ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރުން ނެވެ. އަދި ނުފެންނަކަމަށް 36 މެމްބަރަކު ވޯޓު ދެއްވި އެވެ.

ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް މިއަދު ވިދާޅުވީ ތިލަފުއްޓަކީ ދިވެހި ދައުލަތުން ހަރަދުކޮށްގެން ދިވެހި ސިނާއަތްތަކަށް ހާއްސަކޮށްފައިވާ ރަށެއް ކަމަށެވެ.

އަދި ބިމުގެ ދަތިކަން މިހާރުވެސް ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ކަމަށާއި އަދި އެކަން އެގޮތަށް އޮވެ 99 އަހަރަށް ބީލަމުގެ އުސޫލުން ތިލަފުށިން 99 އަހަރަށް ބިދޭސީންނަށް ބިން ކުއްޔަށް ދޫކުރުމުން އޭގެ އަސަރު ދިވެހި ވިޔަފާރިވެރިންނާއި ރާއްޖޭގެ އިގްތިސާދަޑް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ބިން ގަތުމުގެ ވާދަވެރިކަމުގެ ތެރޭގައި ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ބިދޭސީންނާއި ވާދަކުރަން ޖެހޭ ފަދަ އުސޫލުތަކެއް އެކުލަވާލައި ތިމަންނާމެންނެކޭ އެއްފަދައިން ބިދޭސީންނަށް ބިން ގަނެވޭނެ ގޮތެއް ހެދުމަކީ ދިވެހީންނަށް ވިޔަފާރީގެ އުސޫލުތައް ހަނިވެ ކުރިމަގުގައި ރާއްޖޭގެ ވިޔަފާރިތައް ކޮންޓްެރޯލް ކުރުމުގެ ބާރު ބޭރު މީހުންގެ އަތް މައްޗަށް ދިއުމުގެ ދޮރު ހުޅުވިގެންދާނެ ކަމެއް ކަަމަށެވެ.

"ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި ގްރޭޓާ މާލެއިން ބިދޭސީންނަށް 99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ ކުރިމަގުގައި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް: ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލުމަށް ޝަރީފް ސަރުކާރަށް ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސޯލޭ

    މިހިރަ ޖައްބާރު މަކަރުވެރި ސޯލިހު އިންޑިޔާއައް މުޅި ގައުމު ވިއްކަންވެގެން ގަންނަހާ ގަނޑުތީ ފާފުއަތޮޅު ވިއްކަނިއްޔޭ ކިޔާގެން ފެލުނު ބައިނގަނޑު މީ ރައްޔިތުން ނިކުމެ ދަމާފަވެސް މީތި މިގައުމުންވެސް ބަެރުކުރަންވެއްޖެ މިހާރު

    19
  2. ދަތްދޮޅި އާދަނު

    ދަތްދޮޅި ދުއްވާލަން އުޅުނުމީހުން ހަނދާންނެތުނީތޯ، އަނިޔާވެރި 5އަހަރު އީއޭޒެޑޭކިޔާފަ ބޭރުމީހުންނަށް ބިންމިލްކު ކުރެވޭގޮތައް ބިލް ފާސްކޮށްފަ ހަވާ އެރުވި ހަނދާނެއްނުވޭތޯ

    3
    13
    • ލުޓޭރުންގެ ސަރުކާރު

      ކަލޭ އަދިވެސް ދަތް ދޮޅިޔޭ ފަޅޮލޭ ކިޔަން އެގެނީ ބަލަ ކަލޭގެ ދަރިންނާ ދަރިންގެ ދަރިން އަޅުވެތި ނިމުނީ 2023ގަ ވެރިކަމުގަހުރި ގަ އްދާރު ވެރިކަމުގަ ބަހަ އްޓާ އިފި އްޔާ...ކަލެ އަށް އަޅުވެތިކަމުގެ ރަހަ އެގޭނީ ކިހާވަރެ އްވީމަ..

  3. ޢަލީ..

    ވިއްކާލާ.. ގޮސް މުޅި ތިލަފުށި އިންޑިޔާއަށް ރަޖިސްޓުރީ ކޮއްލަދީ. ދެންހުރިހާ ތިލަފުށިންބިން ކުއްޔަ ހިފައިގެން ތިބޭ އެންމެން ކުލި ދައްކާނީ އިންޑިޔާއަށް. ތަރައްގީ ހުންނާނީ ވޭވޭ.. އަންނަނީ އަންނަނީ.. އިންޑިޔާ އަންންނީ.. މަަހާލްދީބު އަންނަނީ.....

    12
    1
    • ޢަލީ

      އިންޑިޔާ ޒިންދާބާތު.. އިންޑިޔާ ޒިންދާ ބާތު..

      1
      8
  4. އާދަނު

    މަޖިލީހުގައި މި ސަރުކާރާ ދެކޮޅަށް ތިބި ކަމަށް ބުނާ ނަޝީދު މެމްބަރުން މީ ކީއްކުރާ ބައެއް. ވޯޓުގަނޑެއްވެސް ދޭން ނުކެރުނު. އެހެންވެ މިބުނަނީ ތިޔަ ބައިގަނޑަކީ ސަރުކާރާ ދެކޮޅުވެރި ބައެއް ނޫނޭ. އެއްބައެކޭ. މަކަރުވެރި ރޭވުމެއް މީގެ އަޑީގައިވެޔޭ.

    18
    • އަހްމަދު

      ނުހުއްޓުވޭނެ އެއީ އެމްއެމް އެކްސްޕޯޓުން ސަރުކާރުގެބައެއްކުންފުނިތަކަށް ނަގާފައިވާލޯނު ނުދެއްކިގެން ފެށިމަސްރޫއެއް އެހުއްޓުވުމަކީއިދިކޮޅައް ކުރެވޭނެކަމެއްނޫން

  5. ރައްޔިތުން

    ގައުމު ވިއްކުމުގެ ރެކޯޑް އެމްޑޕ އިން ބޭނުން ހެން ހީވަނީ

    10
  6. މަބޭ

    އިންޑިޔާއިން ވަރައްވިސްނުންތެރިކަމާއެކު އެމީހުންބޭނުންވާގޮތައް ރާއްޖޭގެ މުހިންމު ހުރިހާހިސާބުތަކަކައް އަތްގަދަކޮއްފި އައްޑޫ ލާމުއަތޮޅު އުތުރުތިލަފަޅު، ތިލަފުށި ހަނިމާދޫ މީފެންނަންހުރި ހަގީގަތް

    14
    • ޝަފީ

      އިންޑިޔާގެ މާކަށް ބޮޑު ވިސްނުންތެރިކަމެއް ނެތް. އެކަމަކު ދިވެހި ރައްޔިތުންގެ ސޭކުކަމާއި ގައުމީ ލޯތްބެއް ހުތިރާމެއް ގައުމީ ރޫހެއް ނެތްކަމުން. ދެން އިންތިޒާރުކުރަމުން މިދަނީ މިހާރު އިންޑިޔާގަ ފުރިހަމަ ކޮލޯނިޔަލް އަޅުވެތިކަން ފާޅުގައި އިއުލާން ކުރާ ދުވަހަކަށް. މާކަށް ދުރަކުއެއްނޫންއޮތީ އެދުވަސް. ރަޝިޔާއިން ކުރައިމިއާ އެނެކުސް ކުރިފަދައިން އިންޑިޔާ ރާއްޖެ އެނެކުސް ކުރާނެކަމަށް ބެލެވެނީ. ދެން ހިންދީ ބަހުން ލިޔަން ކިޔަން އަސާސީ ތައުލީމަށްތައްޔާރުވޭ. މިނިވަން ކަމަކީ ސޭކުންނަށް ހައްގުވާއެއްޗެއްނޫން.

  7. ސޭކީސް

    ރައްޔިތުންނޭ... ސޭކުސްތާނުގެ ރައްޔިތުންނޭ.. ހިނގާ އިންޑިޔާ ރަށްވެހިންނަށް ވެގަންނަމާ. އަދި ތިލަފުށިން ބިން އިންޑިޔާ ކުންފުނިތަކަށް ގަަނެލަމާ. ދެން ގުޅީފަޅާ ހުޅުމާލެންވެސް ގަނެލަމާ. ދިވެހިންނަކީ އެހާވަތަނީ ބަޔެއްނޫން. ކުޑަކޮއް ސޭކުވެސް ވާނެ.ތަނެއްދޮރެއް ނޭނގޭނެ.. ގޮސް ފައިދަށުން ބިންގަޑު ދަމާލާފަ އިންޑިޔާގެ ބަަޔެއްގޮތަށް އެނެކުސް ކޮއްލާނީ 2025 ވާންވާއިރު. ް

  8. އއ

    ހާދައަވަހައް މޑޕ މެ

  9. އއ

    ހާދައަވަހައް މޑޕ މެމްބަރުންގެ ނަޝީދު ފެކްޝަންގަވެސް ވަތަނީ ލޯބި ނެތްކަން ހާމަވީ. !!!!

  10. ފަލަސްތީން

    އެމްޑީޕީގަ ގައުމީ ލޯބި ހުރި ލީޑަޝިޕެއް ނެއް. އެމްޑީޕީޔަ ވޯޓެއް ނުދޭނަން ދެނެ

  11. ކިޔު

    ރާއްޖެއަކީ ވ ބިމުގެ ޖާގަ ކުޑަ ގައުމެއް. ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކޮށް ދިނުމަކީ ވ ދެރަ ކަމެއް. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ކަމެއް. އެއޮއް ބޮޑު އިންޑިޔާގަވެސް ބިމާއި އިމާރާތް ބޭރު މީހުންނަށް ގަނެ މިލްކު ނުކުރެވޭ.

    • ސާމްމް

      އޭ.. ބުރޫއަރާފާނޭ ކިޔާނެކަމެއް ނެތް.. މިތާކުނެތް ތިކަމަކާއި މާބޮޑު ފިކުރެއް ކުރާ ބަޔަކު.. ދެން މިތަން ހަމަ އެންމެ ރަނގަޅުވާނީ އިންޑިއަލް އޯވަސީސް މަހާލްދީބްއަށް ހެދީމަ. މިނިވަން ގައުމުތަށް ލިބެންޖެހޭނީ މިނިވަންކަމަށް ލޯބިކުރާ ރައްޔިތަކަށް. މިތާކު އެޔެއް ނެތް. އެޔަށްވުރެ ގަމާރު ބަޔެއް މިތާއުޅެނީ.

    • ޅާމް

      ރާއްޖެއަކީ ސިކުނޑީގެ ގޮތުންވެސް ޖާގަ ކުޑަ ގައުމެއް.

  12. ޓިނޭ

    ވިއްކިޔޭ ކިޔާއިރު ޔާމީނު އެވަނީ ހާހަލާއި ގިރިގިރިއާއި ފަޅުފަޅު ފެންފޮދަކާނުލާ ދިރިވާލާފަ. ހެންވޭރުކޮޅު ބޮޑު ގަނޑުވަރެއް އަޅާފަ. ޝަރީފު އަނގަ ހުޅުވަނީ ލަދުކުޑަކަމުން.

  13. ޢަލީ

    ބުރާންތީންނަކަށް މިނިވަންކަމެއް ދޭކަށެއް ނުޖެހޭނެ.. ތިލަފުށި ރިލަޔަންސަށް ނޫނީ އަދާނީ އަށް ވިއްކާލާ އެއް ބިލިޔަންޑޮލަރަށް އިންސްޓޯލްމަންޓުން އަހަރަކު 2 މިލިޔަން ރުފިޔާ ސަރުކާރަށް ދަށްކާގޮތަށް. އަދި އައްޑޫވެސް ވިއްކާލަންވީ ޓާޓާ އަށް ނޫނީ އެފްކޯނަށް.

  14. އަބްދޫ

    އިންޑިޔާގެ ކުންފުނިތަކަށް ރާއްޖެއިން ބިން ނުދޭނަމަ އެމީހުންއަތުން ނަގާފަ ފައިސާ ހުރި ނަމަ އެފައިސާ ތައް އަބުރާދޭން ޖެހިދާނެ އަދި ތުހުމަތުވެސް ވޭ.. ވެރިކަމުގަ 4 އަހަރު ނިމި އިންތިހާބަށް ކުރިމަތިވި އިރު ހއ. ދަށްޕަރުން އިންޑިޔާއަށް ބިން ވިއްކަން މިސަރުކާރުން މަސައްކަތް ކޮށްފާވޭ. ދަށްޕަރު އޮތޯރިޓީ ފިއްލަދޫ ކައުންސިލުން ނުލިބިގެން އެކަން ކުރެވޭގޮތެއްނުވި ދެން ދިމާކުރީ ހދ. ހަނިމާދޫގެ އެއާޕޯޓާއި ގުޅިފައިވާ ސަރަހައްދު އެއާޕޯޓްގެ ބޭނުމަށް ކަމަށް ބުނެ އިންޑިޔާއަށް ދިނުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލްގެ އޮތޯރިޓީ ނުލިބިގެން އެކަން ކުރެވޭނެ ގޮތެއްނުވި މިހާރު މަސައްކަތް މިކުރަނީ އެޗްޑީސި މެދުވެރިކޮށް ތިލަފުށީން ބިން އިންޑިޔާ އަށް ވިއްކުމަށް . ތިލްފުއްޓަކީ އެޗްޑިސީ އާއި ބެހޭ ތަނެއްނޫން ،އެޗްޑީސި އަކީ ހުޅުމާލެ ޑިވޮލޮޕް ކުރުމަށް އުފެއްދުި ކުންފުންޏެއް. އެޗަޑީސީ ކުންފުނިން ހުޅުމާލެ ބިން ވިއްކައިފިނަމަ އެކަންކުރި ފަރާތަކާ ދެކޮލަށް ސަރީއަތް ހިންގާތަންފެނިދާނެ. އެކަން ކުރާމީހާ މިކަން ނިންމުމުގެ ކުރިން ވިސްނަން ޖެހޭނެ ކަމަށް ދެކެން. އިންޑިޔާއަށް ބިން 99 އަހަރަށް ވިއްކާ އެތަގަ އިންޑިޔާގެ މަސައްކަތު މީހުންގެ ނަމުގަ މީހުންގެނެވި އެމީހުނަށް ވަޒިފާދީ ރާއްޖޭގަ ތިބެ ދަރިންލިބި ދަރިންވިހާ އެދަރިން ރާއްޖެއިން ރައްވެހިކަން ހޯދަންޖެހި ދިވެހިންނާއި އިންޑިޔާ މީހުންގެމެދުގަ ހިގާފާނެ ތަޅާފޮޅުމުގެ ޒިންމާ މިހާރު އެޗްޑީސީން މިކަންކުރަންއުޅޭ ބަޔަކަށް އުފުލިދާނެބާ؟ މާޒީއިން އިބުރަތް ހާސިލް ކުރައްވާ.ސްރިލަންކާގެ ސިންގަޅައިންނާއި އިންޑިޔާއިން ލަންކާއަށް މަސައްކަތް ކުރަންގެނައި ތަމަލަ އިންގެ މައްސަލަ މުއްސަނދިކަމުގަ ކުރިއަރަމުންއައި ސްރީ ލަންކާ ފަގީރު ގައުމަށްވެގެންދިޔަ ގޮތް.މިފަދަކަމެއް ހިންގާއިރު ދިވެިހިގައުމަށް ވެދާނެ ގޮތަކާއި މެދު ސަރުކާރުން ވިސްނަން ޖެހޭނެ ކަމަށް ދެކެން.