ލ. ގަމު ދާއިރާއިން 50 އަށްވުރެ ގިނަ ޒުވާނުން ޖުމުހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިއްޖެއެވެ.

ޖޭޕީން ބުނީ ގަމު ދާއިރާގެ ރައީސް ކަމަށް ވާދަކުރާ އާސިފް އާއެކު ގިނަ އަދަދެއްގެ ޒުވާނުން މެމްބާޝިޕް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ސެކްރެޓަރީ އަލީ އާރިފެވެ.

އަދި އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަން އެންވޮއީ އިލްހާމް އަހުމަދާއި ބައެއް އެޑްވައިޒަރުންނާއި ކައުންސިލްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން ކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީއަށް އަލަށް މެމްބަރުންތަކެއް ސޮއިކޮށްފައިވާއިރު، އެ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައެވެ. ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަނީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމެވެ.

ޖޭޕީން ވަނީ 87 އިދާރީ ދާއިރާއަށް ރައީސުން ހޮވަން ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ދާއިރާތަކުގެ ރައީސުންނަށް ވާން ބޭނުންވާ ފަރާތްތަކަށް 50 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެއެވެ.

ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަކީ

    ހެހެ ތީ އަހަރުމެން ދަންނަ މީހުން މިފަހަރު ތިމީހުން މަލްޓި މިލިރަނަރުންނަށް ވާނެ އިލްހާމް އަލީ އާރިފު ރިޔާޒު ރަށީދު ނިހާނު އަޒުލީނު އަހުމަދު މިބޭފުޅުން ނަށް ލިބޭ ރަނުގެ ފުރުސަތެއް މީ މިލިޔަނަރުންނަށް ވާނެ އަސްލު މިބޭފުޅުންގެ ބޭނުމަކީ މީ

  2. އުކުޅިސް

    ކޮބައި ފައްޔަބޯ ހީވޭތަ ކަމެއްހެން

    3
    1
  3. ޝާމް

    ހުސް ބޯދިގު މެމްބަރުން ތޯ މިލިބުނީ. އެއްވެސް ކުއްޖަކު ޑުރަގު ނުބޮއްޗޭ..

  4. ލުޓޭރުންގެ ސަރުކާރު

    ފަ އިސާ ފަހާ ދުވާ މީހުން ޖޕ އަށް ސޮ އިދޭނެ..ހިނި ދަރުގަޑަކުން ހިނިނުކުންނަގިތަށް މި މޫސުމުގަ ގާސިމަށް ދަޅަދަ އްކާ ގްރޫޕުތަ އް އުތުރޭނެ.

  5. ސީނާ

    ސާބަހޭ ޢަލީ ޢާރިފް.. މިލިޔަނުން ލިބޭނެ