ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރަންވީ ގޮތް މަޖިލިހުގެ ގަވައިދުގައި އެބައޮތް ކަމަށާއި ނަޝީދު ތިހާ ހަޑިކޮށް ނޫޅުއްވުމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވީ މަޖިލީހުގެ ދާއިިމީ ކޮމިޓީތަކަށް އެމްޑީޕީން އައްޔަންކޮށްފައިވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެ ޕާޓީން މަޖިލީހަށް ހުށަހެޅި ނަމަވެސް އެހުށަހެޅުމަށް އަމަލު ނުކުރާނެ ކަމަށް ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނިކޮށެވެ.

ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް ގަވައިދުގައި މަޖިލިސް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމަކީ މަޖިލިސް މެމްބަރު ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީ އަށް އޮންނަ ބާރެއް ކަމަށެވެ. އެއީ މަޖިލިސް ރައީސް އަށް އޮންނަ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ކުރަންވީ ގޮތް މަޖިލިސް ގަވައިދުގައި ސާފުކޮށް އެބައޮތް. ރައީސް ނަޝީދު ތިހާ ހަޑިކޮށް ނޫޅުއްވާ،" ރޮޒެއިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ނަޝީދު މިއަދު މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާހާ ހިނދަކު މެންބަރުންގެ އެދުމާއި އަދި ރުހުމާއި ނުލައި މަޖިލީހުގެ އެއްވެސް ކޮމެޓީއަކުން އެއްވެސް މެންބަރަކު ވަކިނުކުރެވޭނެ ކަމަށެވެ.

އެއްވެސް މެންބަރަކު ކޮމެޓީއަކުން ވަތްކެއް ނުކުރާނަން - ނަޝީދު

މަޖިލިހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތަށް ހިންގަވަން އޮންނަ ތަނެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ސޮއި ކުރައްވައި ނަޝީދަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ އަށް ކޮމިޓީއެއްގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައި އޮންނަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ހުށަހަޅާނީ މެންބަރުން ނިސްބަތްވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ކަމަށެވެ. މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތަކީ ވެސް ޕީޖީ ލީޑަރު ކޮމެޓީއަކަށް ބަދަލެއް ގެންނަން އެދުމުން މަޖިލީހުގެ އިދާރާ އިން އެބަދަލު ގެނެސް، ޖަލްސާއެއްގައި ރިޔާސަތުން އެކަން އިއުލާން ކުރުމެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕާ ތަކުރާރުކޮށް ހިލާފުވި ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފައެވެ. އެ އިންޒާރު ދެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ.

އޭގެއިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިވެއްޖެ ކަަމަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފައެވެ. އޭނާއަށް ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެއްވެސް މަގާމެއްގައި ވާދައެއް ނުކުރެއްވޭ އިރު، އެމްޑީޕީ އާ ގުޅިވަޑައިގެންނެވޭނީ އެއް އަހަރު ދުވަސް ފަހުންނެވެ. އަލުން ގުޅިވަޑައިގަންނަވާ ނަމަ ސައްހަ 100 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    މައި ކަލާކޯ! ރޮޒޭނާ ތި އުޅެނީ ވާ ހާދަ ތިއްތި ކޮށޭ ދޯ؟ ކޮބާ ގާޑިޔާ، ކޮބާ ގާޑިއާ ކައިރިން ނާނު ނެގި އެ ތި؟ މައި ރަސްކަލާންގެ ދުނިޔެއަށް ފޮނުއްވީތީ ދެން ހަމަ ތެޅި އަރުވަނީ މި މީހުން. ﷲ މި މީހުނަށް ހެޔޮ ރަޚުމަތް ލައްވާށީ.

    12
    1
  2. Babu

    ކެރަފާ ސޮރު އެއުޅެނީ އެއްޗެއް ބޮއިގެން....ސައިޒަށް ކަނޑާލާ މާ ބޮޑަށް ސައިޒު އޮޅެންޏާމު...

    6
    10
  3. މުކޭ

    ސާބަހޭ ރޮޒޭ ޑީއާރުޕީ އިން އައިސް އެމުޑީޕީ ތިޔަ އަތުލެއްވެވީ އަދި ޕާޓީގެ ލީޑަރ ބޭރުކުރައްވާފަ..ނާސީދު ކަނޑާލާތި ތިޔަޕާޓިން

    9
    4
  4. ޑައެލޯގް

    ހާދަފައިސާއެއް މިރޮޒޭނާ އިބޫގެ ޒީރޯޓޮލަރެންސްގެ ދަށުން ކައްވާލައިފިއޭދޯ އެކިއެކި ބަދަލުގެ ގޮތުގަޔާއި އެކިހަދިޔާގެ ގޮތުގައެވެ.

    19
  5. ހައްދުންމަތި

    މީ ނާ މަޖިލީހުގެ ގަވައިދަށް ހުރުމަތް ތެރިކޮށް ނުހިތާނަމަ، މަޖިލީހުގެ ރައީސަކަށް ކުފޫ ހަމަވޭ ބާ؟

    7
    10
  6. ބޫގާ

    ހުޅުމާލެ ފިޔވަހި 2 އިން ބޮޑު ބިމެއް ދިނީ ތިފާޑަށް އަނގަތަޅާ މަތިން

  7. ބަޑަންޑޫ

    ނަޝީދުއަކީ އަބަދުވެސް ހުދުމުހުތާރު ބޭފުޅެއް ވެރިކަމާއިހެދި ހަމަ މަރަށްބތެޅެނީ އެހެރަ އޭނާގެ ހައިސިއްޔަތު އޭނާއަށްބއެވަނީ އޮޅިފައި

  8. ޖެރާޑް

    މޮޔަނުގޮވާ ރޮޒޭނާ.. ތިބުނާ މަޖިލިސް މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީގެ ރައީސްއަކީ ކާކުތޯ? އެމްޑީޕީގެ ރައީސް ރަައީސް ނަޝީދު އެއަންގަވަނީ ނުވާނެއޭ.. މިއަދު މަޖިލިސްރައީސް އަކަށް ވެސް އިންނެވީ ހަމަ އެމަނިކުފާނު އެހެންވީމާ ބުނެވޭނެ.. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން.

  9. ނަމަ

    ރައީސް ނަޝީދު އަނެންކާ ރޮޒެއިނާ އާއި ބެހެން އުލެނީބާ؟

  10. 😡😡😡

    ރޮޒޭނާތީ ވ ތާހިރު މީހެއްތަ!