ޖަނަވަރީ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް "ސަންގު" ޓީވީން ބަހުސަކަށް ދައުވަތު ދީފިއެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ވަޙީދު (އަސްވާޑު) "ވަގުތު" އަށް މައުލޫމަތު ދެމުން ވިދާޅުވީ ސަންގު ޓީވީން ދެ ކެނޑިޑޭޓުންނަށްވެސް ބަހުސަަށް ދައުވަތު ދީފައިވާ ކަމަށެވެ.

އެ ސިޓީގައި "ސަންގުން" ބުނެފައި ވަނީ މި އިންތޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިހާބުކަމަށްވާތީ، ވާދަކުރައްވާ ކެނޑިޑޭޓުން ޕޮލިސީ ފެންވަރެއްގައި އަދި ސިޔާސީ ނަޒަރިއްޔާތުން ކެނޑިޑޭޓުން ކަންކަމާމެދު ދެކޭދެކުން ސާފުވުން އެއީ ވޯޓު ދޭ މީހުންނަށް މުހިއްމު ކަމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ކެނޑިޑޭޓުންގެ ހާޒިރުގައި ބަހުސެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ޑިމޮކްރެޓިކް ބޮޑެތި ޤައުމުތަކުގައިވެސް އަމަލުކުރާ ގޮތްކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ސަންގު ބަހުސަކީ އާންމުންގެ އިތުބާރު ލިބިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގައި ރާއްޖޭގެ އެންމެ މަޤުބޫލު ކަރަންޓު އެފެއާޒް ޕްރޮގުރާމުގެ އެވޯޑު ލިބިފައިވާ ޕްރޮގުރާމް ކަން ވެސް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން ކެނޑިޑޭޓުންގެ ބަހުސް ކުރިއަށްގެންދާނީ ސަންގު ބަހުސްގެ ޕްލެޓްފޯމުގައި ކަމަށްވެސް އެ ސިޓީގައި ފާހަގަކުރިއެވެ.

އެ ބަހުސް ބާއްވާނީ ދެ ކެނޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު ދީގެންކަމަށްވެސް ސަންގު ޓީވީން ބުނެފައިވެއެވެ. އަދި ބަހުސް ބާއްވާނީ ދެ ކެނޑިޑޭޓުންނަށް ފަސޭހަ އެއްބަސްވެވޭ ފަސޭހަ ތާރީޚެއްގައި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ބަހުސްގައި ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން ކެނޑިޑޭޓުން ދެކެވަޑައިގަންނަވާ ގޮތެއް މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އަންގަވަން ސަންގުން ވަނީ އެދިފައެވެ.

ސަންގު ބަހުސްގައި ބައިވެރިވުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރައީސް ސޯލިހް ވެސް އަދި ނަޝީދު ވެސް ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.

ސަންގު ޓީވީން ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރި މެންބަރު އިމްތިޔާޒް ފަހްމީ އާއި މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައިވެރިކޮށްގެން ވެސް ފޯރިގަދަ ބަހުސެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޭކާރު ފެކްޝަން

    ނުކެރޭނެ. ޑިމޮކްރެސީގެ އައްޕާއިންނައް ވެގެން އުޅޭ ދެމީހުނަށް ލާހިކެއް ނޫން ތިކަން ކުރާކަށް.

    13
  2. ރިއްފަތު ފަންކާ

    އިބޫ އަށް ކެރޭނެބާ؟

    11
    2
    • Anonymous

      ނޭނގެ

  3. ގަމާރު

    ސޯލިހަކަށް ނަޝިދާއި އެކު ބަހުސެއްގައި ބައިވެރިވެ ވާދަކުރާކަށް އެއްބަހެއް ނުވާނެއެވެ. ސަބަބަކީ ސޯލިހަށް ކޮން ނަމެއްތޯ މީހަކު ސުވާލުކުރިއަސް އެއްޗެއް ބަލައިގެންނޫނީ ޖަވާބު ދޭން އުދަގޫ މީހެކެވެ. ސޯލިހް ތިޔަ ބަހުސަށް އެއްބަސްވާނީ ހޭނަތްތާލައިގެންނެވެ. ރިޔާސީ ބަހުސުގައި ރައީސް ޔާމީނާއެކު ބައިވެރިވުމަށް ރާއްޖޭގެ މީޑިޔާތަކުންދިން ދައުވަތު ސޯލިހްވަނީ ބޮއިކަޑްކޮށްފައެވެ، މިގައުމުގައި މިހާރު ވެރިކަން ކުރަން ހުރިމީހާއަކީ އެހާ ގަމާރުމީހެކެވެ. ތިޔަ ބޭފުޅުންނަށް މީނާގެ ގަމާރުކަން ބޮޑަށް އެގޭނީ މިފަހުން އެމްޑީޕީގެ ޕްރައިމަރީގައި މީނާގެ ނެތްފެންވަރުގައި ވާހަކަ ދައްކަން ހަދައިގެން މީހާގެ މޫނަށާއި އަގަޔަށް އަދި އަޑަށް އައި ބޮޑެތި ބަދަލުތައް އެހެރީ ފެންނާށެވެ. ބޭނުންވާ ވާހަކަ ނުބުނެވިގެން ކުރެވޭ ކަމަކީ އަގަ މާމިނަށް ހުޅުވުމެވެ.

    14
    1
  4. ދިސްވޭ

    ކެނެރީގެ ނަޝީދު ވެރިކަމަށް އައިސް ކޮޕީ ޕޭސްޓް ކުރާ އުސޫލުން ރައްޔިތުން ފެލާލާ ރައްޔިތުން އަތުން ޓެކްސް ނަގައިގެން ސަރުކާރު ހިންގަން އޭނާ ދަސް ކުރިނަމަވެސް އިގްތިސާދީ ސައެންސް ނުބުނެއޭ ރައްޔިތުން އަތުން ޓެކްސް ނަގައިގެން ސަރުކާރު ހިންގުމަކީ އެއީ ޗޮއިސް ކަމަށް އެއަށް ވުރެން ރަނގަޅު އިގްތިސާދީ މޮޑެލް އެބަހުއްޓޭ ވިން ވިން ސިޗުއޭޝަން އަކުން އެކަން ކުރެވެން އެބަހުއްޓޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ބިންތައް ވިއްކައިގެން އެކަން ކުރެވެން އެބަހުއްޓޭ އެއިރު ކެތްތެރިކަން ކުރިއަށް ނެރެގެން ކެނެރީގެ ނަޝީދު ހުުޅުމާލޭ 2 ހިއްކާ އެތަނުން ބިންތައް ވިއްކައިގެން ދައުލަތަށް ފައިސާ ހޯދައިގެން އެނބޫދޫ ފަޅު ހިއްކާ އެތަނުން ގޯތި ވިއްކައިގެން އެކަން ކުރި ނަމަ މިއަދު އެއްވެސް ޓެކްސް އެއް ރާަެއްޖޭގެ ރައްޔިތުން އަތުން ނަގަން ނުޖެހޭނެއޭ އެއީއޭ ބިއުޓިފުލް މައިންޑުން ކަން ކުރާ ގޮތަކީ...

    7
    1
  5. ޗާބޫކުން

    މިއުޒިކް މިއުޒިކް މިއުޒިކް އެމްޑީޕީ ޕްރައިމަރީ ގައި އަބަދުވެސް އެމެން ބުނަނީ މުސްކުޅިން ނަށް ފައިސާ ފޮއްޗެއް ދިއްކޮށްފީމޭ އެމެން އެގޮތަށް ދިއްކޮށްލާ ފައިސާ ފޮތި ތައް ހަނޑޫ ހުސްކުރި ބަސްތާ އަކަށް އަޅައިގެން ފިހާރަ އަކަށް ދިއުމުން ލިބެނީ އެންމެ ކިރު ޕެކެޓެކޭ އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ 1 ރުފިޔާ އަށް ލިބެން ހުރި ކިރު ޕެކެޓް ލިބެނީ މިހާރު 60 ރުފިޔާ އަށޭ މީ ރައްޔިތުންގެ އާމްދަނީ ގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދަ އަށް ތަޅާލީމާ ރައްިޔތުން ރޯނާވެ ހަފުސްވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

    8
    1
    • Anonymous

      އިންޑިޔާ އައުޓް
      ޢިންޑިޔަން ބޮލީވުޑް އައުޓް

  6. ޙަފޯ

    ގަރުނުގެ އެންމެ ބޮޑު ޖޯކް. ޢެމްޑީޕީގެ ވެރިކަމެއް އަނެއްކާވެސް ގެނައުމުގެ މަކަރުވެރި ޑްރާމާ މި ދެ "ކްރައިމް ޕާރޓްނާސް" މިކްޅެނީ. ޜައްޔިތުން މި ރީނދޫ ބައިގަނޑަށް ނޫނެކޭ ބުނަން ޖެހޭ.

    15
    1
  7. ޙުތރ

    އިނގިރޭސި ބަހުން ޖަވާބުދޭ ގޮތަށް 2 ތިން ސުވާލު ކޮށްލާތި؟

    14
    1
  8. ނައިފް

    އެމްޑީޕީގެ ޕްރައިމަރީ ކެނެރީގެ ނަޝީދަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ހީކޮށޭ ރައީސް އިބޫ ރައީސް އޮފީހުން ލިޔުނު ހުކުމަކުން ރައީސް ޔާމީން ޖަލަށް ގަޅާލީ ރައީސް އިބޫ ހީކުރީ ރައީސް ޔާމީން ޖަލަށް ގަޅާލުމުން އެމްޑީޕީ މެމްބަރުންގެ ހިތް ތަކުން ރައީސް އިބޫ އަށް ވިން ވާނޭ ކަމަށޭ އެކަން އެގޮތަށް ނުވާނެއޭ ބާރު ނުފޯރުވޭ ފަރާތެއް ވެސް ވެއޭ އެންމެން ވެސް ދަނެއޭ ރައީސް ޔާމީނަށް ކޮށްގެން އުޅޭ ހުކުމަކީ އެއީ އިންސާފުގެ ޒައްރެއްގެ މިންވަރު ވެސް ނުހިމެނޭ ހުކުމެކޭ މީ ސީދާ ރައްޔިތުންނާއި އަދި އިންސާފުގެ ހިތުގައި ވަޅި އަޅާ ކަނޑާލުން ފަދަ ކަމެކޭ މީގެ ހިތި ރަހަ ދައްކުވާނެއޭ ރައީސް އިބޫ އަށް މިފަހަރު ރިޔާސީ ޕްރައިމަރީގައި ދައްކުވާނެއޭ ދައްކުވާނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ ނައިފް ކަޓްސް ލައިކް އަ ނައިފް ހައު ވިލް އައި އެވަރ ހީލް އައި އޭމް ސޯ ޑީޕްލީ ވޫންޑެޑް ހައު ވިލް އައި އެވަރ ހީލް އައި އޭމް ސޯ ޑީޕްލީ ވޫންޑެޑް...

  9. 💯

    ކުރީފަހަރުވެސް ފިލީ މިފަހަރުވެސް ފިލާނީ ސޯލިހު އަގަ ގަޅިޖެހުން ނޫންކަމެއްނުވާނެ

    12