އަންހެން ސެކިއުރިޓީން ލައްވާ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް މަޖިލީހުން ނެރެން ބޭނުން ނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެގޮތަށް ވިދާޅުވީ އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެމްބަރުން މަޖިލީހުން ނުނެރެވޭ ގޮތަށް ހަދަން މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ހުށަހެޅި މައްސަލައަށް ކުރި ބަހުސްގެ ތެރެއިންނެވެ.

ގަވައިދު އިސްލާހު ކުރަން އެ މައްސަލަ ރޮޒައިނާ ހުށަހެޅުއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އަޑުގަދަކުރެއްވުމުން އަންހެން ސެކިއުރިޓީން ލައްވައި އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުއްވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ބޮޑެތި ފާޑު ކިއުންތަކެއް އޮތީ އަމާޒުވެފައެވެ.

ރޮޒައިނާ ވިދާޅުވީ އެ ދުވަހު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވެވުމުން މަޖިލީހުގެ ތަޅުމުން ނުކުމެ ވަޑައިގަތް މަންޒަރު ރީތިކޮށް ފެނިވަޑައިގަތް ކަމަށެވެ.

ނަމަވެސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ނަން އިއްވުމުން ތަޅުމުން ނިކުތުމަށް ދެކޮޅު ހައްދަވާ އަންހެން ސެކިއުރިޓީން އޭނާގެ އަތުގައި ހިފާ ދަމާ ކޫއްތާ އެތަން ކަންތައްތަަކެއް ހިނގައިދިޔަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ސެކިއުރިޓީ އޮފިސަރުންނާއި ސައީދު ވެސް މަޖިލީހުގެ ތަޅުމުގައި ހުރި މުށިގަނޑުގެ ތެރެއަށް ވެއްޓުނު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިއީ ކުރިން މަޖިލީހުގައި ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި މިއީ މުޖުތަމައުގެ އާންމު މިންގަނޑުތަކާ ވެސް ހިލާފު އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަގައިމުވެސް އަޅުގަނޑެއް ބޭނުމެއް ނޫން އަޅުގަނޑު މިތަނުން ގަދަކަމުން ނެރެން ޖެހޭ ހާލަތެއްގައި މި ތާނގައި ފިރިހެން އޮފިސަރުން އައިސް އަޅުގަނޑުގެ ގައިގައި އަތްލައި، ދަމާ ކޫއްތާ ހަދާކަށް. އަދި ކަންދިމާކުރި ގޮތުން އަޅުގަނޑުގެ ފިރިމީހާ ވެސް މިތަނުގައި އެބަ އިނދޭ. އޭނާ މިތަނުން ނެރެން ޖެހޭ ހިނދެއްގައި މިތާ ތިބި އަންހެން އޮފިސަރުން އޭނާގެ ގަޔަށް އަތްލައި ދަމާ ކޫއްތާ ހަދާ މަންޒަރު ބަލާކަށް އަޅުގަނޑެއް ވެސް ބޭނުމެއް ނޫން" ރޮޒެއިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ ފިރިމީހާ ވަރަށް ވަރުގަދަ ތަންތަނަށް ވަދޭތާ އެބަ. އަދި މީހުންގެ ފިރިންނަށް ރޮޒޭނާ ވަރަށް ފާރަލާކަން މިހާރު އެނގިއްޖެ.

    20
    2
  2. އާދަނު

    ދެން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ނެރެން މަޖްލިސްގެ އަންހެން ސެކިޔުރިޓީން އެތިބަ އުޅުނުގޮތާދޭތެރޭ ކީކޭތޯ ވިދާޅުވަނީ؟ ފެނިގެންދިޔައީ އަންހެންވެރިންގެ ކިހިލަފަތްދޮށަށް ޝިޔާމުގެ އަތްވައްދައިގެން ހުތުރު ފާޑަކަށް އެ ސީން ދިޔަ މަންޒަރު!

    14
    1
  3. އިސްލާޙު

    ފުރިހަމައެއްވެސް މުސްލިމަކު ބޭނުމެއްނުވާނެ އަންހެނުން ބުރުގާނާޅާ ރަގަޅަށް އައުރަނިވާ
    ނުކޮށްތިބޭ އަންހެނުންބަލާކަށް އަދި އިސްލާމީގައުމެއްގައި އަންހެނުން އައުރަނިވާނުކޮށް
    ތަންތަނަށް، މަޖިލިސްތަކަށްވެސް ދިއުމަށް ބޭނުމެއްނުވާނެ ވީމާ، މިގޮތަށްތިއްބަވާ އަންހެން
    ކަބަލުން މިކަންއިސްލާހުކުރައްވާ ނުކުރައްވާނަމަ ބެލެވެނީ އިސްލާމްދީނުގައިވާ ފުރިހަމަގޮތް
    ކަމުނުގޮސް އިސްލާމްދީނަށް ގޮންޖައްސަވަނީ ކަމުގައި

    21
    2
  4. އަބްދޫ

    މަޖިލީހުގަ އަމިއްލަ ސެކިއުރިޓީން ބައިތިއްބައިގެން މަޖިލީހުގެ މެމްބަރުން މަޖިލީހުން ނުނެރެވޭނެ. އެއީ ގާނޫނުއަސާސީގެ 105 ވަނަ މާއްދާއާއި ހިލާފު ކަމެއް.

    13
    1
  5. ދަރަނި ދަންތުރަ

    ފިރިމީހަ ނެރެންޖެހޭ އިރަށް ރޮޒޭ އަވަހަށް ގޮސް ފިރިސޮރު ދަމާ ކޫއްތަ ނެރެލާ ، އަދި ދަމާ ގެއަށް ގެނެސް ބަގުޑި ބައްދައިގެން އޮވެވޭތޯ ބަލާ

    20
  6. ބޮލުރޮދި

    މީ އެކަމަކު ހަޔާތް ކުޑަ އަންހެނެއް! ބަލަގަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަންތައް ކުރާނަމަ އަންހެނުން ކީއްކުރަން ފިރިހެނުން ގޮސްވެސް ފިރިމީހާ ނުނެރޭނެ.

    10
    5
    • ދަހިރޮޒޭނާ

      އަހަރެން ނަމަ ރޮޒޭނާ ފިރިމީހާ ނެރޭނީ ނޭގޭ ކަމަށް ހަދާފާ ގަދަޔަށް ބައްދާލައިގެން. ނުލާހިކު ރީތި މީހެއްވިއްޔާ.

  7. ސަލާމް

    މީހާގެ ހުރި ގޮތްކުޑަކަމާ ނުލަފާކަން ހާމަކުރުމުގެގޮތުން މުސްކުޅިން ބުނެއުޅޭ މީނަގެވާހަކަނުވާނެ އިރުއަލިވާހިސާބުގަދައްކާކައް މާނަޔަކީ އެހާވެސްލަދު ހުތުރޭ އެވާހަކަދެއްކުން އެވަރުގެމީހުން މިވާހަކަ ދައްކަނީ

  8. ޙޮބޭ

    ތީ އަންހެނުންނަށް ހެޔޮއެދިގެން ދައްކާ ވާހަކައެއްނޫން. ތީ މަޖިލީހުގަތިއްބަވާ ސުމާޓް އަންހެން ޖިންސުއްލަތީފުން ނާސިޒުގެ އަތުހިފާތަނުން ރޮޒޭނާމަތިން ހަނދާން ނެތިދާނެތީ ކުރާ އަސަރުން ދައްކާވާހަކައެއް. ތިހެން ރޮޒޭނާ ކިތަންމެ ވަރަކަށް އުޅުނަސް ނާސިޒުމެންގެ ޢުމުރުން 60 އަހަރު ވާއިރަށް ކޮންމެވެސް "ނިޒާމީ ނުގުތާއެއް" ނަގަނަގާ "އަރިމައްޗަށް" އަރަން ފަށާނެ.

  9. ކަލޯ

    ނޫން ނޫން ނޫން! ހަމަ ހަމަ ކަން އިނގޭތޯ! ތި ބޭފުޅުން ދައުވާކުރާ ހަމަހަމަކަން!