ދުނިޔެއިންވެސް އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބު އޮބްޒާބު ކުރާނެކަމަށާއި، ވޯޓު ގަޑުބަޑުކޮށް އޮޅުވާލާނެ ޖާގައެއް ދިވެހިން ނުދޭނެކަމަށް ޖުމްހޫރީޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ދައުރުގެތެރެއިން އެކިއެކި އަނިޔާވެރިކަމުގެ އުކުޅުތައް ހަދައިގެން ދެމިގަތަސް، ދައުރު ނިމޭއިރު އިންތިޚާބުން ބަލިވީމަ ޤާނޫނާއި ޚިލާފަށް ވެރިކަން ދަމަހައްޓަން ބޭފުޅުން ނުތިއްބަވާނެ ކަމަށެވެ.
"މިއީ މި ވެރިކަން ބަދަލުކުރަންޖެހޭ ވަގުތު ވޯޓުން ކަންކަން ނިންމަންޖެހޭ ވަގުތު، ދިވެހި ފުލުހުންނާއި ސިފައިން ވެސް ޑިސިޝަން ނަގާނެ، ޤާނޫނުއަސާސީ އާއި އިސްލާމްދީނުގެ ދިފާއުގައި ފުލުހުންނާއި ސިފައިންވެސް ނިކުންނާނެ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ދިވެހިން ހިކުމަތްތެރި ކަމާއި އެކު މަސައްކަތްކޮށް، ވޯޓު ލުމުގެ ހައްގު ރަނގަޅަށް އަދާކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
"ރައްޔިތުން މިގޮތަށް ކަންތަށް ނުކޮށްފި ނަމަ ކުރިއަށްވެސް ފެނިގެންދާނީ އަނިޔާވެރިކަން, ތަރަށްޤީ އަކީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްވެ އިންސާފު ލިބުން" އަލީ ވަހީދު ވިދާޅުވި އެވެ.
ރައީސް ޔާމީން އަށް އިޝާރަތް ކުރައްވާ އަލީ ވަހީދު ވިދާޅުވީ އެޑްވާންސްކޮށް ވައްކަންކުރާނެކަމަށް ބުނުމީ މޮޅުކަމެއް ނޫން ކަމަށާއި، އެއިން ދައްކުވައިދެނީ މީހާގެ ނަފުސުގެ ނިކަމެތިކަން ކަމަށެވެ.
އެޑްވާންސަށް ވައްކަން ކުރުމަކީ މައްސަލައެއް ނޫންތާއޭ ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ލަންކާގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިސަރުކާރުން އެޑްވާންސަށްވެސް ވައްކަންކޮށްފައިވާ ކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ގަޑުބަޑު ކުރިޔަސް ކުރާނީ ހަމަ ތި އެމްޑީޕީ މީހުން. އިތުުރު ބަޔަކަށް މިގައުމުގަ ނޭންގޭނެ ފަސާދަ ކުރާކަށް
ބޭނުންހާގޮތަކަށް ކަރާ ފަޅާކަށް ރައްޔަތުންނެއް ތާއީދެއް ނުކުރާނެ އެނގިލައްވައިފިތަ.
ހަމަޖެހޭ އަލީ ވަޙީދު!! ވޯޓް ދާނީ ވަރަށް ޓްރާންސްޕޭރަންޓްކޮށް!! ކޯޅޭޝަން މިފަހަރު ރައްޔިތުން ނިކުމެ ވޯޓް ފޮށިން ބަލިކުރާނެ!! ކޯޅޭޝަންގައި ތިބެގެން ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް ކޯޅޭގޮތަށް ގައުމު ހިންގަން ފުރުސަތެއް މިފަހަރު ރައްޔިތުން ނުދޭނެ!! 2008 ވަނަ އަހަރު އޭރު ކޯލިޝަނެއް ހަދައިގެން މައުމޫނުގެ 30 އަހަރުގެ ވެރިކަން ބަދަލުކުރަން ނިކުތީމާ ރައްޔިތުން ހީކުރީ އެކޯލިޝަނުން ރައްޔިތުންނަށާ ގައުމަށް އިތުރު ކުރިއެރުން ގެނަސްދޭނެކަމަށް!! އެއުންމީދުގައި އެފަހަރު ކޯލިޝަނުން ނިކުން މީހުނަށް ރައްޔިތުން އާއެކޭ ބުނެ ރާއްޖޭގެ ވެރިކަން ޙަވާލުކުރީ!! އެކަމަު ވީ ކިހިނެތްތޯ!! ކޯލިޝަން ކޯޅޭޝަނަކަށް ބަދަލުވެ ގާސިމް ފުރަތަމަ ނިކުމެއްޖެ!! ދެން ހުރި މީހާ ފާޅުގައި ތިމަންނާގެ ހުރި ނުލަފާކަން ދައްކާލާނަމޭ ބުނެ ގައުމާ ރައްޔިތުންނާ މިގައުމުގައި އޮތް އިސްލާމްދީން ނުރައްކަލުގެތެރެއަށް ވައްޓާލީ!! މިފަހަރުވެސް ތިބީ ހަމަ މިމީހުން!! ނެތް ކޯޅޭޝަނަށް ފުރުސަތެއް!! ޔާމީނާ އެކީ ގައުމު ތަރައްގީގެ މަގުގައި ކުރިއަށްދާން ރައްޔިތުން ބޭނުންވަނީ!! ގައުމަށް ހަމަޖެހުމާއި އަމާންކަން އަދި ފާގަތިކަމާއެކު އިސްލާމްދީނުގެ ހިޔާވަހިކަމުގައި ރައްޔިތުން އުޅެން ބޭނުންވަނީ!!
ތޮއްޑޫ ފީކަރާ އަލީވަހީދު، މައްމަ ކިއްލި ވިއްކާފަ ބައްޕަ ބޯޓް ދަތުރެއްކޮށްފަ 50މިލިޔަން ޑޮލަރ ބަނޑަށްލެވި އެމްޑީޕީއަށް ވިކިގެންދިޔަ އައްދާރު ކަލޭގެއަށް ނެއެގޭނެ މިގައުމުގެ ރައްޔިތުން ބޭނުންވާގިޮތް ބުނެދޭން، ވޯޓް އޮޅުވާލައި ގަޑުބަޑުކޮށްގެންވެސް އަހަރުމެން ރައްޔިތުން ޖާގަދޭން ބޭނުންވަނީ މިހާރުގެވެސް ގަޓުސަރުކާރުގެ ގަޓް ރަޢިސު ޔާމީން އަށް، ރައްޔިތުން ބޭނުންވަނީ ކޮލިޓީ ތަޢުލީމީ ޙިކުމަތްތެރި ރައީސެއް ސްޕީޑީ ތަރައްގީ، ތަމެންގެ 3އަރުގަ ދުށްފަދަ އޮއްޓަރެއްނެތް ޝައިތޯނީ ރައީސެއް ބޭނުމެއްނޫން، ﷲގެ އިރާދަފުޅުން ރައީސު ޔާމީން 2018 ކާމިޔާބު ކުރައްވާށި އާމީން.
އަޅެ އިބޫ ހޮވޭނެ ނަމަ ކީއްވެތަ ނަޝީދު ނާންނަނީ ޖަލަށް ވޯޓުލާން.
އަލިބެ ދަތުރު ތިކުރަނީ ވިލާތުގެ އިއްތިހާދުން އަންގާގޮތައްބާ އެމީހުން ރުހޭތޯ ބަލައްޗޭ!
ދެކަރަޔާ ފަޅި ވިއްކައިގެން ލިބުނު ލާރިފޮއްޗަކުން ތިންހަތަރު ގޯއްޗެއް ވެސް ނުގަނެވޭނެ.....!!!?
"ރައްޔިތުން މިގޮތަށް ކަންތަށް ނުކޮށްފި ނަމަ ކުރިއަށްވެސް ފެނިގެންދާނީ އަނިޔާވެރިކަން, ތަރަށްޤީ އަކީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްވެ އިންސާފު ލިބުން" އަލީ ވަހީދު ވިދާޅުވި އެވެ."
ތަރއްގީ އަކީ މުޖްރިމުންނާ ބޮޑެތި ހާޑްވެއަރ ފިހާރަތަކުގެ އެކައުންޓްތަކަށް ރިޝްވަތުގެ ފައިސާ އޮހި އެފައިސާއިން މާލެއާ ހުޅުމާލެއިން ކުޑަކުޑަ ކިރުބޯ މާ ކުއްޖަކު 3، 4 ބިންގަަނެ އެބިންތަކުގައި އިމާރާތްކޮށް އެކުއްކާޖެ ޖީބަށް މިލިައުނުން އޮހޭ ފައިސާއިން އަރާމުކޮށް ހިތްފަސޭހަ މާހަުލެއް ލިިބި، އެ އަޖާއިބުކުރުވަނިވި އަދި ހިނދުކޮޅެއްގެ ތެރޭގައި ލިބުނު މުއްސަދިކަމަުގެ ހަގީގަތްތަކާ މެދު އަވަށްޓެރިންނާ ރަށްޓެހިންނާ ފާރަވެރިންނާ ދައުލަތުން އަޖައިބުނުވެ، އެކަމާ ވާހަކަ ނުދައްކާ ލޯމަރާލައިގން ތިބުންކަމަށް ވާނަމަ ތަރައްގީ އޮޅިއްޖެއެވެ.
ޢާލީ ވަހީދު ކޮންމެ އެޗެކިޔަސް ވޯޓް ދޭނީ ހަމަ
ޢަޅުގަންޑު މެންގެ ލޮބުވެތި ރައިސް ޔާމީން އަށް.
ގައުމުގައި ހިތްހަމަ ޖެހިލައިގެން ތިބެވުނީ ކަލޭމެންގެ ސަރުކާރުގައިތަ؟ ނޫން މިސަރުކާރުގައި އެކަކުވެސް މަގު ހަލަބޮލި ނުކުރޭ. ޣައުމުގައި ބޮޑެތި ކޮރަޕްޝަން އަމަލު ހިންގާއިރު އިންސާފް ލިބުނީ ކަލޭމެންގެ ވެރިކަމުގައިތަ؟ ނޫން. އެކަން ވެސް ކުރަނީ ‘ އިންސާފް ހޯދައިދީފައިވަނީ މިސަރުކާރުން. ވަހީދު ތިހުރީ އަމިއްލަ ނަފްސަށްވެސް އޮޅިވަޑައިގެން. ާތިޔަ ހުރިހާ ވާހަކައެއް އިހަށް އެއްފަރާތް ކޮށްފައި އަމިއްލަ މީހާ އެހެން ގައުމަކަށް އަރުވާލެވިގެން ތިޔަހުރި ސަބަބު ހާމަކޮށްދީބަލަ. ޝައްކެއް ނެތް ބޮޑެތި ތުހުމަތު ތަކަށް ފިލައިގެން. އެނގޭ ވިއްޔަ އިންސާފް ތިމާމީހާ އާއި އަރާ ހަމަކުރާނެކަން. މިތާ ނެތިގެން މިއުޅެނީ އިންސާފެއް ނޫން. އަދިވެސް މަދީ ތަރައްގީ. އެވާހަކަ ދައްކަން ނުކެރޭނެ ލަދުވެސް ގަންނާނެ. ސީދާ ކަލޭމެންނާހެދި ރަށްޔިތުން ނަށް 10 އަހަރުގެ އެއްވެސް ކުރިއެރުމެއްނުލިބުނީ. ޢިތުރަށް ރަށްޔިތުންނަށް އުނދަގޫ ނުކުރޭ.
ކީއްކުރަން އޮޅުވާލާ މަކަރުހަދަންވީ؟ ބޯޑުތަފާތަކުން ރައީސް ޔާމީން ވިން ކުރާނެ.... އަލީ
ޢައްޔަ ތީމިހާރު މޮޅު ކެޔޮޅެއް ނޫނެ
ދުރުގަ އޮވެގެން ބައްވައް ޖައްސާނީ ..............
ރައްޔަތުން ދެކެ ލޯބިވާ މީހުން ތިނޭނީ މިހުކޫމަތު ދަޑިވަޅުގައި ރައްޔަތުންނާ އެކީގައެވެ.
ވޯޓުލާ މީހުންނަށް ހިލޭ ކިއްލިތަޅާދޭންވީނު!