އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން މިއަދުވެސް ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އިއްޔެ ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަމުން ގެންދެވި އިރުވެސް އިދިކޮޅުން އިއްޔެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

އެއާއެކު އިހުތިޖާޖުކޮށް އަޑުގަދަކުރި މެމްބަރުން މަޖިލީހުގެ ތަޅުމުގެ ތެރެއިން ނެރުނު މަންޒަރުވެސް ފެނިގެން ދިޔަ އެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅުން އިހުތިޖާޖު ކުރަން ފެށީ އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގަރާރު ހުށަހަޅުއްވަމުން ދަނިކޮށެވެ.

އޭގެ ފަހުން އެހެން މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވި އިރު ވެސް އިދިކޮޅުގެ މެމްބަރުން ދިޔައީ އިހުތިޖާޖު ކުރައްވަމުން ނެވެ.

ނަމަވެސް އެ ބޭފުޅުން ވިދާޅުވަމުން ދިޔަ ވާހަކަތައް ސާފެއް ނުވެ އެވެ.

އިހުތިޖާޖުތަކާއި ގުޅިގެން އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާާސަތުގައި އިންނަވައިގެން މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާތޯ ސުވާލުވެސް ކުރައްވައިފަ އެވެ.

ނަމަވެސް މިއަދު އަޑުގަދަ ކުރެއްވި މެމްބަރުން މަޖިލީހުގެ ތަޅުމުން ނުއެއް ނެރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅުން ވަނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ.

އިއްޔެ މެމްބަރުން އަޑުގަދަ ކުރެއްވުމުން މެމްބަރުން ނެރުނު ގޮތަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެކުވެރި

    ރައްޔިތުން ތަމްސީލު ކުރަނިއްޔޯ . . ލަދު ކޮބާ

    2
    2
  2. ޚޮކި

    ބަލަ ވައްކަން ކުރިކަން ސާބިތުވެގެންނޭ ޖަލަށްލީ. ޝަރީޢަތް ހިނގާދިޔައީ ހުރިހާއެންމެން ކުރިމަތީގައޭ. އަދި އެގުނި ލާރިއެއް އަތުފަތުޭޅި ބުރުނާންގާ ގުނިކަމަށް ބުނީވެސް އެންމެންގެ ކުރިމަތީގައޭ. ޙަރާމް ޙުކުމޭކިޔާ އޭބަލިވެގެން ތިތެޅެނީ. ނިކަން މޮޔަވެބަލާ!&

  3. ބަރުގޮނު

    އެކުދިންގެ ދުވަހުގައި އެމް.ޑީ.ޕީ މެމްބަރުން މަޖްލިސް ތަޅަމުގައި އިޙްތިޖާޖު ކުރުން ގޯސްވި. ދަމާކޫއްތާފައި ތަޅަމުން ބޭރުކުރެވުނު. ރިޔާސަތާ މެމްބަރުންނާ ދެމެދު "ލޯފާރެއް" ލައި އިން ވަކިކުރެވުނު. ޤަވާޢިދެއްގެ މާއްދާއެއް "އަބުރާކަނޑައިގެން" 12 މެމްބަރުން މަޖްލިސުން ވަކިކުރެވުނު. މިއަދު މިއޮތީ ތާރީޚް އޭގެ އަމިއްލަ ނަފުުސު އިޢާދަ ކުރެޔޭ ބުނާ ގޮތްވެފައި. ކުރިން ގޯސްވި ޢަމަލު މިހާރު މޮޅުކަމަކަށްވެފައި.