ދެން އަންނަ ސަރުކާރެއްގައި މަގާމެއް އަދާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ހުންނާނީ ރުއް ގުނަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލަމްބޯގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
"ވަރަށް ގިނަ ބޭފުޅުން އައްސަވާ ދެން އަންނަ ސަރުކާރެއްގައި އަޅުގަނޑު މަގާމެއްގައި ހުންނާނަންތޯ؟ އަޅުގަނޑުގެ ހިތަކަށް ނާރާ (މަގާމެއްގައި ހުންނާކަށް.) އަޅުގަނޑު ހުންނާނީ ރުއް ގުނަން. އަޅުގަނޑުމެންގެ ސަރުކާރުގައި އޮންނާނެ ރުއް ގުނުމުގެ މަޝްރޫޢުއެއް ފަށާފައި. ވަރަށް ބޮޑަށް ނިންމައިގެން މިހިރީ ރުއް ގުނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިޝާރާތް އެކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި "ރުއް ގުނުމުގެ ގައުމީ މަޝްރޫޢު" އަށެވެ. އެމަޝްރޫޢު ރައީސް ނަޝީދު ފައްޓަވައި ދެއްވީ 2011 ވަނަ އަހަރުގެ އޮކްޓޯބަރ 16 ވަނަ ދުވަހު ނ.އަތޮޅު ކެނދިކުޅުދޫގައެވެ.
އެއަހަރުގެ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރަން ކެނދިކުޅުދޫގައި އެ ޕްރޮގްރާމް އިފުތިތާހުކޮށް ދެއްވަަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އުފައްދާ ތަކެތިންނާއި އުފެދޭ ތަކެތިން، ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަމެއް ފުރިހަމަކުރެވޭ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި، ރުކަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން، ރުއްތަކުގެ މަތިވަރު ދަށްވެފައިވާ ކަމަށާއި އަލަށް ރުއް އިންދިފައިނުވާތީ، ރުކުން ކުރެވޭނެ އެތައް ބޭނުމެއް ނުކުރެވިދާ ކަމަށް ވެސް އެދުވަހު ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި މިހާރު 13 އަހަރުގެ ޙުކުމެއްގައި ހުންނެވި ރައީސް ނަޝީދު ދެން އަންނަ ސަރުކާރެއްގައި ރުއް ގުނަން ހުންނާނެ ކަމަށް ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެފައި ވަނީ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު ސިޔާސީ ކުށްވެރިންތައް މިނިވަން ކުރައްވާނެ ކަމަށެވެ.
މިއީ މިކަލޭގެ ދިޗެހިންނަށް ކުރާ މަލާމާތް
އިބޫ ވެރިކަމަށް އަޔަސް ގާނޫނާ ހިލާފަށް މިނިވަނެއްނުކުރެވޭނެ . ގާނޫނާ ގާނޫނުއަސާސީ އާހލާފު ވެއްޖެނަމަ އިބޫގެ ގާނޫނީ ސައްހަކަން ގެއްލި ހުވަޔާހިލާފް ވެވޭނެ . އެހިސާބުން އިބޫ ވަކިކުރެވޭނެ .ގާނޫނާހިލާފަށް މިނިވަން ކުރެވޭ މީހުން އަލުންބަންދު ކޮށް ހުކުމްތަންފީޒު ކުރެވޭނެ ؛ވީމާ ހުރެވޭނީ ރާޅު ގުނަން
1ފެބްރުއަރީގެ އަމުރު އަދިވެސް ދެމި އެ ގޮތުގަ އެބައޮތް،ސްޕްރީމް ކޯޓް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު،އުއްތަމަ ފަނޑިޔާރެްއް ނެތް ދުވަސް ވަރެއްގައި ހުކުމް ބާތިލް އޭ އެތާގަ ތިބި ބަޔަކު ބުންޔަސް ބާތިލްް އެއް ނުވާނެ،އެހެންވީމަ ހުވާ ކުރާ ގޮތަށް އެ ހުކުމްގަ ބުނާ މީހުން ދޫ ކޮއްލިޔަސް ގާނޫނާ ހިލާފެއް ނުވާނެ،ފޮތް ކިޔާ އަބޯ
އަނެއްކާ ގުނަން އެނގޭބާ؟
ހައްހައްހާ .. އަންނި ކުރަން ރަނގަޅު ކަމެއް ތީ..
އެދުވަހުން ނިހާން ހުންނާނެ ޖަލު ހެދުމުގައި ކާށިހޮވަން...
ފާހާނަ ސާފުކުރާކަށް ނޫންތަ؟
ރުއްގުނަން ހުންނަނީ ހިނދުކޮޅުގައި ދޯ!
ދެން އަންނަން އޮތީވެސް އޭގެފަހުން އަންނަން އޮތީވެސް މަތްﷲ ގެ ރަޙްމަތްފުޅާއެކު ޕީޕީއެމްގެ ސަރުކާރެއް. ދެނޯ؟
ދެން އަންނަން އޮތީވެސް އަދި އަންނާނީވެސް މިހާރުގެ އިދިކޮޅު އިއްތިހާދުގެ
ސަރުކާރެއް... ދެން؟
މިކަލޭގެ މިހެން ބުނީވަމަވެސް ބަޔަކަށް އެވާނެ ވަރަށް މޮޅު އެއްޗަކަށް.
ރުއްގުނާކަށްނޫން ބަހައްޓާނީ ވަގުރުކުއަޅަން.
ކުންނާރު ގަހައް އަރާއެއްނޫންތަ؟
ކަލޭ ހާދަ މޮޅޭ...ތިހުރީ އިބޫ އަށް ވެރިކަންދީގެންތަ
ވަރަށް ބަރާބަރު ނިންމުމެއް. ރުކެއްވެސް ނޫން ކަލޭ ގުނަންވީ. ބުޅި އިސްތަށި.
ކަލޭ ޖަލަށްނުވަދެ އުޅޭތީ އެކި ޕޯޑިއަމްތަކުގަ އެކިމީހުން އެވާހަކަދައްކާއިރު އެކަންކުރަން ވިސްނުމެއްނެތްބާ؟ އެހާ ހިތްވަރެއް ނުހުންނާނެ، ބޮޑު ފިނޑިކަލޭގެ.
ސުބްޙާނަﷲ ތިޔަޖެހުނީ ކަންތައް. މިކަލޭގެ ނުކުރާނަމޭބުނި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައެއްނެތެވެ. އެމްޑީޕީ ފުރަތަމަ ވެރިކަމަށް ކުރިމަތިލިއިރު މިކަލޭގެ ބުނީ ތިމަންނަ ވެރިކަންކުރުމުގެ ޝައުގުވެރިކަމެއް ނެތްކަމަށާ ތިމަންނަ ހުންނާނީ ޕާޓީގެ ޗެއަރ ޕާސަންގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ވަކިހިސާބަކުން ވެރިކަމުގެ ދަހިވެތިކަން ހިތުތެރެއަށްވަދެ އޮބިނޯވެގެން އެއިރު ޕާޓީގެ ރައީސަކަށް ހުރި މުނައްވަރު ދުރަށްލާފައި މިކަލޭގެ ޕާޓީގެ ރައީސްކަމަށް ވެޑުވުނެވެ. މިހާރު އަނެއްކާމިކިޔަނީ ރުށްގުނަން ހުންނަވާހަކައެވެ. ކަލޭގުނާނީ ރުކެއްނޫނެވެ. ދައުލަތުގެ މާލިއްޔާގައި ހުރި ފައިސާކޮޅެވެ. އަނެއްކާވެސް އެ ފައިސާކޮޅު ކައްވާލާނެއެވެ.
ރުއް ގުނަން އެނގޭނެ. ރުއް ކިޔަން ވެސް އެނގޭނެ. އެއްރުއް ވީމާ ވާނީ އެއް އެއްރުއް. ދެރުކުން އެއް ރުއް ކެނޑީމަ ވާނީ އެއްރުއް. މީ އެނގޭނެ މިންވަރަކީ. ވަކަރުގޭ ގަންޖާ ބޯ!!!
އަނެއްކާވެސް މަސްހުނި ގަނޑެއް. މަކަރާއި، ޙީލަތްހެދުމުގައި ތަނކޮޅެއް ތިވަރު ބޮޑު. ރައްޔިތުންގެ ބޯކާލަނީ.
އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ، އެޖެންޑާގައި ފުރަމަ އޮތީ، މިހާރު ޖަލުގައިތިބި ބޮޑެތި ކުށްވެރިން، ކުށެއް ނުކުރަނީސް ހައްޔަރުކުރި ބައެއްކަމަށް ނިންމާ ދޫކޮށްލުން. ދެންއޮތީ ފައިޞަލް މަޤާމުން ވަކިކުރުން. ދެންއޮތީ، ނަޝީދު ނާއިބު ރައީސް ކަމުގެ ހުވާކުރުން. ދެންއޮތީ އިބޫ އިސްތިއުފާ ދިނުން. ދެންއޮތީ، ނަޝީދު ރައީސްކަމުގެ ހުވާކުރުން. ދެން ބޭރުޤައުމު (ޔަހޫދީންގެ) އަތުން ނަގާފައި ފައިސާޔަށް ދިވެހި ޤައުމު ބައިބެހުން. އެއިގެ ތެރޭގައި އިސްލާމް ދީން ގާދޫކޮލުން ބޭރުވީ.
ﷲ އިރާދަކުރެއްވިއްޔާ މަނިކުފާނު އޮންނާނީ ހަމަ ޖަލުގަ.
ބޮއެގެން ކަޓާފަ ހުންނަ މީހަކަށް ގުނޭނެބާ؟
ނޫނޭ ތަސްބީހައެއް ހިފައިގެން މިސްކިތުގަ.ސިޔާސީ ކަންތަކުން އެކަހެރިވެލައްވާފަ ޢާހިރަތަކަށް ނަފާ ހޯދުން މާ ރަނަގަޅެއް ނޫންތޯ މަނިކުނު
އާ ތީ ކަލޯއާ އެންމެ ގުޅޭ މަސައްކަތް