މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ބޭނުންވާ މީހުންގެ ސޮއި ހޯއްދަވައިފިއެވެ.
މިއަދު އުމަރުގެ ރަސްމީ ފޭސްބުކް ޕޭޖްއިން ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައިވަނީ މިއަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ބޭނުންވާ ސޮއި ހޯއްދަވާފައިވާ ކަމަށާއި އަދި މި ސޮއި ހޯދުމަށް ހިލޭސާބަހަށް ހަރަކާތްތެރިވި ފަރާތްތަކަށާއި ސޮއި ކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. 2022 މީހުންނަށްވުރެ ގިނަ މީހުންގެ ސޮއި ހޯއްދަވާފައިވާއިރު އުމަރު ކުރެއްވި ޕޯސްޓްގައި ބުނެފައިވަނީ "މިހަފްތާގައި އަޅުގަނޑު ގޮތެއް ނިންމަވާނެ" ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް 4 ބޭފުޅަކު މިހާތަނަށް ޝަޢުޤުވެރިކަން ފާޅު ކޮށްފައިވާ އިރު، މިހާތަނަށް އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަންސްއަށް ނަން ހުށަހަޅާފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ. އުމަރު މީގެ ކުރިން "ވަގުތު" އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރި މަތި ލައްވާނީ އެންމެ ފަހު ވަގުތުގައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރުން ރިޔާސީ އިންތިޚާބަށް ކެންޕެއިން ކުރެއްވި ކަމުގައި ވީނަމަވެސް، އަމިއްލަ ގޮތުން ކުރިމަތި ލައްވާ ދެބޭފުޅުންގެ ފަރާތުން ކެންޕެއިން ނުކުރައްވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން އުމަރު ނަސީރުވެސް އޭނާގެ މެނިފެސްޓޯ ފޭސްބުކް ވީޑިއޯއެއް މެދުވެރިކޮށް އާއްމު ކުރައްވާފައިވާއިރު، މީގެ އިތުރުން އެއްވެސް ހަރަކާތެއް ކުރިޔަށް ދާ ކަމަށް އެނގިފައެއް ނުވެއެވެ.
ތީ ކަންނޭގެ ވޯޓް ދޭނެ އެންމެން
އަޅުގަނޑަށް ގަބޫލު ކުރެވެނީ އަދި މަޑުކޮށްލުމަށް މިޑް ޓާރމް އަށް ރެޑީވާން.. ހަމަ ޔަޤީނުންވެސް މިޑް ޓާރމް އަންނާނެކަން ޔަޤީން. ވަގުތު އެހާ ކަމަކު ނުދޭ.
2022 މީހުން ސޮއިކޮއްގެން އެމީހުން ވޯޓުދޭނެ ކަމައް އުމަރު ކުރިމަތިލާނަމަ ތިޔައީ މިގައުމުގަ ހުރި އެންމެބޮޑުމޮޔަ. އެހެންނާފަހެ މިއުޅެނީ 4 ޕާރޓީ އެކުވެގެންވެސް ކުރިމަތިލީމީހަކު ނުކިޔަވާ ހުރެގެން ނުހޮވޭނެކަން ކަށަވަރު ވެގެން
މިސޮރު އަނެއްހެން ވަރައް ރީތިދޯ
ބުމަރާ ކަލޭ ނުހޮވޭނެ
އަމައްޔާތް އުމަރު ކުރިމައްޗެއްނުލާނެ! ނުވެސް ކެރޭނެ ކުރިމަތިލާކަށް ބޮޑު ފިނޑިއެއްތީ!
ޢުމަރަށް މަރުޙަބާ! އެއްކަލަ ހުދު ވަލާއި ހަރުގަނޑުވެސް އިންތިޚާބަށް ހޯދާފައި ބަހައްޓާތި!
އުމަރު ކުރިމަތިލާކަށް ކުރާކަމެއްނޫން ތީ. އުމަރު ކުރާ ވިޔަފާރިއެއް ތީ. އެންމެންނަށްވެސް އެނގޭ ޔާމީނަށް އަދި އިބޫއަށް ދޭން ބޭނުންނުވާ ބއިވަރު ތިބޭނެ، އެ އެންމެން އުމަރަށް ލައިފިނަމަ އިބޫއަށް ގެއްލުންވަނީ. އެހެންވެ އިދިކޮޅުން ބޮޑުއަގު ދީފަ އުމަރު ގޭގަ ބަހައްޓާނެ ކަމަށް. ޢެހެންވެސްވެދާނެ ހަމަ އެބުނީތާ މިހަފްތާ ގޮތެއް ނިންމާނަމޭ
ކޮބާ މީހަ ބުރި؟؟ އެވެސް އަމިއްލަ ގޮތުން ވާދަކުރާނަމޭ ކިޔައިގެން އުޅުނު ސޮރެއް..މީހެއް ހަމަ އެއް ނުވާނެ އެއީ މީހެއްގެ އެއްބުރި..ޗިޕު ވެސް މަދުވާނެ. ދޮގާ މަކަރާ ޔަހޫދީކަމުގެ އެއްވަނަ
އުމަރާ ހާދަ ދުވަހެކޭ ތިނެގީ ސޮއި ހަމަކުރަން، އެއްދުވަހުން %50+1 ވޯޓު މަދުވެގެން ހަމަކުރެވޭނެހެން ހީވޭތަ؟
ވާދަވެރި މީހަކު ބޭނުން
ފަހެއް އިންސައްތަ ވެސް ކަލެއަށް ނުލިބޭނެ އުމަރާ، ބޭކަރު ކަމެއްކުރާނެ ކަމެއްނެތް ކަލެއަށް އެންމެ ރަގަޅުވާނީ އަދިވެސް ރައީސް ޔާމީން އަރިހު ދިއުން