ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅައި އެންމެ ގިނަ މީހުން ހައްޔަރު ކުރި ރައީސް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް އެހެން އެއްވެސް ވެރިޔަކަށް ނުލިބުނު ފުރުސަތު ލިބުނު ކަމަށެވެ. އަދި ގައުމުގެ އިސްލާހީ މަސައްކަތަށް އެންމެ ބޮޑަށް ފާޅުގައި ހުރެސް އެޅި ރައީސް އަކީ ވެސް ރައީސް ސޯލިހް ކަމަށް ޖަމީލް ވިދާޅުވިއެވެ.

" 2008 ގެ ގާނޫނު އަސާސީ އާއި ހިލާފަށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ގަރާރު ނެރެ މިހާތަނަށް އެންމެ ގިނަ ރައްޔިތުން ހައްޔަރު ކުރި ރައީސް." ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ޕްރައިމަރީގެ ފޯރި ގަދަވަމުން އަންނައިރު ރައީސް ސޯލިހް އަށް ތާއީދު ކުރާ ފަރާތްތަކުންނާއި ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ވެސް އަންނަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. އަދި ނަޝީދާއި ރައީސް ސޯލިހް ވެސް ގެންދަވަނީ އެއް ބޭފުޅަކު، އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ދެ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރިއިރު، ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ ނަޝީދަށެވެ. އަދި ދޭއް ލިބިވަޑައިގަތީ ރައީސް ސޯލިހަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދެ ބޭފުޅުން ވެސް މިހާރު ވަނީ ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ެެދސފސ

    ޔޫ ގޮޓާ ބީ ކިޑިން މޭން!!!! ޖަމީލް ޔޫ ރިއަލީ ސަކްސް

  2. ސިމާ

    މަނިކުފާނުގެ އަނގާގައި އޮންނަނީ ކިތަށް ދޫފުޅުތޯ؟

  3. ނަމަސްތޭ

    ހަހަ ޖޯކުވެސް ކިއަންފެށީތަ . . މި އަޅެކާކުތަދެން . . އެތާޖެހިފަ ،މިތާޖެހިފަ ، ،ތަނެއްގަ ލައްވާނުލާ ރަށްމެދުވެފަހުރި ބޮނޑިބަޠް ތެއްޔެއް ، ، ޕަކާސް