މިދިޔަ މަހު އާސަންދައިގެ ހަރަދުތައް ބޮޑުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެންތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ހަފްތާއަކު ސަރުކާރުން ހިނގާ ހަރަދު ހާމަކޮށްފައިވާ އިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ކިޔާއިރު މި އަހަރުގެ ޖެނުއަރީ މަހު އާސަންދައަށް ކޮށްފައިވާ ހަރަދު މާ ބޮޑު ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު 67.9 މިލިއަން ރުފިޔާ އާސަންދައަށް ހަރަދު ކުރި އިރު މި އަހަރުގެ ޖެނުއަރީ މަހު 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މިދިޔަ އަހަރު ޖެނުއަރީ މަހާ އަޅާ ކިޔާއިރު ނިމިގެން ދިޔަ ޖެނުއަރީ މަހު އާސަންދައިގެ ހަރަދުތައް ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން އެއީ އެތެރޭގެ އިންތިހާބަކާ ގުޅިގެން އައި ބަދަލެއްތޯ ނުވަތަ ހަގީގަތުގައި ވެސް ބަލިމީހުންތައް ހަތަރުގުނަށް އިތުރުވެގެން ދިޔައީތޯ. މިއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލު. އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން މިކަންކަމާ ގުޅޭ ގޮތުން ވިސްނަވާނެކަން. އަދި މި މައުލޫމާތުތައް ވެސް ސަރުކާރުން ޝާއިއުކުރަމުން ގެންދަވާ އިރުގައި ބައްލަވަމުން ގެންދަވާނެކަން". ރައީސް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި އިރު އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ ރައީސް ސޯލިހު އެވެ. އެހެން ނަމަވެސް އިންތިހާބުގައި ސަރުކާރުން މަކަރު ހަދައި އަދި ފައިސާ ވެސް ބަހައިފައިވާ ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    އާސަންދަ ކިޔައިގެން މެޑެލްޖެހަން އުޅުނަކަސް އާސަންދަ އަކީ ނަސީދު ހިންގި ބޮޑު ޖަރީމާ އެއް. ނަސީދު ވެރިކަމަށް އައި އިރު ދަވްލަތުން ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމަށް ކިޔަނީ "މަދަނަ " ނަސީދު ވެރިކަމަށް އައިސް މި މަދަނަ ނިޒާމް ހިންގަމުންދިޔައީ ސިދާ ދަވްލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުން ކުންފުންޏަކުން ނޫން. ނަސީދު 2008 ގަ ވެރިކަމަށް އައިސް 2 އަހަރު މަދަނަ ހިންގި އިރު . ރާއްޖެއިންބޭރުގެ ފަރާތްތަކުން ބޭސްފަރުވާކޮށް ހުށަހެޅި ބިލް ތަކަށާއި ރާއްޖޭގެ އެކިފަރާތްތަކުން ހުށަހެޅި ބިލްތައް ފިނޭންސަށް ޖަމާކޮށް އެއްވެސް ފަރާތަކަށް ފައިސާ ދެމުން ނުގެންދިއުމުގެ ނަތިޖާ އަކަށް ވީ ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކުން މަދަނަ އަށް ބޭސްކޮށްދިނުން ހުއްޓާލުން .ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގރ މަގު ބަންދު ވުމުން އުފެއްދީ ކުންފުންޏެއް . އެކުންފުނީގެ ނަމަކީ އާސަންދަ ކޮމްޕެނީ ޕްރައިވެތް ލިމިޓެޑް . މަދަނައިގެ މުވައްޒަފުންނާ ތަކެތި އާސަންދަ ކުންފުންޏަށް ބަދަލު ކޮށްގެން މިކުންފުނިން ރާއްޖެއިންބޭރު ބޭސް ފަރުވާ އަށް ހުށަހެޅުމުންވެސް ބޭރުގެ ފަރާތްތަކުން އާސަންދަ ގަބޫލު ނުކުރި .ދެންޖެހުނީ ބޭސްފަރުވާ އިންސޫރަންސް ކުންފުންޏެއް މެދުވެރިކޮށް ކުރަން . އެހެންވެ އާސަންދަ ހިންގުން އެގްރީމަންޓެއްގެ ދަށުން އެލައިޑް އިންސޫރަންސް ކުފްންޏާއި ހަވާލުކުރެވުނު . މިހާރު އަސަންދަ ކުންފުނި ހިންގަނީ އެލައިޑް އިންސޫރެންސް އިން .ބޭރުގެފަރާތްތަކުން ބޭސް ކޮށްދެނީ އެލައިޑް އިންސޫރަންސް ގެ ގެރެންޓީއަށްް އެސްޓީއޯ އިން ހިންގާ އިންސޫރަންސް ކުންފުންޏަކަށް ބޭރުގެ ފަރާތްތަކުން ގެރެންޓީ ކުރާއިރު ދިވެހި ދަވްލަތަށް ގެނެންޓީ ގެއްލޭގޮތަށް ނަސީދު ވެރިކަމުގެ ދުވަސްވަރު ކަންކުރުމަކީ ހިންގިފާ އޮތް ޖަރިމާއެއްނޫންތަ؟ ޑަބަލް މުވައްޒަފުބންގެންގުޅެންޖެހި ޑަބަލް ލިޔެ ކިއުންގެންގުޅެންޖެހު މަކީ ވެސް ހަރަދު އިތުރަށް ހިގާނެ ކަމެއް އަދި ވިޔަފާރި އުސޫލުން ހިންގާ ކުންފުންނަކުން ބޭސްފަރުވާ ކުރަންޖެހުމަކީ ވެސް ހަރަދު ބޮޑުވެގެން ދިޔަކަމެއް. ގާނޫނުއަސަސީގެ 17 ވަނަ މާއްދާއާ ހިލާފަށް ދިވެހިރައްޔިތުންގެ ބޭސްފަރުވާގެ އުސޫލު ގެންދަންފެށުމަކީ ވެސް ދަވްލަތަށް މިހާރު ބުރަބޮޑުވެފައިވާކަމެއް . ގާނޫނުއަސަސީގެ 17 ވަނަ މާއްދާ ބުނާގޮތުން ވަކިމަގާމަެއްގަ ހުރުމަކުން ދިވެހި ހުރިހާރައްޔިތުންނާ ތަފާތު ސްކީމަކުން ބޭސްފަރުވާ ނުކުރެވޭނެ.

    • ޜަނާ

      ކުންފުންޏެއް އުވާލާއިރު އޮޑިޓްކޮށް
      ދަރަނިވެސް ބަލަން ޖެހޭނެ އެތާގެ ހަރު މުދަލަށް ހެދި ގޮތެއްވެސް އެނގެން ޖެހޭނެ. ޢައްޑޫގަ ސާރކް ސަމިޓް ބާއްވަން ގެނައި އަގުބޮޑުު ކެމެރާތަކާ އެތަނަށް ގެނައި އެހެން ހަރު މުދާތަކަށް ހެދި ގޮތެއްވެސް އެނގެން ޖެހޭނެ. ޣެނައި އަދަދެއް އެއަށްވީގޮތެއް އެނގުނު މީހަކު ނެތް

  2. Anonymous

    މިއީ އަސްލުކޮށްވެސް ވަރަށް ހިޔަޅު މީހެއް. މިއީ ހަމަ އެކައްޗެއް

    10
  3. އަލީ

    އެތެރޭގެއިންތިހާބެއްގެ ކޮއްލިވަރު ބޭރުއިންތިހާބެއްގަ ރައްޔިތުންގެ ގޮހޮރުވެސް ދޮވެލާނެ ވަގެއްގެ އަތައްސޭފެއްދިނީމަވާނެމިހެން އިޓަލީ މަށްހޫރުވަނީ މާފިޔާގުރޫޕުގެނަމުން ރާއްޖޭގަ މިއުޅެނީ އިއްތިހާދުގުރޫޕެއް ކަނޑު ފަޅުވެސް ދިރުވާލާބައެއް އިއްތިހާދުބައިގަނޑެއް މޯލްޑިވިސް އިއްތިހާދުގުރޫޕް ރައްޔިތުން ސަމާލުވާންވީ 2023 ރިޔާސީއިންތިހާބައް

  4. ނީލު ޒާހިރު

    ހަވަރު ތިނަދޫގައި ބޮލަކަށް 10000 ވެސް ދިން އަނެހެން ގޯހެއްނޫން 20000 ދިންނަމަ އަދި މާސަޅިވާނެ

  5. ޅަޑު

    މި ރޮޒޭނީ ކަިރީގައި އަހާބޭ..މީނަގެ ޕާމަސީ އެއް ހުޅުމާލޭގައި ހުރޭ..ދެން މަވޯޓާ ކިޔާ ބެއްޔާއެއް އުޅޭނެ ކޯވިޑު ލޯނު ލިބުނީ މިކަހަލަ މީހުންނަށް 20މިލިއަން ނަމުގައި ލޯނު..