އިދިކޮޅު ކޯލިޝަންގެ ދީނީ ސިޔާސަތަކީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ޖުމުހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވީޑިއޯ ކޯލް މެދުވެރިކޮށް އަލީ ވަހީދު ވިދާޅުވީ،އިދިކޮޅު ކޯލިޝަންގެ ދީނީ ސިޔާސަތަކީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތް ކަމަށާއި އެ ސިޔާސަތުތަކަކީ އިތުރަށް ވެރިފައި ކުރަންޖެހޭ ސިޔާސަތުތަކެއް ނޫންކަމަށެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ދީނީ ސިޔާސަތުތައް މިހާތަނަށް އާންމުކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވުމުން އެވާހަކަ އަށް ރައްދު ދެއްވައެވެ.
" އިދިކޮޅު ކޯލިޝަންގެ ދީނީ ސިޔާސަތަކީ އިސްލާމް ދީންގެ އަސްލުތައް ކަމަށްވާ، ކީރިތި ޤުރްއާނާއި، ރަސޫލާގެ ސުންނަތުގެ އިތުރުން ދަންނަ ބޭކަލުންގެ އިޖުމާއު. ކޯލިޝަންގެ ދީނީ ސިޔާސަތަކީ އިތުރަށް ވެރިފައި ކުރަން ޖެހޭ ސިޔާސަތުތަކެއް ނޫން " އަލީ ވަހީދު ވިދާޅުވިއެވެ.
ކޯލިޝަނުން ދީން ހަތިޔާރަކަށް ނުހަދާނެ ކަމަށާއި ކޯލިޝަންގެ ދީނީ ސިޔާސަތަކީ ޑރ. ޝަހީމް ހީކުރައްވާ ކަހަލަ އެ އަޑު ވެރިފައި ކުރަން ނުވަތަ މި އަޑު ވެރިފައި ކުރަން އޮންނަ އެއްޗެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ދީން ސިޔާސީ ހަތިޔާރަކަށް ހަދާނެ ބައެއް ވެސް ނޫން. އަޅުގަނޑު ދަންނަވަން ބޭނުން ވަނީ ޑރ. ޝަހީމަށް، ކޯލިޝަންގެ ދީނީ ސިޔާސަތަކީ ވެރިފައި ކުރަން ޖެހޭ ދީނީ ސިޔާސަތެއް ނޫން ކަން. " އަލީ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އަލީ ވަނީ އިބޫއަކީ ކިޔަވައި ވިދާޅުވެފައިވާ ބޭފުޅެއް ނޫން ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ހުލްގުވެރި އިހުލާސްތެރި ވެރިކަމެއް ކުރުމަށާއި އިޖުތިމާއީ އަދާލަތު ގާއިމު ކުރުމުގެ އެންމެ މަތީ ފާސް އިބޫ އަތުގައި އޮންނެވި ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރަކީ އިބޫ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ އިބޫ. ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން އިބޫއަށް ލާ ވޯޓަކީ ލޯބިން ލާ ވޯޓެއް. 23 ސެޕްޓެމްބަރުގައި އިބޫއާއި ފައިސަލް އިންތިހާބު ކުރާނީ ރައްޔިތުންގެ ހިތު ލޯބިން." އަލީ ވިދާޅުވިއެވެ.
އެމް ޑީ ޕީ އިން އަންނީ ގެ ނުފޫޒު ކުޑަވާހެން ހީވާނ.ް ފަށައިފިއެވެ .
ޔަގީނެއް ނޫން. ޝައްކު. އިސްލާމްދީނާ ބީރައްޓެހި ބަޔަކަށް ވާތީ ތިކަމެއް ގަބޫލެއް ނުކުރެވޭ. ކިޔައިދީ ހާމަކޮށްދޭން ޖެހޭ. އެހެންނޫނީ ގުރްއާނާއި ސުންނަތޭ ކިޔާފަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.
އަލީވަހީދު ދީނީވާހަކަ ނުދައްކާ ކޮއްމެވެސް އެހެން ވާހަކައެއް ދައްކަމާ ބަހީ.
އަލީވަހީދުވެސް މުސްލިމެކޭ ކިޔައިގެން ހުއްޓާ ނެގި ވިއްސާރަ ވިލާގަނޑަކުން ވާރޭވެހިގަތްހެން ތިން ހަތަރުގޯތި ކުއްލިއަކަށްލިބުނީ....؟ ނަން އޮތީ ކަރާވިއްކައިގެން ލިބުނު އެކިދެތިން ރުފިޔާއަށް ގަތް ގޯތިތަކެއް ކަމަށް.....؟؟؟
ތިޔަބުނާ ފާސްއޮވެގެން ދޯ ރަށްޔިތުންގެ މުދަލުގައި ހުޅުޖެހީ؟ ހަމަ އެލޯބީގައި ތޯ މަދަރުސާތަކުގައި އޮތް އިސްލާމީމަންހަޖު ބަދަލު ކުރީ؟ހަމަ އެލޯބީގައިތޯ ބުދުބެހެއްޓީ؟ ހަމަ އެލޯބިންތޯ ގުރުއާނާ ސުންނަތް ނޫންއެހެން އެއްޗެއް ހޯދަން ވިސްނަދޭން އުޅުނީ؟ ފާސްތަކުގެ މޮޅުކަމުން މިއިން އެއްވެސް ކަމަކާ އިންކާރު ކުރައްވާނެ ހިތްވަރެއް އިބޫގެ ނެތްކަން ހާމަވާ ފަދަ ބީދައަކުން ޝަހީމް އެވިދާޅުވީ. އެމްޑީޕީގެ އެތެރެ ކޮއިލުގަ ވަށައިގެން އެނބުރުނީ ގުރުއާނާއި އިސްލާމްދީނާއި ބީރައްޓެހިބައެކޭ. އަލީވަހީދު އުޅުނީ ހަމަ އެމީހުންނާއެކު އިނގިރޭސި ވިލާތުގައޭ.
އެހެންވީ އިރު އިދިކޮޅުން އީޔޫއަށް ރަސްމީކޮށް ބުނެދީ، މިރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަނެތޭ، އަދި ކީރިތި ޤުރުއާންގައިވާގޮތަށް މަރަށް މަރު ހިފާނަމޭ
ކަލެއާ ޝަހީމް އާއި އުޑާއި މިމާހާ ތަފާތު ދަރިޔާ! ކަލޭ ކިޔާބަލަ ގުރުއާނުން އެންމެ ފޮތެއް ނުބަލަ ހިތުން. ވާނެތަ؟ ކަލެޔަށް އިސްލާމީ ޝަރީއަތާ ބެހޭގޮތުން ޝަހީމްއާއި ފައިސަލާ ކުރެވޭނެތަ؟ ކަލެޔަށް ތަރުޖަމާ ނުކޮށް ހުރި ހަދީސްތަކާއި، އަރަބިން ހުންނަ އިލްމީ ފޮތްތަށް ކިޔަން އެނގޭނެތަ؟ އަރަބިބަސް ދަންމުތަ؟ ޢިސްލާމީ ދިރިއުޅުން އެނގޭތަ؟ ސުންނަތްތަށް އެގޭތަ؟ މިއިން ކަމެއްވެސް ނުދަންނަމް ދޯ؟ ކީއްކުރާނީ ކަލެއަށް އެނގޭވަރަށް އިބޫއަށް ނޭނގޭނެކަން އެއީ މުޖައްރިބް ކަމެއް. ދެން ކޮންވާހަކެއް ތިދައްކަނީ..
ޢަބްދޫﷲ އުބައްޔު ބުނު ސަލޫލޭ ކިއުނު މީހަކުވެސް ތިހެން ކިޔައިގެން އުޅުނު!!!!!!!!!!!!!
އެހެންވެދޯ އިސްލާމްދީނަށް ގޮންޖަހާ ވާހަކަދައްކާ، ދީނީ އިލްމުވެރިންނަށް ފުރައްސާރަ ކުރަނީ