ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮތެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ފަހުން ކުރިއަށް ނުދާއިރު މިއަދުވެސް މަޖިލިސް ކުރިއަކަށް ނުދެއެވެ. އެއީ މަޖިލީހަށް ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތް ކަމުގެ ގަރާރު މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ރިޔާސަތު ބަލަހައްޓާނެ މީހަކު ނުވެގެންނެވެ.

އެހެން އެކަން އޮތް އިރު، އިއްޔެ އަމީން އާންމު ރައީސް ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އީވާ ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައިވާ އޮތް އިރު ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ ވެސް އޮތީ ހުށަހަޅައިފައިވާ ކަމަށެވެ. އީވާގެ މައްސަލަ ކުރިއަށް ނުގޮސްގެން އުޅޭ ސަބަބުތަކުގެ ތެރޭގައިި ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައި އޮތުމުން ރިޔާސަތު ބަލަހައްޓަން އެމަނިކުފާނު އުޒުރުވެރިވުމާއި އަދި އީވާގެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން އޭނާއަށް ދިފާއުގައި ވާހަކަ ދައްކަން ދޭން ޖެހޭ ވަގުތު، އާންމު ކޮމިޓީ އެކުލަވާނުލައި އޮތުމުގެ ސަބަބުން ފާސް ނުކުރެވިފައި އޮތުން ހިމެނެ އެވެ.

އެހެން ނަމަވެސް އަމީން އާންމު ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮމިޓީތައް އެކުލަވާ ނުލެވި އޮތުމަކީ އީވާގެ މައްސަލަ ޖަލްސާއަށް ހުށަނޭޅި މަޑުޖެއްސިދާނެ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރިޔާސަތު ބަލަހައްޓަން ރައީސް ނަޝީދު އުޒުރުވެރިވެ ލައްވާ އިރު އެ މަސްއޫލިއްޔަތު އެހެން ފަރާތަކާއި ހަވާލުކުުރުމަށް ވެސް ނިއުޝާ އެދިވަޑައިގެންނެވި އެވެ.

އޭގެ އިތުރުން އީވާ މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އެހެން ނުހުއްޓި ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައި ދިނުމަށް ވެސް އަމީން އާންމު އެދިވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންނި

    ތިވަރަށްދެން އަމީން އާއްމް އަޅުގަނޑަށް އާދޭސް ނުކޮށްބަލަ އަހަރެންގެ ބޮލަށް ވަރަށް އުދަގޫވޭ.. އަސްލަމްއާއި ރޯޒް ޖުހާގެ ހައްލެއް ތިކަމުގައި ހޯދާނެ.. ތަޅުދަނޑި ހޯދަން އައިސިއްޔާ ބުނޭ ބަރަވެލި ކަނޑުގެ އަޑީގައި ފީނާށޭ..

    8
    4
    • ޒަރީނާ

      ތިހާވަރަށް ބޮލަށްއުނދަގޫވަންޏާ ބޭސްކާންވީނު ؟

  2. އަބްދޫ

    މަޖިލިސް ހިންގުމަށް ނަސީދު ހުރަސްއެޅުމުން ސްޕްރީމްކޯޓަށް ދިއުމުގެ ބާރު އަމީންއާންމަށް ލިބިލައްވާނެ. ދުސްތޫރީ މައްސަލައެއްގެގޮތުގަަ ސްޕްރީމްކޯޓަށް އަވަސްނިޔާއަކށް އެދި ހުށަހަޅުއްވާ ނަސީދު އުޒުރުވެރިވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑަނޭޅުމުން މަޖިލިސް ހައިޖެކް ކުރީކަމަށް ބަލާ ޓެރަރިޒަމްގެ ގާނޫނަށް ވެސް އަމަލުކުރެވިދާނެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ށ އާއި މަޖިލީހުގެގަވާއިދު ތަންފީޒުކުރެވޭނެގޮތަ ހެދުމުގެ ބާރު އަމީންއާނަމަށް ލިބި ވަޑައިގަންނަވާނެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނަސީދު ހައްޔަރުކޮށް އަވސް ސަރީއަތެއް ހިންގުމުގެ ބާރު ރައީސުލްޖުމހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެ.

    7
    1
  3. މަންތިރި

    އަމިންނާމު ތިކަންވެސް ނުވިކަމަށްބަލާފަ އިސްތިއުފާދީފަ ގެއަށް ކަޑާލަބަލަ

    3
    3
  4. ރާކަނި

    އަންނިމެންނަށް ޑިމޮކުރަސީ ދަސްކޮށްދޭން އެބަޖެހޭ.. ޑިމޮކުރަސީއަކީ ވަށްއެއްޗެއްކަން ދިގުއެއްޗެއްކަންވެސް އަދިނޭގޭ !!

  5. ސަމީރުއިންޑިއާ އައުޓް

    ބޯގެރި ދުއްވަނީ، ރައްޔިތުން ވާނުވާ ގަ ތަޅުވަން،
    ތީ ނަށީދާ ޗޯރޭ ގުޅިގެން ކަލޭމެން ރައްޔިތުން ހައްދަން ޖަހާ ސަކަރާތެއް!