ރާއްޖޭގައި 16،000 އަށް ވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯހައުސް ދިނުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި މި އަހަރު ފްލެޓާއި ގޯތިތައް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވި ގޮތުގައި ގޯއްޗާއި ފްލެޓު ދޭނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މާލެ ދާއިރާގެ މެމްބަރުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ މުހިންމު ކަމަކަށްވެފައި އޮތީ މާލޭގައި "ނޭވާލެވޭނެ" ގޮތެއް ކަމަށެވެ. ބޯހިޔާވަހިކަން ލިބި، ޓްރެފިކަށް ބަދަލު އައިސް، ކެމިކަލް ގުދަންތަކާއި ގަރާޖުތައް މާލެ އިން ބޭރު ކުރަން ރައްޔިތުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އޭގެ ފަހުގައި، ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިގެން ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި މާލެ އަށް ހާއްސަކޮށް 7،000 އަށް ވުރެ ގިނަ ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން. ވޯޓަކާ މިކަމަކާ ގުޅުމެއް ނެތް، މި އަހަރުގެ މެދަށް އަންނައިރުގައި އަޅުގަނޑުވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގޯތި ކަނޑައި ދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް މީގެކުރިން ބޭއްވި ޖަލްސާއެއްގައި ވަނީ މާލެ ސަރަހައްދުގައި މި ސަރުކާރުން ފެށި ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމައި މި ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފެށޭވަރުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ސޯލިހް މިރޭ ވެސް ދެއްވާފައި ވަނީ އެ ޔަގީން ކަމެވެ.

8،782 ފްލެޓު އެބަ އަޅާ، ބައެއް ފްލެޓުތަކަށް މި އަހަރު ވަދެވޭނެ: ރައީސް

ރައީސް ވިދާޅުވީ ގޯތި ދިނުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށެވެ. އަދި އެކަން ވީހާވެސް ރަނގަޅަކަށް ކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވިއެވެ.

"މިހާރު ކުރަމުން އެ ދަނީ އިވެލުއޭޝަންގެ މަސައްކަތް. ވީހާވެސް ރަނގަޅަކަށް އެކަން ކުރާނަން ހާމަކަން ބޮޑު ގޮތެއްގައި. ގޯތި އަދި ފްލެޓަށް އެދިވަޑައިގެންފައި ތިބި ފަރާތްތަކަށް ފްލެޓު ވެސް އަޅުގަނޑުމެން ދޭނަން." ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

"މި ވޭތުވެދިޔަ ތަނުގައި ކޮން ސަރުކާރަކަށްތޯ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައި ފްލެޓް ހަވާލު ކުރެވުނީ؟ ނޯންނާނެ. ނަމަވެސް އިރާދަކުރެއްވިއްޔާ މި ސަރުކާރުން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ނިންމައި އެ ފްލެޓްތަކުގައި މާލޭގައި ފްލެޓަށް ބޭނުންވެފައި ތިބި ރައްޔިތުންނަށް ވަންނަން ފެށޭ ވަރު މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،"

ދަރުބާރުގޭގައި މިރޭ އޮތް ބައްދަލުވުން. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރައީސް ވަނީ ފްލެޓާއި ގޯތީގެ ވާހަކަ އެހެން ބޭފުޅަކު ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ދެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އެޕޯލޯ ހައުސިން މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އެޅުމަށް ހަމަ ޖެހިފައިވަނީ ކައުންސިލް ހައުސިން ޔުނިޓްގެ 120 ޔުނިޓާއި އެފޯޑަބަލުން ހައުސިން ޔުނިޓްގެ 220 ޔުނިޓާއި މިޑްރޭންޖުގެ 660 ޔުނިޓްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެޕޯލޯގެ އަމާޒަކީ އަންނަ މެއި މަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލު ކުރުމެވެ.

ރައީސް ސޯލިހް، ޒުވާނަކާ އެކުގައި ފޮޓޯއެއް ނަންގަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އޭގެއިތުރުން ވެސް ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހައުސިން މަޝްރޫއުތައް މާލެ ސަރަހައްދުގައި ކުރިއަށް އެބަދެއެވެ.

ރައީސް ވިދާޅުވީ މާލެ އަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރޭގައި ކެމިކަލް ގުދަންތައް ބަދަލު ކުރެވިފައިވާ އިރު، ގަރާޖުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިނީ ބަހުގެ ހިދުމަތް މާލޭގައި ދެމުން އަންނަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ލައްގަޅޭ

    ރައީސް ގެ ހެޔޮފުޅު ކަމޭ ހީވާ ކުދިންނައް ވަރައް ސަލާމް !!!!! ގޯތި ފްލެޓް އެއީ ދޭން ޖެހޭ އެއްޗެއް ވަރއްވެސް ރަގަޅު ކަމެއް އެކަމަކު ގޯތި ދިނަސް ފޮލެޓް ދިނަސް ޗޮކްލެޓް ދިނަސް ވޯޓް އެއް އިބޫ އަށް އަހުރެންނެއް ނުދޭނެ! ޝުކުރިއްޔާ ރައީސް

    54
    1
    • ކޮތަރުންގެ ރަސްގެފާނު

      މީ ކޮތަރު ކޮށީގެ އެންމެ މަތީ ކޯޓުން ނެރޭ ހުކުން މިހުކުން އިއްވަނީ ޖޫންމަހު މިހުކުމަށް އަމްލް ކުރުމަށް ހުރިހާ ކޮތަރުކޮށްޓުގަ އުޅޭ އެންމެނަށް އަންގަން މާލޭ މީހުންގެ ވޯޓްހޯދަން ބޮޑްލޯނެއްނަގާގެން ހިއްކާފަ އޮތް ބިމަކުން ހިލޭ މާލެމީހުނަށް ގޯތިދީފިއްޔާމުން ހުރިހާކޮތަރުކޮށީގެ ކުލި ދެއްކުން ނިމުމަކަށްއައީ އަހަރެމެން މިތަނަށްވަނީ ބޮޑެތި ލޯނުނަގާގެން ތަންހަދާގެން ހަދާންކުރާތި ދައްކަނެ ކުއްޔެއް ޖޫރިމަނާއެއްނޯންނަަނެ އެދުވަހުންފެށިގެން ހުރިހާ ކޮތަރުތަަކަަށް ފުލެޓްތަށް ހިލޭ ލިބުނީ ހައްހައް

      27
      2
      • ޚަން

        ހަމަ އެންމެ ސުވާލެއް….ކޮތަރުކޮށިން އެކަނި ތޯ ކުލި ނަގަނީ؟ ހިލޭ ވަކި ބަޔަކަށް ދިނުމާއި ދެކޮޅު!

  2. Anonymous

    ބައެއް މީހުންނަށް ހިޔާ ފުލެޓު ޔާމީނު އާއި މުއިއްޒު ދިނީ މޭޒު ދަށުން ބައިލައްކަ ރުފިޔާ އަތުލައިގެން. މަނިކުފާނު އެކަހަލަ ކަމެއް ކުރައްވާނަންތޯ؟

    6
    53
  3. ޑައެލޯގް

    އެއްވެސްް ރައީސެއް ނުހިންގާވަރަށް ބޯހިޔާވަހިކަން އިބޫކުރަނީ ކާޅުލިހާލިހެދީމަ ކޮވެލިބިސްއަޅާ އުސޫލުންނެވެ. ފޭސް 2 ހިއްކީޔާމީނެވެ. ގުޅީފަޅުހިއްކީ އަންނިއެވެ. މިދެތަނުން މާލޭމީހުނަށް ގޯތިދޭން އެއުޅެނީ ދެން ފްލެޓް އަޅަނީ ފޭސް 2ގައި އިބޫއަށް ކަޓްދީގެން ފޭސް2 އިން އަމިއްލަފަރާތްތަކުން އަޅާފްލެޓުންނެވެ. އެއީ ލަގްޒަރީ އެޕާޓްމެންޓެވެ. ޔާމީނު ހެދިގޮތަށް 5600 ރުފިޔާގެ ކުއްޔަކަށް ސޯސަލް ފްލެޓެއްނޭޅެއެވެ. އަދި އެބުނާތަންތަން ނުވެސްނިމެއެވެ. އަދި 16000 އެކިޔަނީ ގޯއްޗާއެކުއެވެ. މީހަކުހިއްކީމަ ދެނީއެވެ. މީހަކު އެއްކުރިފައިސާ ބަހާލާއުސޫލެވެ. އަމިއްލައަށް ފަންޑުހޯދައިގެން ކުރިކަމެއްނެތެވެ.

    48
  4. ޕޮގުބާ

    ދެންމިހާރު ކީކުރަން ދައްކާ ވާހަކައެއް ވޯޓަށް ކޮސްގޮވަނީ ބޭނުމެއް ނޫނޭ ދެވަނަ ދައުރެއް ދޭކަށް

    49
    1
  5. އިއްބެ

    ހަމަ ހިނިއަންނަނީ ކެކެކެކެކެ

    36
  6. އހ

    16000 ފުލެޓުގެ ވާހަކަ ތީ ހަމަ ގައިމުވެސް ފެންނަން ނެތް އެއްޗެއްގެ ވާހަކަތީ

    36
    1
  7. އއ

    ރާއްޖެ ދުއް އެއްމެކޮރެޕްޓް އެއްމެ ކަންނެތް އިންޑިއާއައް ރާއްޖެ ވިއްކާލި މީހާ ރައީސް ސާލިހުއަކީ .!!!! މީނަގެ ނުބައި ކަމުން މިގައުމު ކޮރެޕްޝަންގެ އަޅަކައްވެއްޖެ. މީނަ ދުރައްލެވޭތޯ ބަލަން އެބަޖެހޭ.

    45
  8. ނަޒީ

    މިއަހަރު ދިނަސް ނުދިނަސް ރައީސްކަން ދެން ހަނދާންނައްތާލާ! 4 އަހަރު ދިޔައިރު މިހަރު ތެޅެނީ ކޮންމެސްކަމެއް އޮތީމާތާ؟

    23
  9. ނަދީމު

    ރައްޔިތުންެ ކުރިމަތީގައި ހުރެގެންވެސް ހަދަނީ ބޮޑެތި ދޮގު!ފަސްއަހަރު ފުރެމުންދާއިރު އެޅިފުލެޓުއަކީ ކޮބައިތޯ!ވޯޓު ހޯދަން މީހުންގެ ކައިރިއަށް ގޮސްހުރެ މިބުނަނީ މިއީ ވޯޓު ހޯދަން ދައްކާ ވާހަކައެއްނޫނޭ! މިވަރުގެ ބޮޑު ދޮގުވެރިއަކު ނުދެކެން! ކިޔޭ އެއްޗެއްވެސް ނޭގޭ ދެންގައު ހިންގާނީ ކިހިނެއްބާ!ރައްޔިތުންނޭވޭ މީނަ ދައްކާހާ ވާހަކަ ގަބޫލުކުރުމުގެ ކުރިން މީނަގެމާޟިއަށް ވިސްނާ!

    20
  10. Anonymous

    ދެން މިއޮތް ހުރިހާ ދުވަހު ރިއެކްޓް ނުކޮށް މިހާރު ކުއްލިއަކަށް ތެޅިފޮޅި ގަތީ ކީއްވެގެންނޯ.

    24
  11. ނާދިރާތަ

    ތީ ވޯޓް ހޯދަން ދައްކާ ވާހަކަ. ދޮގުވެރި މުނާފިޤެއް

    21
  12. އިބްރާހީމް

    އަބުދުﷲ ޝާހިދު ވަރުގެ ޚާއިނަކު ނާއިބަކަށް ނެގީމަ ދެން ސަލާން.

    21
  13. ކޮތަރު ކޮށި ފޭސް2

    މީ ކޮތަރު ކޮށި ޖަމިއްޔާގެ ނޯޓިސްއެއް މާލޭ މީހުންގެ ވޯޓްހޯދަން ބޮޑްލޯނެއްނަގާގެން ހިއްކާފަ އޮތް ބިމަކުން ހިލޭ މާލެމީހުނަށް ގޯތިދީފިއްޔާމުން ހުރިހާކޮތަރުކޮށީގެ ކުލި ދެއްކުން ނިމުމަކަށްއައީ އަހަރެމެން މިތަނަށްވަނީ ބޮޑެތި ލޯނުނަގާގެން ތަންހަދާގެން ހަދާންކުރާތި ދައްކަނެ ކުއްޔެއް ޖޫރިމަނާއެއްނޯންނަަނެ އެދުވަހުންފެށިގެން ހުރިހާ ކޮތަރުތަަކަަށް ފުލެޓްތަށް ހިލޭ ލިބުނީ ހައްހައް

    14
    1
  14. ދެން ގޯތި ދިނަސް ކަލޯއަށް ވޯޓު ނުދޭނެ މީހާ

    ކަލޯ ގޯއްޗާ ފުލެޓު ދޭންޖެހޭކަން އެގުނީ ދައުރު ނިމެންކައިރިވީމަތަ. ހަޔާތުން ގެއްލިގެން މިދިޔައީ ބޭކާރު 5 އަހަރު. ވަރަށް ސާފު ދިވެހި ބަހުން މިބުނަނީ ކަލޯއަށް މަށެއް ވޯޓެއް ނުދޭނަމެވެ ރަށުމީހުން ބޮލުގައި ކަލޯ 2023 ހުއްޓަސް އަހަރުމެން ބޮލުގައި ހުރީ ކަލޯ 2023 އައުޓް. ހަމަ ހަގީގަތުގަވެސް ކަލޯ ތިއީ ވަރަށް ހަޔާތްކުޑަ ސުލޯ އެއް

    15
  15. އިސްޢާފް ސަލީމް

    ރައީސް ޔާމީންގެ ޒަޢާމަތުގައި ފަށާފަ ނުވަތަ ފަންޑު ހަމަޖެހިފައިވާ ކަމެއް ނޫނީ ހަމަ ހަރާން އެންމެ ފްލެޓެއްވެސް ! ޞާލިޙްގެ ސަރުކަރުން ފަންޑުކޮށް ބިންގާއެޅި ފްލެޓެއް އަދި ނެތް! އެންމެ ރީތި މިސާލަކަށް މިސޮރުމެން އެކިޔާ ވިނަރެސް!!! ވޯޓަށް ކޮސް ގޮވިޔަސް ބޮޑުވަރު! ޕްރައިމެރީވެސް ނުލިބޭނެ! ރައީސްކަންވެސް ދެން ނުލިބޭނެ!

    16
  16. ބޯގޯސްމީހެއް

    ގޯއްޗެއް ވިއްޔާ ހިލޭ !!!!!!!!! ފްލެޓެއް ވިއްޔާ ކުއްޔަށް !!!!!!!!!!!!!!!!!! އެކަމަކު ބިމުގެ އަގޯ ބޮޑިވެސް ......... އިންސާފު ކޯދުލާ އަރަނީ....

    14
    1
  17. ފިޔަވަޅު

    ކޮސްވާހަކަ ދައްކާނެ ކަމެއްނެއް . މާލޭގަ އުޅޭތާ 25 އަހަރު ފަހުން ލިބުނު ފްލެޓް ގަނޑު ޖަހައިގަނެފަ.

    14
  18. ހުވަދޫމީހާ

    ގޯއްޗޭ ފުލެޓޭކިޔައިގެން ހިންނަވަރު މީހުން ބޮލަށް ޗިޕު ޖެހުނަސް ހަވަރު ތިނަދޫ މީހުން ބޮލަށް ޗިޕެއް ނުޖެހޭނެ

    16
  19. އަންވަރު

    އައްޑޫސިޓީ އިން ފޭރިގަތް ގޯތި ތަކުގެ މަތީން އެއްވެސް ވަރަކަށް ހަނދާން އެބަހުރިބާ؟ އެމް.ޑީ.ޕީ އަށް ނިސްބަތްވާ 39 ޢާއިލާގެ މީހުން (ގާތްގަނޑަކަށް 2000 އެއްހާ މީހުން) މިތިބީ ތިމީހާއަށް ވޯޓް ދޭގޮތަކަށް ނޫން ހަމަ ބުނެލީ، ގޯތިތައް ފަރިއްކުޅުއްވައިގެން ހުންނަވާ

    12
  20. ހުވަދޫ އަލިބެއްޔާ

    ވިނަރެސް ލިބިފަ ތިބި މީހުންނަށް ޑައުންޕޭމަންޓް ދައްކަން ޕެންޝަން ފަންޑު ބޭނުން ކުރެވޭ ގޮތް ހަދާދިނުން އެދެން..

    7
    2
  21. Anonymous

    ރައްޔިތުން ވިސްނާގެން ތިބޭތި މަކަރުވެރިބައެއް. ތި މީހުން ބުނާބަސް ގަބޫލް ކުރުމުން ޖެހިފައޮތް ނިކަމެތި ހާލު މިފެންނަނީ. ޓެކްސް ބޮޑު ކޮއްފި ، ތަކެތީގެ އަގު އަތްނުފޯރާފަށުގަ، މަރާމޭރީއާ މީހުން މެރުން އާއްމު، މުޅިގައުމުގެ ހަޒާނާއަށް ވީގޮތެއް ނޭގޭ ، ގައުމު ވަކިބަޔަކަށް ވިއްކާ ހުސްކޮއްފި ، ބަސްބުނުމުގެ ހައްގު މުށުތެރެޔަށް ލައިފި، އަނިޔާކުރުން ހައްދުފަހަނަޅައި ގޮސްފި. ރާއްޖޭގެ ރަށްތައް ވިއްކާ ހުސްކުރަނީ. އެބަޔަކު ޖެހުނު ތަނަކުން ކައި ހުސްކުރަނީ.

    14
  22. ާދަލޭކް

    މިހާތަނަށް އެންމެ މުއްސަދި މަކަރުވެރި ކެބިނެޓެއް އުފެއްދެވި ރައަިސަކު ނުހުންނާނެ މިނޫނީ މަކަރާހީލަތުން މިދުނިއޭގެ މުއްސަދި ކަމަށް ލޯބިކުރަންޏާ މި ރައީސައް ނޫނީ ވޯޓް ދީގެން ނުވާނެ އޯގާތެރި ހިތްތިރި ކަރުނައިން ފޯވެފަހުންނެވި ރައީސެއް.

    8
    1
  23. ރިއްފަތު ފަންކާ

    ވޯޓު ހޯދަން ދައްކާ ދަޅަތި.ކޮބާ އަޅަން ބުނި ބުރިޖު‘ކިބާ އެޅި ފުލެޓް‘ވިނަރެސް ފުލެޓްތަކަށް ހަދާލިގޮތްބަލާބަލަ.އެދި 5އަހަރު ދޭންވީތަ؟ސޮރީ އިބޫ

    12
    1
  24. ޑރ ސާޖީ

    ތަކެތީގެ އަގު އަތް ނުފޯރާފަށަށް.ޖީއެސްޓީ %8 .އަދިވެސް ދައުރެއް ދޭން މިކިޔަނި.ވާވާ ސޮރީ

    12
  25. ލަވް

    ގޯތި ދިނަސް ވޯޓު ނުދޭނަން މަވެސް ކުޅެލާނަން މިފަހަރު

    13
  26. 😡😡😡

    ޖަސްޓް ށަޓް އަޕް ޕްލީސް

  27. ސުމެ

    އެންމެ ފުރަތަމަވެސް ގޯތިދޭން ޖެހޭނީ ދަފްތަރުގައި ތިބި ޒުވާނުންނަށް މީކުރަން އިބޫއަށް ޖެހޭ ވަރަށް މުޙިއްމު ކަމެއް އިބޫ މިކަން ކުރާތި މަގޭ އާއިލާ ވޯޓް އިބޫއަށް

  28. Anonymous

    މީގެކުރިން ކޮންސަރުކާރެއްގައިތޯ އެރައީސެއްގެ ދައުރުގައި ފްލެޓާއި ގޯތިތައް ރައްޔިތުންނަށް ހަވާލުކުރެވިފައިވަނީ ރ އިބޫސާލިހު ސުވާލުކުރާއިރު މީގެކުރިން އެމަނިކުފާނު ހުންނެވީ މިގައުމުގައިބާއޭ ހިތައްއަރާ؟؟ އެއްމެފުރަތަމަ ރ.މައުމޫނު ދައުރުގަ މާލޭގައިވެސް ފްލެޓްއަޅައި ރައްޔިތުންނަށް މާލެއިންވެސް ފްލެޓާއި ގޯތިތައް ދެއްވި އަދި ހުޅުމާލޭ ހިއްކައި ފްލެޓާއި ރޯހައުސްއާއި ގޯތި ދެއްވި އަދިވިލިމާލެއިން ގޯތި ދެއްވި އަދިވެސް މީހުން ދިރިއުޅެމުދާތަން ފެންނަންއެހެރީ، ރ ނަޝީދު ދައުރުގަވެސް މާލެއާއި ހުޅުމާލޭގައި އެޅި ފްލެޓްތަށް އެމަނިކުފާނު ދައުރުހަމަނުކޮށް އިސްތިއުފާދެއްވިޔަސް އެދައުރުގައި ބައެެއ ފްލެޓްތައް ޙަވާލުކުރެވުނު. ވީއިރު ރ އިބޫބެއްޔާ ރައްޔިތުން އޮޅުވާލަން ނުއުޅުއްވާ، އެއްމެ ކަޑަކޮށް ދިޔައީ ހަމަ މަނިކުފާނުގެ ދައުރޭ ބުނެވޭނީ👌

  29. ގަލަން

    ކޮސްނުގޮވާތި ކިޔޭ ނުކިޔޭ އެއްޗެއް އިނގޭބާ ދެވަނަ ދައުރެއް ދޭކައް ނުފެނޭ.

  30. ޢަނީ

    ރަން އިލޮށިން ކަދުރު ދިނަސް ނެތް ކަލެޔައް ވޯޓެއް

  31. ކަލޯ

    7000 ފުލެޓަ ހެދިގޮ ހަދާން އެބަހުރިދޯ ފޭރިގެން ބައިކޮޅަވައްގާލީ...

  32. ސަންސާރު

    މިއީ އަޅުލަދެެްވެސް ގަންނަބަޔަކުނޫންތާ 2008 ވަނައަހަރުންފެށިގެން މާލޭގެ ރައްޔިތުންނައް ގޯތިދޭން ވައުދުވަމުން ވެރިކަމުގެދަހިވެތިކަމުގައި ތެޅިފޮޅި ހަދަމުން ވެރިކަން ކުރަމުން އަންނަބައެއް ވެރިކަމުގެ ފަސް އަހަރުނިމިގެން އަނެއްފަސް އަހަރައް ވޯޓް ކެންޕޭނައް އެއްކަލަ މާލޭގެ ރައްޔިތުންނައްސަލާންޖަހަން ވޯޓްހޯދަން މިހާރުވެސް މާލޭގެ ގޯތިހައްގުވާ އެންމެންނައް ގޯތިދެވޭވަރައް ހުޅުމާލޭގަ ޖާގަ އެބައޮތް އެކަމަކުވިއްކާ ފުލެޓްގެ އަގުވެއްޓި ފުލެޓަކައްވަންނާނެމީހަކު ނެތިދާނެތީ ގޯތި ނުދޭން ވަރުދައްކާލާފަތިބިބަޔަކައް ދެން ކޮން ގޯއް ޗެއްތޯދެވޭނީ ގަރާރަކުން ނުވަތުބުރަކުން ކުންފުން ޏެއްހަދައިގެން އުމަރުޒާހިރު އެންމެ 10 ހާސްރުފި ޔާއިންފެއްޓިޕުރޮގުރާމެއްގެ ދަށުންހިއްކިބިމެއް ދަމައި ގެނެގެން ރައްޔިތުން އަޅުވެތިކުރަން ފުލެޓް އަޅައިގެންބޮޑުއަގުގައި ސަހަރޯ މިޔޮއް ގައުމެއް

  33. އެދުރު

    ވެރިއަކު މޮޔަ ގޮވިއަސް، ދޮގު ހެދިޔަސް ހަބަރަކަށް ވާނެ ދޯ

  34. ހުޅުމާ

    2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގަވެސް ބުނި އެއަހަރު ޖޫންގެ ކުރިޔަށް ދޭނެ ވާހަކަ

  35. ޝާހިދު

    ގޯތި ފޭރޭ މީހަކު، ގޯތި ދޭނަމޭ ބުނީމަ އަހަރުމެން އެވާހަކަ ގަބޫލު ކުރަންޖެހޭތަ؟

    10
    1
    • ަ

      ސުބުޙާނަﷲ. ﷲ އަޅަމެންނަށް ވިސްނާ ފިކުރުކުރުމަށްޓަކައި ވަނީ ސިކުނޑިއެއް ލައްވަވާފަ. މި ޤައުމުގައި ކަން މި ހިގާ ގޮތާއި މެދު ފުންކޮށް ވިސްނާފަ ނޫނީ އެއްވެސް މީހަކަށް ވޯ ޓު ނުދެއްވާތި!ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަން. މި ޤައުމަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިއްމާ އިބޫއަށް ވޯޓު ދޭ ކޮންމެ ރައްޔިތަކު ނަންގަވަންޖެހޭނެ.

  36. ހެހެހ

    މި 4 އަހަރު އަލަށްތަ ފްލެޓްވާހަކަ ތި ދެއްކީ ، ފްލެޓް ދިނިންތަ އޭރު ، މިހާރުވެސް ހަމަ އެހެން ތިވަނީ ، ދިވެހިންނަކީ ޤައުމަށްހެޔޮއެދޭ ތެދުވިސްނާ ބައެއްނަމަ ށ.ކޮމަންޑޫ ބްރިޖަށްވީގޮތް ބަލާގެން މި މަކަރުވެރިންނަށް ފުރުޞަތެއް ނުދޭނެ

  37. އޭކު ސަވާލް

    އަނގައިން ހިފަހައްޓާނަމޭ ހީކުރަނީތަ؟

  38. ހެހެ...

    ހަމަ ވޯޓު ހޯދަން އަޅުވާ އަނދުނެއް ތިޔަ. ނޯ ވޯޓް ފޯރ ސޯލިހް ކުރޮކޮޑައިލް ޑެޑީ.

  39. ވިސްނާ

    ވޯޓްހޯދަންނޫންނަމަ ރަށްޔިތުން ހައްދަންތޯ ހެއްދޭނެބަޔަކު ތިބޭނެނަމަވެސް ރަގަޅަށް ވިސްނާބޭފުޅުން ނުހެއްދޭނެ މިހެންބުނަންޖެހުނީ މީގެ އަހަރުތަކެއްކުރިންވެސް ތިފަދަ
    އަޑުތަކެއްއިވުނު ނަމަވެސް 5 އަހަރުގެދިގުމުއްދަތުގައިކަންހިނގާފައިވަނީދިމާއިދިކޮޅަށްގައުމުދަރާ ރަށްޔިތުންބަނޑަށްޖެހި ރަށްޔިތުންގެފައިސާއަށްޚިޔާނާތްތެރިވުން ގައުމު އަޅުވެތިކަމުގެ ދިމާއަށް މިސްރާބުޖެހުން ޓެކުސްބޮޑުކޮށް ރަށްޔިތުން ފެލާލުންބޮޑަށްހިނގީ ވީމާ، ގައުމުގެ ލޮބުވެތި ރަށްޔިތުން ރަގަޅަށްވިސްނަވާ ތަރަށްޤީގެބާނީ ހަނދުފުޅުބަހަށްޓަވާ އަދިވިސްނަވާ
    ހެއްލުމަކީ ގެއްލުމެއްކަން

  40. ެޖޮނަތަން

    ވޯޓް ހޯދަން ދައްކާ ވާހަކަ.

  41. ޅަހުއްތު

    އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިގެން ސަރުކާރުން ކުރިއަށް ގެންދަނީ ބުނާއިރު ނިމޭ ދުވަހެއްނާދޭ.ބުރިޖްވެސް އެބަ އަޅާތާ.ހެހެހެ. ވޯޓަށް ޖަހާ ޗައްކަރު..