިނިސްޓަްރެއް ނޫން ދޯ ؟

  12. ދިރާސާ

    މިއީ ރަށްޔިތުންވަރަށް ވިސްނަންވެއްޖެކަމެއް އެއީ ނާގާބިލްކަންއިންތިހާއަށްވީމަ ގައުމުދަރާވިކިފަ އެކަމުގެ ނުބާއަސަރު މިކުރަނީ ރަށްޔިތުންނަށް އެއީ ރަށްޔިތުމީހާގެ ޖީބު
    ފެލައިލުން މިއީ މިކަންވާންވީގޮތްތޯ ކަންކަމަށް ނާގާބިލްފަރާތްތަކމެދު ފިޔަވަޅުއަޅުއްވާ ރަށްޔިތުންނަށް ބާރުބޮޑުނުކުރަށްވާ