ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ބެހޭގޮތުން މި ސަރުކާރުން ހައްދަވަމުން ގެންދާ ދޮގު ސާބިތުވަމުންދާ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ގުޅޭ ގޮތުން ދައްކަމުންދާ ދޮގު ވާހަކަތައް ވަރަށް ސާފުކޮށް މިފަހަރު ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުން އެއީ ދޮގު ވާހަކައެއްކަން ސާބިތުކުރަން އުޅުމުންވެސް އޭގެ ހަޤީގަތް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށެވެ.

"މިޤައުމުގައި ބޭރު ޤައުމުގެ ސިފައިން ތިބި ތިބުމަކީ އެއީ ދޮގުވާހަކައެއް ކަމަށް އެއީ ނުހިގާ ކަމެއް ކަމަށް ދައްކަން އުޅޭ އުޅުމުގެ ސަބަބުންވެސް އެކަމުގެ ހަގީގަތް އެއީ ތެދު ވާހަކައެއްކަން އެދަނީ ސާބިތުވަމުން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ޖަގަހައަށް ވަޑައިގަތުން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

މާފަންނު ހުޅަނގު ދާއިރާގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވާލަން މި ސަރުކާރުން މަސައްކަތްކުރިޔަސް އެއީ ނުވާނެ ކަމެއް ކަމަށާއި މިޤައުމުގެ ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތަންދޮރު ފިލާ އަދި ހޭލާތިބި ބައެއް ކަމަށެވެ. އަދި ޤައުމުދެކެ ލޯބިވާ ރައްޔިތުން ޤައުމު ސަލާމަތްކުރަން ނުކުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ފުރަތަމަބުރުގައި ޚިޔާލު ތަފާތުވި ބޭފުޅުންނަށްވެސް މިހާރު ސާފު މަންޒަރު ފެނިގެންދާނެ ކަމަށާއި އެބޭފުޅުންވެސް ޕީޕީއެމް ޕީއެންސީއާއެކު އަތްގުޅާލާ މަސައްކަތް ކުރުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުގެ ބަދަހި ޓީމް އޮތީ ނުކުމެ ކަމަށެވެ. އަދި ހާރިޖީ ގުޅުންތައް އެހެން ޤައުމުތަކާއެކު ބަދަހި ކުރިނަމަވެސް އިސްކަންދޭނީ ޤައުމުގެ މިނިވަންކަމަށްކަން މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ޖަގަހައިގައި ރައްޔިތުންނައި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

"މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަކީ ކުޅޭކުޅޭ އެއްޗެއް ނޫން." މުއިއްޒު ވިދާޅުވިއެވެ.

ދިވެހިން ދިވެހިވަންތަކަން އިސްކޮށް ޤައުމުގެ މިނިވަންކަމާއި ދަރިންގެ މުސްތަޤުބަލަށްޓަކައި މާތްވި އިސްލާމްދީނަށްޓަކައި އެންމެން އަތްގުޅާލާ ނުކުންނަން މުއިއްޒު ގޮވާލެއްވިއެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބާއި އަޅާބަލާއިރު ދެވަނަ ބުރުގައި މާ ބޮޑުތަނުން ކުރި ހޯދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައުޓް

    ރައީސް އިބޫ ތަ އިންޑިއާ ސިފައިން އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ މިހާރު އިންޑިއާ ސިފައިން ބާލަންވީއޭ ބާލާބާލާ މިރާއްޖޭގައި އެބަތިއްބޭ ސަރުކާރުން ކާންދީ މުސާރަ ދީ ބަލަހައްޓާ އިންޑިއާ ސިފައިން ބަރުހަތިޔާރާއި އެކު 15 ހާސް ސިފައިން މީހާދަ ގިނަ އަދަދެކޭ މީ ރާއްޖޭގެ ޑިފެންސް ފޯރސްގެ 5 ގުނަ ބޮޑު އަދަދެކޭ މިހުރިހާ އެންމެން ބާލާށޭ އެނޫން ނަމަ އިންޑިއާ ސިފައިންނާއި ދިވެހިންނާއި ދެމެދު ދާޚިލީ ހަނގުރާމަ އެއް ހިނގައިފާނެއޭ އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބައިފިނަމަ ދެވަނަ ފަލަސްތީނަށް މިރާއްޖެ ބަދަލުވާނެއޭ ރައީސް އިބޫގެ ދެވަނަ ދައުރުގައި އެއީ ޔަގީން ކަމެކޭ އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް

    46
    3
  2. ލަބީނާ

    ޢިންޝާﷲ ދެވަނަބުރު ﷲގެ ހެޔޮރަހަމަތުން މާބޮޑުތަފާތަކުން މުއިޒް ކާމިޔާބް ކުރައްވާނެ . ކަނޑުންދޭ ގޯތިތަކާއި ފުލެޓްތަކަށްވުރެ މިގައުމުގެ މިނިވަންކަން މާމުހިންމު ވަންނާނެ ތަނެއްނެތި މަގުމަތީގައި ތިބެންޖެހުނަސް މިގައުގެ މާތްވި އިސްލާމްދީނާއި ދިވެގިގައމުގެ މިނިވަންކަން ދިފާއުކުރަން މުއިޒަށް ވޯޓްދޭނެ ކިތަންމެ ރައްޔިތުންނެއް މިތިބީ ތައްޔާރަށް .އެމް ޑީޕީ އާންމު މެމްބަރުންނަށް ހެޔޮވިސްނުންވިސްނި މުއިޒް ފަހަތުން ގައުމު ދިފާއުކުރަން ނުކުންނަ ބަޔަކު ކަލުގައި ލައްވާށި . މިގައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރައްވާށި : ޢާމީން

    72
    5
  3. Anonymous

    އިންތިޚާބުން ބަލިވެގެން އިބްރާހީމް މުޙައްމަދު ޞޯލިޙު ފިލައިގެން ދިޔަ ދީގެން ނުވާނެއެވެ. އިންޞާފުވެރި ޝަރިޢަތެއް ކޮށް ޙައްޤު އަދަބު ދޭންވާނެއެވެ.

    42
    5
  4. ގަމާރުދިވެހިން

    ނެތޭ ވަގަކަށް ވޯޓް ލެވޭކަށރއް!

    20
    2
    • ނަރިންދުރަ

      ތިބުނީ ޗޫރެ...ރޭ ގެ ވާހަކަދޯ!

      19
      3
  5. ޔަހޫދީ

    ޔަހޫދީން ދުނިޔެ ކަމުން ދާގޮތަށް ދޮގު ހަދައިގެން ދުނިޔޭގަ ރަސްކަން ކުރަމުން އެދަނީ، އެމީހުން ހަނދަށްވެސް ދިޔަ ނޫންތޯ.

    26
  6. ޚިޔާލު 2

    ސިފައިންގެ ހުރިހާ އޮފިސަރުންގެ ބަސް ދޮގުކޮށް އެހެންމީހުން ދައްކާ ވާހަކަ ތެދުކުރާންވީތޯ؟ އެ އެންމެ ބޭކަލުންވެސް ގައުމަށް ގައްދާރުވެ ހުވަޔާ ޚިލާފުވާނެކަމަށް ގަބޫލުކުރަނީ ކޮންހަމަޔަކުންތޯ؟
    ގައުމަށް ސިފައިންގެ ބޭކަލުން ނެތް ލޯއްބެއް އެހެން އެއްވެސް ރައްޔިތަކު އޮންނާނެތޯ ފުރަތަމަ އެ ބޭކަލުންނޭ ފުރާނައިން ގުުރުބާންވާނީ އެފަދަ ބައެއްގެ ބަސް ސަލާމަތާއި ގުޅޭގޮތުން ގަބޫލުނުކުރާބަޔަކީ ކޮންފަދަ ޖާހިލު ބައެއްތޯއެެވެ. ވެރިކަމާއިހެދި ސަލާމަތާބެހޭ ދޮގުވާހަކަ ހަމަ އެކަކަށްވެސް ސިޔާސީ ބޭނުމެއްގައިވެސް ދެކެވިގެންނުވާނެއެވެ.

    1
    1
  7. ގަބުރު

    ރާއްޖޭންބޭރުގަ އެންބެސީތަކުގަ ވަޒީފާދީފަތިބި އާއިލީގުޅުންއޮނަ ކުދިންގެ މުސާރަހާމަކުރަން ވާނެ.

    1
    1
  8. އަޙްމަދު

    އިބޫ ނުހޮވުނަސް އިބޫ އަކީ ރައީސް ގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކެއް ހުރި ބޭފުޅެއް. ހަމަ އެގޮތަށް މުޢިއްޒު އަކީވެސް ވަރަށް އަޚްލާޤު ރަނގަޅު، ތަޢުލީމީ ބޭފުޅެއް. އެހެންކަމަށް ވުމުން، އެއްވެސް ފަރާތަކުން ޤައުމު ވިއްކާލިޔަކަ ނުދޭނެ. ވެރިކަމާ ހެދީ ދެ ޕާޓީ އިން ވެސް ހިތައްއެރިހާ އެއްޗެއް ގޮވަނީ.....

  9. ފެއްސޭދެން

    ޖޭޕީ އާއި އެކު ކޯލިޝަން ހަދަން ޕީޕީއެމް އިން އިސްނަގަން ޖެހޭނެ ރިޔާސީ އިންތިޚާބެެއްގައި 5 ހާސް ވޯޓް ވެސް އެއީ ވަރަށް ގިނަ އަދަދެއްގެ ވޯޓޭ މުއިއްޒު ދައްކާފައިވާ ވާހަކަ ތަކުގައި އެންމެންނާއި ގުޅިގެން އެންމެންނާއި ކޯލިޝަން ހަދަން ތައްޔާރަށް ހުރި ކަމަށް ބުނާއިރު ކުއްލި އަކަށް ރައީސް ޔާމީންގެ މާ ގާތް ރަށްޓެއްސަކު މީ ކޮންތާކުން ފައިބައިގެން އުޅޭ އެއްޗެއްތޭ ރިޔާސީ ކެންޑިޑޭޓް ހުއްޓާ ޑރ. ޖަމީލު ހުއްޓާ މިގާތް މީހާ މީދެން ކާކުތޭ ފެއްސެންވީއޭ ތަމެން ޕީޕީއެމް އިން ކިހާ ބޮޑު ބަލާއެއްތޭ ބޮޑެތި ވަގުން ރައީސް ޔާމީންގެ މާގާތް މީހުން ކަމަށް ހެދިގެން ތިޔާ ވިލުފުށި ބޮޑުވަގު ތެޔޮ ރަމީޒު ބޮޑު ކަނޑުކޮސް ނޫންތޭ މަމެން ނުދަންނަ ރުނޑިއެއް ނޫނޭތީ ރައްކާވާން އުޅޭ ތަމެން މިއޮތްހާ ދުވަހު ކޮބާ ތަމެން ނޫންތޭ އިންޑިއާ އާލާތުން ގޮވައިގެން އެއާލާތުން ހަދާ ރިސޯރޓަށް ވެސް ދަނީ މީ މަމެން ނުދަންނަ ކަމެއް ނޫނޭ ބޮޑުވަގު...