ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށްދާތީ އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ބައްދަލު ކުރެވެން ނެތް ކަމަށް ރައީސް އޮފީހުން އަންގައިފިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން އިދިކޮޅުން ތިން ދުވަސް މަތިން ވެގެން ވަނީ ރައިސް އޮފީހަށް ގޮސްފައެވެ. ނަމަވެސް އެއިން އެއް ފަހަރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެވޭ ގޮތެއް ނުވިއެވެ.

އަދި ރަސްމީ ޕްރޮޓޮކޯލް އިން ރައީސް ސޯލިހަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން ރައީސް އޮފީހުގައި ތިއްބަވައިގެން ސިޓީއެއް ލިޔުމަށް ފަހު، އެ ސިޓީ ރައީސް އޮފީހާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

އެ ސިޓީއަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޖަވާބު ދެއްވައި ސޮއި ކުރައްވައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ބުނީ ރައީސް ޔާމީން މި ވަގުތު ތަންފީޒުކުރަމުން ދަނީ ޝަރުއީ ކޯޓަކުން އިއްވާފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ސިޓީއާ ރައީސް ސޯލިހާއި ގުޅުމެއް ނެތް ކަމަށާއި މީހަކަށް އަނިޔާއެއް ދިނުމަކީ ރައީސް ސޯލިހު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ އިސްތިއުނާފްގެ ޝަރީއަތް ކުރިއަށް ދާ މި ދަނޑިވަޅު އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރައީސް ސޯލިހުގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާނަމަ އެކަން ކަމާއި ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވެސް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އުގުރި

    ސޯލިހުތޯ އެމައްސަލަ ބަލަނީ..

    9
    3
  2. ނަމަސްތޭ

    ހަހަހަހ ރާ ކަނި މަސްހުއްނާނީ ކެވިފަ . . ސޯލިބެ ތިހެދީ ރަނގަޅަށް ' މިހާރު އިނގިފަ ހުއްނާނީ ސިޓީ ރައްދުވާ ކަމާ އެއައް ޖަވާބުދާރީވެސް ވާކަން . . ކަލޭމެން އިންސާފޭ ގޮވާއިރު ރާއްޖޭގެ ކޯޓުތަކުންނޭ ވަގު ކަލޭގެ ވައްކަން ކުރިކަމަށް ނިންމާފަ އެޔޮތީ . . ޖަލުގަ ދެންތިބި ކުއްވެރިންވެސް ހަމަ ކޯޓުތަކުން ނިންމީ މައާ ޖަލުގަ އެތިބީ . . ބަޔަކު ހޭބަލި ވެދާނެ ލޮލް

    3
    15
  3. ދިވެހި މުސްކުޅިން

    ޝަރީޢަތެއް ކުރިއަށްދަނިކޮށް އެޚަސްމުގެ ފަރާތުން ރައީސުލް ޖުމްޖުހޫރިއްުޔާ އަށް އިސްލްތިމާސް ނުވަތަ މަޝްވަރާ ކުރުމަށް ފުރުސަތު ނުދެވޭނެ ކަން ނުދަންނަ ބަޔަކަށް ގައުމުގެ ކޮންވެރިކަމެއްތޯ ކުރެވޭނީ-

    2
    10
  4. ޓިނުއެދުރު

    ހަމަ ރަނގަޅަށް ތިހެދީ، ތި ޓިނު ހިސާބު ޖަހާ ބައިގަނޑާއި ބައްދަލުކުރާނެކަމެއްނެތް

    2
    13
  5. ޗާގޯސް

    ރައީސަށް ސަލާމް...

    5
    3
  6. ހިންނަވަރޭ

    މިރާއްޖޭގަ މައްސަލަ އެއް ހުށަހަޅައިގެން އިންސާފެއް ލިބޭނެ މުއައްސަސާ އެއްނެތް. ޙުުރިހާތާކަށް ވަނީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރުވާފަ. ތިޔަ އަލީ ޒާހިރަކީ ސަރުކާރުން ތަންތަނަށް ފޫޒުފޯރުވަން ބަހައްޓާފަ ހުންނަ ވަރަށް ހަޔާތްކުޑަ މީހެއް. إن شاء الله ވަރަށް އަވަހަށް ތިބައިގަނޑު ހަމަބިމަށްތިރި ކުރައްވާނެ. ޢަބަދަކު އަނިޔާވެރިކަން މަތީނުތިބެވޭނެ.

    14
    1
  7. ކައުޅުތަކާ

    ރައީސް ޔާމީންއަށް ވެރިކަން ލިބޭ ދުވަހަކުން ކިނބޫ ކޮއްޓަކަށްލާނެ..

    12
    5
  8. ސޯލޭ

    ހާދަ ރިހަ ވެރިޔެކޭދޯ ލޮލް

    12
    3
  9. ހުސޭނުބޭ

    ރައީސްގެ ޖަވާބު. ހެނދުނު އިރުމަތި ފަރާތުން އިރުއަރާތީ ބައްދަލުކުރެވޭކަށް ނެތް.

    13
    2
  10. ޒާ

    ވަރަށް ވޭނުގާ އުޅެންޖެހޭނެ ދުވަސް ކުރިޔަށް އޮތްކަން ހަނދާން ބަހައްޓާތި

  11. ރިޔާ

    ޢަމައްޔާތް....... ޗޯރޭ ތީ އަދި ޖަލު ގޮޅިއައް ފެތޭނެ ޗޯރެއް. ޢެހެންވީމަ ދެން.......

  12. ޢަލީ

    އިތުރު ފުޅުހެއްދެވިޔަސް ބޮޑުވަރު ދިވެހިގިނަރައްޔިތުން މިހާރު ރޮއެހިތާމަކުރޭ ތިކަހަލަ ނުބައި ނުލަފާ ރައީސެއް ގެނުވުނީތީ، ވާނުވާނޭނގޭ ކުޑަކުއްޖަކުވެސް ނެތްމިހާރަކު ކޮބާތަ ދެންތިބި މީހުނާ ދައުލަތަށް ހޯދަންޖެހޭ ތޮމާމެންގެ މީހުން އަތުން ނަގަން ޖެހޭހާ ފައިސާތަށް.....

  13. އަލީ

    އިތުރު ފުޅުހެއްދެވިޔަސް ބޮޑުވަރު ދިވެހިގިނަރައްޔިތުން މިހާރު ރޮއެހިތާމަކުރޭ ތިކަހަލަ ނުބައި ނުލަފާ ރައީސެއް ގެނުވުނީތީ، ވާނުވާނޭނގޭ ކުޑަކުއްޖަކުވެސް ނެތްމިހާރަކު ކޮބާތަ ދެންތިބި މީހުނާ ދައުލަތަށް ހޯދަންޖެހޭ ތޮމާމެންގެ މީހުން އަތުން ނަގަން ޖެހޭހާ ފައިސާތަށް.....