ގުޅިފައިވާ އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލު ކުރާނެ ކަމުގައި ކޯލިޝަން ކެޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އެ އަތޮޅު ކިނޮޅަހަށް އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އިއްތިހާދުގެ މެނިފެސްޓޯގައި ހިމެނެނީ ރައްޔިތުންނަށް ފައިދާ ހުރި ކަންތަށްތަކެއް ކަމަށާއި އިއްތިހާދުގެ ވެރިކަމުގައި ހިމެނޭ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ކިޔަވައިދުނުން އެއް ދަންފަޅިއަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި ވެރިކަމަށް އާދެވިއްޖެނަމަ އެންމެ އަވަކަށް އެއް ދަންފަޅިއަށް ބަދަލު ކުރެވޭ ސްކޫލުތަކުގެ ތެރޭގައި ކިނޮޅަހުގެ ސުކޫލު ހިމެނޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭނެ. އެގޮތުން އިއްތިހާދުގެ ސަރުކާރުގައި ހިމެނޭ ތައުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގެ ސުކޫލުތަަށް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.
އަދި ފެނާއި ނަރުދަމާގެ ނިޒާމު ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކުގެ ބަނދަރުތަށް މަރާމާތު ކުރަން ޖެހިފައިވާއިރު އެކަންތަށްވެސް ކޯލިޝަންގެ ޝަރުކާރުން ކުރާނެ ކަމުގައި އިބޫ ވިދާޅުވިއެވެ.
"ރާއްޖޭގެ ގިނަ ރަށްތަކުގެ ބަނދަރު ވަނީ އަލުން މަރާމާތުކުރަން ޖެހިފަ. ބައެއް ރަށްރަށުގެ ބަނދަރު ފުން ކުރަން ޖެހިފައިވާއިރު އަނެއްބައި ރަށްތަކުގެ ބަނދަރު ބޮޑުކުރަން ވަނީ ޖެހިފަ، ކޯލިޝަންގެ ސަރުކާރުން އެކަންތަށްތަށްވެސް ހާއްސަ އިންކަމެއް ދީގެން ކުރާނަން" އިބޫ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމުން މިހާރު ފެންނަން އޮތް ހަޤީގަތަކީ ވަކި ފަރާތްތަކެއް ބޭނުންވާ ގޮތަށް ހުކުމްތަށް އިއްވުން ކަމަށްވެސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ. އަދި ކޯލިޝަންގެ ސަރުކާރެއްގައި ޝަރުއީ ނިޒާމު ހަރުދާކުރެވި އެކަހެރި ކޮށްފައިވާ ޝަރީއަތްތަށް ބަލައި އެ ފަދަ ފަރާތްތަކުގެ މައްސަތަށް ބަލައި އިންސާފު ލިބެން ޖެހޭ ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަމުގައިވެސް އިބޫ ވިދާޅުވިއެވެ.
ކިނޮޅޮހަށް އިބޫ ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި ފެނާއި ނަރުދަމާ އަޅައިދިނުމާއި އެކު ކުޑަކުދިން ހިތްހަމަ ޖައްސައިސިނުމަށް އެރަށުގައި ކުޑަކުދިންގެ ޕާކެއް އަޅައިދިނުމަށް ވައުދުވެފައެވެ.
އަޅުގަނޑުމެން މިހާރުވެސް އެއްދަނފަޅިއަށް ސްކޫލަށްގެންދަނީ
ސްކޫލްތައް އެއްދަންފަޅިއަށް ނެތުމަކުން ދިވެހިންނަކަށް ވާ އުނދަގުލެއް ނެތް..އެހެން ވީމާ ތީކީ މާ މުހިއްމު ވައުދެއް ނޫން. ޢަދި ވޯޓް ލާން ޖެހޭ އެއްވެސް ސަބަބެއް އިބޫ އަކަށް ބުނެ ނުދެވޭ.
ކަލޯ އިބޫބެ ހަމަތަ މިގައުމުގެ ސްކޫލު ތަކުގާ މިހާރު ކިޔަވައި ދެނީ އެއްދަނފަޅިއަށޭ ދެންކަލޭވެރިކަމެއްގާ ސްކޫލްތަށް 1 ގަޑީއިރަށް ހަދައިދެން ވައުދުވެބަލަ
މައި ފުޓް!!!!
މިހާރު ތިކަމެއް ނުވާނެ އިބޫ އަކަށްވެސް މާލޭގެ ސްކޫލްތަކުގަ އަމުދުން ނުވާނެ
ތިޔަ އިބޫއަކީ އެއްވެސް ކަމެެއްކުރެވޭޒާތުގެ މީހެއްނޫން.
2008 ގައިވެސް އެށްދަންފަޅިޔަށްބަދަލުކޮށްފައި
އަނެއްކާ 2018ގައިވެސްތަ
ދިވެހިން ގުބޯހައްދަންނޫޅެބަލަ
މިހާރުވެސް އެއްދަންފަޅިއަކަށް ކިޔަވައިދެނީ.
އަހަންނަށްވެސް ތިޔަކަހަކަ ވަޢުދުވެވިދާނެއެވެ. އިބޫއަށް ތިކަމެއް ނުކުރެވޭނެއެވެ.
މީނަ މީ ހަމަ ރިހާގެވެސް ރިހަ. ކަލޯމެންގެ ވެރިކަމުގައި ސްކޫލްތަކުގައި އެއްދަންފަޅިއަކަށޭ ކިޔާފައި ކިޔަވާދިނީ ސްކޫލްތަކުގެ ގުދަންތަކާއި މެސްރޫމާއި ހޯލުތަކުގައި. އެ ތަންތަން އެވަރަށް ތަރައްޤޫކުރުމަށް ހުރި ފައިސާކޮޅުވެސް ދިރުވާލީ!