އިންޑިއާ އަށް ކުރި ދަތުރެއްގައި "އަނިޔާތަކެއް" ތަހަންމަލު ކުރި ކަމަށް ބުނާ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، އަބްދުއްސަމަދު (ސަމަދުބެ) ޖޯކް ޖެހުމުން އެކަމަށްޓަކައި އޭނާގެ ކިބައިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާފަށް އެދެން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އާންމު ތަންތަނުގައި ރައްޔިތެއްގެ ތަކުލީފުތަކަށް މަލާމާތް ކުރުމަކީ މިނިސްޓަރެއްގެ، ޚާއްސަކޮށް ޑިފެންސް މިނިސްޓަރުގެ ކަރާމާތުގެ ދަށުގައިވާ ކަމެއް ކަމަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ފަރާތުން ފެނިވަޑައިގަތް ނާތަހުޒީބުކަމާއި ދުސްތޫރީ ވާޖިބުތަކަށް އިހުތިރާމް ނުކުރުމުގެ އަމަލަށް ސަމަދު ކިބައިން މައާފަށް އެދެން ޖެހޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ގަދަ ފިނީގައި ބެެހެއްޓުމަކީ އަނިޔާކުރުމުގެ ވައްތަރެއްކަން ގާނޫނީ ވަކީލްކަން ކުރެއްވި ބޭފުޅެއް ކަމުން އެ ކަމަނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަންޖެހޭކަން ހަނދާން ކޮށްދެން" ނާޒިމް ވިދާޅުވިއެވެ.

ސަމަދު ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ގެންދިއުމަށް ފާޑު ކިޔައި މަލާމާތް ކުރުމުން ވަރަށް ގިނަ އާންމުން އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅުންގެ ފާޑުކިޔުން މިނިސްޓަރ މާރިޔާއަށް އަމާޒުވިއެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މި ދޭތެރެއިން މީޑިއާތަކުގައި ކޮންމެ ރެއަކު އަވަށްޓެރި ގައުމުގެ މިލިޓިރީއާ ދިމާލަށް ވަރަށް ބަރާށް އެކި ގޮތްގޮތަށް ގޮންޖައްސަވައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ވެސް ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ބޭފުޅަކު ހުންނެވި ކަމަށެވެ.

"ތުބުޅި ބާލައްވައިގެން އާއިލާއެކުގައި އެ ގައުމަށް ވަޑައިގެންނެވި. ވަޑައިގަންނަވައިގައި ދެން ފެނިގެން ދިޔައީ އަބުރާ ވަޑައިގެންތައް. ކެމެރާތައް ހުރީ އަޅުވާފައި. ވަޑައިގެން ވާހަފުޅުދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މޫނުގައި އަތް އަޅުއްވާ. އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނުހެން. ކޮންމެ އަކަށް ވިދާޅުވީ މުޅި އުމުރު ތިމަންނަ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ކަމަށް. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމު އަބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން. މި ވަރު މީހުން ނިކުމެ އުޅެނީ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރުގެ ސިފައިންނާއި ފުލުހުންގެ ގައިގައި އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮއިނުގަންނަހާ ހިއްވަރު ހުންނާނެ ކަމަށެވެ. މިހާރުގެ ސިފައިންނަކީ ހެދެނީ ނެހެދެނީ ކިހިނެއްކަން އޮޅޭނެ ބައެއް ނޫން ކަމަށާޢި ރައީސްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކުގައި ކަންކަން ކުރައްވާ ރަހުމަތްތެރިކަމާއިއެކުގައި ހުރިހާ ގައުމަކާއިއެކުގައި އުޅުން ކަމަށް ވިދާޅުވި އެވެ.

މާރިޔާ އެ ދެއްކެވި ވާހަކަތަކާއެކު ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

މިއާއެކު ފަހުން މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗެހި ނުގޮވުމަށް ބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމަ އެތަނުން ފޮނުވުމުން، އެއީ ރޯން ޖެހޭ ރުއިން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެ ވާހަކަދައްކަން ކެރެން ޖެހޭ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޖެހޭނެ.

    ގައުމުގެ ޑިފެންސު މިނިސްޓަރަކަށް ހުރެ އެގޮތަށް އާންމު ރައްޔިތަކަށް އެގޮތަށް މަލާމަތް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް.

    47
    2
    • Anonymous

      މަޖިލީހުގެ ތެރެއިންވެސް އަޒްލުކުރަންޖެހޭކަމެއް.
      ލަދެއްހުރިނަމަ އިސްތިއުފާވެސް ދޭންޖެހޭވަރުގެ ޢަމަލެއް.
      ދެން އެނގޭ ލަދެއް ނެތީމަަކަން އެވައްތަރަށް އުޅެނީވެސް

      15
      1
  2. ާހާނިކް

    ޢިންޑިޔާގަ ދިވެއްސަކަށް އެފަދަ ދުއްތުރާކޮށް އަނިޔާކުރީތީ އެކަމާ އަނގަޗޭ މާރިއާ މަލާމަތްކޮށް ފުރައްސާރަކުރުމުން އެނގެނީ އަނގަޗޭ މާއިރާ އިންޑިޔާގެ ތައްޕާހަށް ވެއްޓިފައިވާވަރު. މާފަށް އެދެން ޖެހެނީ ސަމަދުބެގެ ކިބައް އެކަންޏެއްނޫން. ދިވެހި އަސްކަރިއްޔާ އާއި ދިވެހިންގެ ކިބައިން މީނަ މާފައް އެދެން ޖެހޭނެ. އިންޝާ ﷲ ފަލީހަތްވެ ރައްޔުތުންގެ މަލާމަތްލިބުންގާތް

    40
    3
  3. ަހެލޯ

    ނުޖެހޭނެ . . . މާރިއާ މާފައްނޭދޭތި . . ހަމަ ރަނގަޅުވާހަކަ މާރިޔާރިދެއްކީ . . ކޮނޮމެ މީހަކު މާސިޔާސީ ވެގެން ހީރޯހެދިފަ . . އެއަރޕޯޓުގަ ފިލްމު ކުޅުނީދިދަހިފައިގެން ރޮއިރޮއިފަ . . .ހީވަނީ އޮލިމްޕިކްސް އަށްގޮސް އައިސް ރަންމެޑަލް ހިފައިގެން މާލެ އައިހެން . . ހީރޯ ސަމަދު . . އިންޑިއާވެސް އިން . . ޗއަިނާވެސް އިން . . ކޮން އައުޓެއްގޮވާކަށް . . މި ބައިގނޑާ ހެދި ޤައުމުގަ ދެން އުޅޭއެހެން މީހުންނަށްވެސް ނުހޮރުއްޕާން . . ޔާމިން ޖަލައްލީވެސް އިންޑިއާއިން ބުނެގެންނޯ . . ޔާމިނު ޑޮލަރު ކޮޅު ކާލީ ކާކުބުނެގެންތަ

    6
    46
  4. ޙޮބޭ

    ތިޔަބޭފުޅާ ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ވަގާވާތެއްގައި ބައިވެރި ވެވުނީމަ

    20
    8
  5. ސޫއޫދު

    ދިވެހިރައްޔިތުންގެ ސަލާމާތާ ރައްކާތެރިކަން ދިނިމުގެގޮތުން ނުނިދާ ވާރެޔާ އަވީގަ ގަދަކަނޑު ގަޔާ އަދިކިތައްމެކަމެއްގަ އޭނަގަޒުވާން އުމުރު ހޭދާކުރެއްވީ އަނބިދަރިންދޫކޮއް މަރިޔާއާއެނާގެ އާއިލާވެސްހިމެނޭގޮތައް ތަފާތުކުރުމެއްނެތިސަމަދު ގައުމާރައްޔިތުންނައްޓަކާކޮއްދެއްވި ހިދުމަތަށް ޝުކުރިއްޔާ ދެން މިވަރުގެ ބުރާންޗަކައް ގައުމުގެ އަމަންއަމާން ބަލަހައްޓަން ހަވާލުކޮއް ގެންތިބުމަކީ ތަހުޒީބު މުޖުތައަކުންގަބޫލުކުރާނެ ކަމެއްނޫން ދުނިއޭގަމުތަކުގަވަސް މިބުރާންތި އިސްތިއުފާ ވަގުތުންދޭންޖެހޭނެ ފިދަނައެއް އަލަމްގިރިމައިދައިތައެއްނުބަލާ މަގާމުދޫކޮއް ލަންޖެހޭ އަދިމިކަންކުރީ އިބޫއައް ރިޔާސީ ޓިކެޓްދިނުމުގެ ތެރެއިންވީމަ އެކަކުވެސް ވޯޓްނުދޭތިމީނަމަގާމުން އިސްތިއުފާނުދެނީސް މިއައްވުރެ ނޫނީ ނުރައްކާވެދާނެ ލާއިންސާނީ

    22
    3
  6. ވަލިއްޔުލްއަމުރު.

    ސަމަދެއްނޫން. ދިވެހި އެއްވެސް ރައްޔިތެއްގެ ޖާނަށް، މާލަށް އެއްވެސް ގެއްލުމެއް ލިބޭކަށް އަޅުގަނޑު ނޭދެން. މާރިޔާ ގެ ޢަމަލުތައް ހުރިގޮތުން އެނގި ހާމަވަނީ އިންޑިއާ އިން ސަމަދަށް ދިން ހުރިހާ އަނިޔަލުގެ ފަހަތުގައި ހުރީ މާރިޔާކަން. މިވަރު ގޮތްކުޑަ އަންހެނަކު މިދިވެހި ފަސްގަނޑުގެ ޑިފެންސް މިނިސްޓަރުކަމުގައި ބަހައްޓަން ހެޔޮނުވާނެ! މާރިޔާ ޑިފެންސް މިނިސްޓަރުކަމުން އަޒަލުކުރުމަށް ގޮވާލަން.

    24
    5
  7. ރީ

    ވަރަށް ލަދުގެންފި އަސްލު. ޖަޑިބެއްހެން އުޅުނު މާރިއާ މިއަދު ތިހެން އުޅުނަސް، އަދި އާރާއި ބާރު ކެނޑޭނެ!

    29
    3
  8. ކިނބޫ

    އެހެންވީމާ މިހާރު މިގައުމުގަތިބި އިންޑިޔާ މީހުންނަށް ދިވެހިންނަ ފެނަ ގޮތަކައް ކަންތަ ކުރަންވީ ދޯ ހަމަ ހަމަ ވާން ވާނެ ދޯ މިނިސްޓަރ

    23
    1
  9. ދަރަނި ދަންތުރަ

    ދުއްރަ މާރިޔާގެ އިންސާފުން މިނާނަމަ ޕޯޗުގަލްގެ ޓޫރިސްޓުން ދިވެހިރާއްޖެއަށް އާދެވިގެން ނުވާނެ ، ޕޯޗުގީޒުންނަކީ ދިވެހިންނާ ހަގުރާމަކޮށް މިގައުމު އަޅުވެތިކުރިބައެއް ، އެހެންވީމާ އިންޑިޔާ އައުޓު ކިޔުމަށް ވުރެ މާބޮޑަށްވެސް ގޯސް ، ދިވެހިގައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ވެސް އިންޑިޔާ އައުޓު ކިޔަންޖެހޭ ، އަޅުވެތިކަމުގައި ފަނާވުމަށްވުރެ ، މިނިވަން ކަމުގައި ބޭސްފަރުވާ ނުކުރެވި މަރުވުން މާހިތަށް ފަސޭހަ

    24
    2
  10. ކެނެރީ

    މާރިޔާގެ ވާހަކަތަކުން ހާމަވީ މިސަރުކާރު އިންޑިޔާ އަށް އަޅުވެތިވެފައިވާ މިންވަރު ، ރާއްޖޭގެ ޑިފެންސް މިނިސްޓަރަށް ދިވެހިރައްޔިތުންނަށް ވުރެ އިންޑިޔާ މީހުން މުހިއްމުކަން ، މާރިޔާ މިއީ ގައްދާރެއް

    27
    2
  11. އަފީ

    ޔެސް ސަރ! ވަރަށްވެސް ހެޔޮ ވާހަކައެއް! މިގައުމު މިނިވަންކަން ހޯދުމަށް ރައީސް ޔާމީން އާއިއެކު އެމް.އެން.ޕީ އަދީ އެމް.ޑީ.އޭ އިން ބައިއަތު ހިފަންޖެހޭ! ގަމުގެ ހައްގުގައި ރައްޔިތުންގެ ހައްގުގައި ގައުމުގެ މިނިވަންކަމުގެ ހައްގުގައި ކޯލިސަން ސަރުކާރެއް އެކުލަވާލަންޖެހޭ! އެއްބުރުން މިކަން ނިންމައި ރައްޔިތުންނަށް ގައުމުގެ މިނިވަންކަން ހޯދައިދޭންޖެހެ!

    17
    2
  12. ގައުމުގެ ދޫ

    ކަމަނާ އަކީ ޚާއިނާ އެކޭ ބުނީމަ ކުށްވެރިވާނެތޯ؟ މި ތަން ހިފަން އަންނަށް އިންޑިޔާ އާށް ނުސީދާކޮށް އަދި ސީދާކޮށް ގޮވާލިމީހުންގެ އަންބޮޑިއަށް ވަންނަ ވަރު މިއީ ސުވާލެއްތޯ؟ ޖީބަށް ޓާކައި ގައުމާއި ދީން ފަނާކުރާބައިގަޑަކީ ކޮބާކަން މިއީ ސުވާލެއްތޯ؟ ތިބޭފުޅުން ޖަވާބުދެއްވާ.

    21
    2
  13. ޒީރޯ ޓޮލަރަންސް

    ހަމަކަށަވަރުން، ﷲ އީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ، މީސްތަކުންނަށް ދެރަގޮތްވުމުން އެކަން އުފަލަކަށް ހަދާ، އެފަދަ މީހުނަށް މަލާމާތްކުރާ ބަޔަކަށް ހުރި ނުބައިކަން މިމީހުނަށްް ހަމަނޭގެނީބާ؟

  14. ޔާމީން

    ނުޖެހޭނެ، 7 ފެބްރުއަރީ އަދި ހަދާން ނުނެތޭ؟ ހިތުން އެލިބުނީ ޕޕމ ގެ ވޯޓްތަށް އެއްކޮށް؟؟

    4
    4
  15. ގަބުޅިބާދަލާ

    އެދައިތަ މަޢާފަށް އެދޭނެތޭ ގަނޑިޔާ. އެދައިތައެއީ ﷲގެ ކަލިމަފުޅު ލިޔެފައިއޮންނަ ގާނޫނޫ އަސާސީއަށް ކޮޅުފައިން އަރައިހުރެ މަޖުލިސްގަ ހޭރުނު ދައިތައެއް. އެހެންވީމާ ދެން އާދައިގެ ރައްޔިތަކަށް މަލާމަތް ކޮށް ހެދުމަކީ އެދައިތައަށް އެއްވެސް ކަމެއްނޫން.

    • ފިތުނަ 2023

      އަޑުއަޑު ލައްވައިގެން މަލާމަތް ކުރި ބޭފުޅާޔަށް ވޯޓް ހައްގު ދެއްތޮ؟

  16. އަލީ އަލީ

    މައްސަލައަކީ މި ގައުމު އިންޑިއާއަށް ބަރޯސާވާން ޖެހޭކަން ޤަބޫލު ނުކުރާ ބަޔަކު ތިބިކަން!
    ޔާނާއި އަދުރޭ ބުނެފިއްޔާ ކޮންމެ ކަމެއްވެސް ކުރަން ހަދައިގެން ވާގޮތް މިފެންނަނީ

    2
    8
  17. ދަތްދޮޅި އާދަނު

    ނާޒިމްވެސް ދިވެހި ރައްޔިތުންގެ ކިބައިން ޕަބުލިކުގަ މަޢާފައް އެދެންޖެހޭ، ރައްޔިތުން އިންތިހާބުކުރި ވެރިމީހާއަށް ބިރުދައްކާ އިސްތިއުފާދިނުމައް މަޖުބޫރުކުރިކަމައް ލައިވްޓީވީގަ ބުނެފަހުރިމީހެއްތީ ބަޤާވާތުގެ ބޮޑެއްތީ، އެކަމުގެ ހިތިއަމިއްލައަށްގެނައި ސަރުކާރުގައިވަނީ ދީފަ، ޔާމީނަށްވެސް އިނގޭ ނާޒިމްއަކީ ބަޤާވާތްކުރަން ވަރަށްފޯރިހުންނަމީހެއްކަން އެހެންވެ އަވަހައްޖަލައްލީ

    3
    8