ގައުމަށް 43 އަހަރު ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ޝާކިރު (ހަތިފުށީ ޝާކިރް)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ މިއަދު ގުޅިވަޑައިގެންފިއެވެ.
ހަތިފުށީ ޝާކިރު، އެމްއެންޕީއާ ގުޅިވަޑައިގެން ކަން އިއުލާންކޮށްފައި ވަނީ އެ ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައެވެ. ޝާކިރަކީ 12 އަހަރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަން ކުރެއްވި ބޭފުޅެކެވެ.
އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ޝާކިރު ވިދާޅުވީ އުޖާލާ ޒަމާނެއް ރާއްޖެއަށް ގެނެވޭނީ ނާޒިމް ވެރިކަމަށް ގެނެސްގެން ކަމަށާއި ނާޒިމްގެ ނެނިފެސްޓޯގައި އޭނާއަށް ނުކުރެވޭނެ ވަރުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ޝާކިރު ވިދާޅުވީ، ސަރުކާރުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި އިރު ނާޒިމްހާ ވެރިކަމަށް ގާބިލު ބޭފުޅަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ކޮވިޑް ތެރޭގއިވެސް އަޅުގަނޑަށް އެނގިފަ އޮތް ގޮތުން މާބޮޑެތި މުއްސަނދި މިލިއަނަރުންވެސް އެމީހުންގެ ކައިރީގައި ތިބި މުވައްޒަފުންނަށް ހަމަ ކަނޑާ ދުއްވާލިއިރު މައިނަސް ވެގެންގޮސް އެމީހުން ބަނޑަށްޖެހޭ ހިސާބަށް އެމީހުންގެ ހާލަތުދިޔަ. އޭރުވެސް އަޅުގަނޑަށް އެނގޭ އޮތް ގޮތުން ވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓް ނާޒިމް އޭރުވެސް އަރިހުގައި މަސައްކަތްކުރެއްވި މުވައްޒަފުންނަށް ވަރަށް ރަނގަޅު އިންސައްތައެއް ބަރާބަރަށް ދެމުން ގެންދެވި." ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ، އެ ހާލަތުގައިވެސް ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ވިސްނުމާއި ހެޔޮ ނިޔަތް ގެންގުޅުއްވި ކަމަށެވެ. އަދި ނާޒިމް އިންތިހާބުގައި ވާދަކުރައްވަނީ ގައުމުގެ މިހާރު ހުރި ހާލަތު ބަދަލުކޮށްލުމުގެ ނިޔަތުގައި ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.
އެހެންކަމުން ފައިސާ ދީގެން ވޯޓު ވިއްކާ އުސޫލު ބަދަލުކޮށް ގައުމުގެ މުސްތަގުބަލަށްޓަކައި ތެދުވެރި ވަފާތެރިއަކު ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި، އެކަމަށް އެންމެ ގާބިލު ވެރިއަކީ ނާޒިމް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ވެސް ވަނީ ވާދަކުރަން ނިންމައި މެނިފެސްޓޯ ވެސް އިއުލާންކޮށްފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަށްރަށަށް އެންމެ ފުރަތަމަ ފެއްޓެވީ ވެސް ނާޒިމްއެވެ.
ވަކިވަރަކަށް ޗޯރުވީމަވެސް ރައްޔިތުންނަށް އަސްލެއް ނޭގޭނެ މިއަދު ރައްޔިތުންނަށް މާހެޔޮނއެދިގެން އުޅޭ މިހަކަށް ވާން މަސައްކަތްކުރާއިރު އާއިލާ މީހުންނަށްވެސް ހަރާން ކޯރުމީހެއްތީ ދެން ކިހިނެއް ރައްޔިތިންނަށް ރަނގަޅުވާނީ މީގެކުރިން މީނަ މަިގައުމުގައި ހުރި ހުރިހާކަމެއް އޯކޭ ސަރުކާރުތެރެއިން ބޭނުންވާ ހުރިހާ މަންފާއެއް ލިބި ނިމުނީމަ މީހާރު މުޅިސަރުކާރު އެއްކޮށް ލިބޭތޯ ހޭވައްޓާލާފަ އެ އެޅެނީ
ކޮންމެ ޕާޓީއެއްގައިވެސް ޅެން ހަދާނެ މީހަކު ހުންނަންވާނެ. ދެން ހޯދަންވީ އެޅެން ކިޔާނެ މީހަކު.
ނާޒިމަކީ ރަގަޅު މީހެއް ނޫން! އެކަން މާލޭ މީހުނަށް ވަރަށް ރަގަޅަށް އެގޭނެ!
ސަރުކާރުވަޒީފާގަ ނޫޅެ އެހެންމީހުން މިގައުމައް ކުރަނީ މަސައްކަތް ނޫންބާ . ކަމެއްނުކޮއް އިތުރުގަޑީލާރި ނެގުމުގައާ ކަޓުނެގުމުގަ އުމުރު ހޭދަ ކޮއްފަ ވެސް މާރީތި ނަމެއްކިޔައިގެން އެމަނިކުފާނު ނުވަތަ އެކަމަނާގެ ގައުމީ ޚިދުމަތުގެ ވާހަކަ......
ޝާކިރު އަކީ ރަނގަޅު ބޭފުޅެއް.