މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ ދަށުން ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓް ތަނބަކީ ހެލޭ ދަތެއް ކަމަށް ވިދާޅުވެ ބްރިޖްގެ މަސައްކަތައް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ، މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުއްވުމުގެ ތެރެއިން ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަޖެޓް ދަރަނި އިތުރުވިނަމަވެސް، އެ ދަރަނި ނަގައިގެން ކުރި ތަރައްގީގެ މަސައްކަތްތައް ރައްޔިތުންނަށް ފެންނަން އެބަހުރި ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި މިސަރުކާރަށް ގައުމި ހިފަހައްޓާލެވުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރެއްވި މަސައްކަތުން ލިބުނު އާމްދަނީންއިން ކަން ފާހަގަކުރައްވަމުން ވިދާޅުވީ މި ސަރުކާރުން 80 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރި އެއްވެސް ކަމެއް ލޮލަށް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.

"ހެލޭ ދަތެއް ޖަހާފަ އޭނީ މާލެއާ ވިލިނގިލިއާ ދޭތެރޭގައި، އަޅުގަނޑުމެންގެ ސަރުކާރުގަ އެހެންތޯ؟ އެ ތަނބު އެ އިންނަނީ ހެލި ހެލި އެހެންވީމަ މި ސަރުކާރުވެސް މި ވަގުތަގައި މި އޮތީ ހެލިހެލި. އަންނަ އަހަރުގެ ބަޖެޓް މިހެން އޮވެއްޖެނަމަ ރާއްޖެ މި ދަނީ ބަގުރޫޓްވުމާއި ދިމާލަށް". ފަޒުލް ވިދާޅުވިއެވެ.

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، އަންނަ އަހަރު ތަކެތީގެ އަގުތައް މައްޗަށް ގޮސް އިންފްލޭޝަން ބޮޑުވާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

"ފަސް ރުފިޔާއަށް އާފަލެއް މިހާރު ލިބެން އޮތް އިރުގައި ޓެކްސް ބިލް ތަސްދީގު ކުރުމުން މިހާރު 8 ރުފިޔާއަށް އާފަލެއް ލިބެނީ. އަންނަ އަހަރު 10 ރުފިޔާ ނުވަތަ 12 ރުފިޔާއަށް އާފަލެއް ލިބޭނެ." ފަޒުލް ވިދާޅުވި އެވެ.

އަންނަ އަހަރު އިގްތިސާދީ ހާލަތު ދަށަށް ދާނެ ކަމަށާއި، އަދި ޑޮލަރުގެ އަގުތައް އިންތިހާ މައްޗަށް އަރާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އަންނަ އަހަރު ޑޮލަރު ގަންނަން ލިބޭނީ 20 ރުފިޔާއަށް ކަމަށެވެ. އަދި މި ސަރުކާރުން އިތުރަށް ދެމިއޮވެއްޖެނަމަ ޑޮލަރުގެ އަގު 25 އަށް އަރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަޓޯ

    ފަޒުލް ކަލެއަކަށް ނޭނގޭނެ.. އަހަރެމެން ރައީސް އިބުރޭ އެ ހަދަނީ ފުލޯޓިންގ ބްރިޖެއް.. ފުލޯޓުވާ އެއްޗެހި ހެލޭނެ އިނގޭ... އިބުރާ މާގަދަވާނެ

    5
    1
  2. ސައިއްޓޭ

    އެމްޑަބްލިޔޫ އެސްސީގަ ހުރި އިރު ކޮންމެވެސް މީހަކު އެތަނުގެ ފައިސާގައި ދެ ލޭންޑިން ކުރާފްޓު ގަނެ..އެތަނުން އެކަތި ގެޔައް ކަޓުވާލި ކަމަށް ބުނާ ވާހަކަ ތަހުގީގުކޮއްދިނުމަށް ސަރުކާރަށް ގޮވާލަން.

    1
    3
  3. މުހައްމަދު

    އަނދިރިމީހުންނަށް އެއްވެސް އިރެއްގައި ނުފެންނާނެ

  4. ޚާޅޮ

    ޔަގީންވީ ބްރިޖް އެޅޭނެކަމަށް. އެމް.ޑީ.ޕީ ވެސް ފުރަތަމަ ބުނީ ތިހެން ނިމިދިޔަ 5 އަހަރު.

  5. އޮނީ

    އެމީހުން އަޅަނީ ހެލޭ ބްރިޖެކޭ. ބްރިޖްމަތިން ހެލެމުން ހެލެމުން ދާ ގޮތަށް ބްރިޖް ހަދަނީ.

  6. މީނަ

    އެހެންވީއިރު ކަޑުމެދުގައި ކޮޅަށްޖެހިފައި ހުރި ކޮހެކޭތަފާތެއްނެތެއްނޫން