ރައްޔިތުން މަޖިލީހުގެ ގުރައިދޫ މެދަ އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެމްޑީޕީ އަކީ މީހެއް ނޫން ކަން ކަމަށް ވިދާޅުވެ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒެވެ. މިއީ ގުރައިދޫ ދާއިރާ ޕީޕީއެމްގެ "ކިއްލާ" އެއްގެ ގޮތުގައި 14 އަހަރު އޮތުމަށް ފަހު، "ރަން ރީނދޫން" އެ ދާއިރާ "ޖަރީވި" ފުރަތަމަ ފަހަރެވެ.

ޝާޒް އަށް މަރުހަބާ ވިދާޅުވެ، މޫކޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެނގިގެން މިދިޔައީ އެމްޑީޕީއަކީ މީހެއް ނޫން ކަމެވެ.

"ބޮޑާ ހާކާ މީހުން ދޫކޮށްލާފަ އެމްޑީޕީގެ އާންމު މެމްބަރުންގެ ނިންމުމާ އެއްގޮތަށް ޕާޓީ އާއެކު އެންމެން ދާނީ ކުރިއަށް ކަން. އެންމެނާއި ދެކޮޅަށް ހޯދި ތާރީހީ ބޮޑު ކާމިޔާބީ އަށް ހޫނު މަރުޙަބާ އެއް. މަރުހަބާ އެމްޑީޕީ." މޫކޭ ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ. އެއާއެކު ރައީސް ސޯލިހާއި، ނަޝީދާއި ދެމެދު އުފެދިފައި އޮތް ހިޔާލު ތަފާތުވުންތައް އިތުރަށް ވީ ބޮޑެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ނަޝީދު މިހާރު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވަމުންނެވެ.

މަޖިލީހުގައި ވެސް ރައީސް ސޯލިހަށް ތާއިދު ކުރާ މެންބަރުންނާއި ރައީސް ނަޝީދަށް ތާއިދު ކުރާ މެންބަރުން މަސައްކަތް ކުރަމުން ގެންދަނީ ވަކިންނެވެ. ނަޝީދަށް ތާއިދު ކުރާ މެންބަރުން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބުނެ އެ މެންބަރުންނާއި މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ވަނީ އެދިފައެވެ.

އެމްޑީޕީ ތެރެއިން ރައީސް ނަޝީދު އުފައްދާފައިވާ ފިކުރެއްގެ ދިރުން ހަރަކާތުގެ ހިމެނޭ މެންބަރުންގެ ތާއީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮތީ ގާސިމަށެވެ. ނަޝީދު ފެކްޝަނާއި ޖޭޕީއާއެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ފިކުރެއްގެ ދިރުމުން ބުނެފައިވަނީ ޖޭޕީއާއި ގުޅިގެން މަޖިލީހުގައި ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއްވެސް ހެދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 2023 ޔާން

    ޔާމީން އިންޝާﷲ.އާމީން

    10
  2. މީ މަށޭ

    މަ ހީކުރީ އެމްޑީޕީ އަކީ މޫކޭ ކަމަށް!

    13
  3. އާދަނާ

    ގުރައިދޫގެ ބޯހަމަނުޖެހޭ ހައެއްކަ ބޯކެހިން ވޯޓްދީގެން ތިޔަގޮނޑިއެއްލިބުނީމަ، ކަލޯމެންހޭބަލިވަނީ ރިޔާސީ އިންތިހާބުން ކާމިޔާބުލިބުނީކަމަށްހިތާދޯ!؟

    13
  4. ބަލާތި

    ގުރައިދޫ ދާއިރާގެ އިންތިޚާބުގައި ފައިސާ ބެހިވަރު ވެސް މަމެން ދަންނަމޭ ތިޔާ ގޮތަށް މަޖްލީހުގެ ގޮނޑިއަށް ފައިސާ ބަހައިގެން ވޯޓް ގަނެގެން އިންތިޚާބު ކާމިޔާބު ކުރުމުން ގަައުމަށް ވާނެ ފައިދާ އެއް ނެތޭ ތިޔާ ހޮވުނު މެމްބަރަކީ އަނެއްކާ ވެސް ރައްޔިތުން ފެލަން ވުމުން ރައްޔިތުން އަތުން ޓެކްސް ނަގަން ވޯޓް ދޭން އިންނަ ޕަޕެޓެކޭ ކޮބާތޭ ތިޔާގެ ދެން ރައްޔިތުންނަށް ކުރާނެ ފައިދާ އަކީ ކޮމަންޑޫ ދާއިރާގެ ގޮނޑި ނަގަައިގެން ފެނަކަ އެއޮތީ ބަނގުރޫޓް އަރުވާލާފައޭ ދެން ފެންނާނީ ސްޓެލްކޯ ބަންގުރޫޓް ވުން އިއުލާން ކުރާ ތަނޭ ބަލަން ތިބެއްޗޭ...

  5. Anonymous

    މަހީކުރީ މީގެންވެސް އެނގުނީ ކަލޭމެން އަނެއްކާވެސް ވޯޓު އޮޅުވާލަން ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތްކަން.

  6. ފިކުރެއްގެ ދިރުން

    މޫކޭ ހުރީ އޮޅިފައި!

  7. ހުންބޯ

    އެނގިގެން ދިޔައީ ކަލެއަށް މަގުނެހެދުނުކަން.. ކަލޭގެ ހުރި ނާގާބިލުކަން. ކަރުން ނާރު ފުއްޕާފަ ހުސްކޮސްގޮވަން ކަލެއަށް އެނގޭނީ