އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ދަރަނި އަދާކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޕްލޭން ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫގެ ސަރުކާރުގައި ތަސްދީގު ކުރި އެސްއީޒެޑް ޤާނޫނު ރާއްޖޭގައި އަދި ބޭނުން ކުރަން ނުފަށައެވެ.

މިރޭ ބޭއްވި ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމު ކުރަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި އެސްއީޒެޑް ޤާނޫނު ބޭނުން ކުރަން ފަށާނެ ކަމަށެވެ.

"އެއީ ވަރަށް ބޮޑު ވިޝަނަރީ މަސައްކަތެއް އެމަނިކުފާނު ކުރެއްވި." މުއިއްޒު ވިދާޅުވިއެވެ.

އެސްއީޒެޑް ޤާނޫނުގެ ދަށުން ރާއްޖޭގައި ޒޯންތަކެއް ކަނޑައަޅައި އޭގެ ދަށުން އިންވެސްޓުމެންޓްތައް ގެނައުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހުށަހަޅާލަނީ އެ އެސްއީޒެޑް ޤާނޫނުގެ ފޮނި މީރުކަން ރައްޔިތުންނަށް އަދި މިރާއްޖެއަށް ލިބޭނެގޮތް ހޯދައިދެން." މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު އިގްތިސޯދީ މެނިފެސްޓޯ ޕްރެސެންޓޭޝަން ޑރ. މުއިއްޒު ހުށަހަޅުއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ އެސްއީޒެޑް ޤާނޫނުގެ ދަށުން ފައިނޭންޝިއަލް ދާއިރާ، ކޮމޮޑިޓީ ޓްރެއިނިންގ، އައިޓީ ޕާކު، ހެލްތު ޓޫރިޒަމް ފަދަ ދާއިރާތަކުން ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި ހަމައެއާއެކީގައި ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓިޓިއުޝަނެއް (އިންވެސްޓްމެންޓް ބޭންކެއް) ރާއްޖޭގައި ޤާއިމުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެ ބޭންކު މެދުވެރިކޮށް އަޅުގަނޑުމެންނަށް އެޓްރެކްޓްކުރެވޭނެ އިންޓަރނޭޝަނަލް އިންވެސްޓްމެންޓުތައް، ރިސޯޓުތައް ހެދުމަށާއި އެހެނިހެން އިންވެސްޓްމެންޓުތަކަށް." މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ އެކިކަހަލަ ވިޔަފާރިތަކާއި ހުރިހާ އިންޑަސްޓްރީތައް ހިންގުމަށްޓަކައި އެ ބޭންކުގެ އެހީގައި އިންވެސްޓަރުން ހޯދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި ރައްޔިތުން

    ޔާމީނުގެ ޓެކްސް ފޮތުގައި އޮންނާނީ ކޯއްޗެއްކަން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޭ އެފޮތް ހުޅުވާލީ ހާމަކަން ބޮޑުގޮތުގައި ރޯމާދުވާލު އެފޮތުގައިވާ ގޮތުގެ މަތީން އޭނާ އަމިއްލައަށް ކުރި ކަންތަކަށް ލިއުނު ހުކުމުގައި އެއޮތީ ޖަލުގައި އެ ފޮތުގައި ހުރީ މުޅިންވެސް އިސްލާމް ދީނާއި ޚިލާފަށް ހުއްދަނޫން ގޮތްގޮތުގައި ފައިސާއާއި ގުޅޭ މަސައްކަތް ކުރުމަށް ގޮވާލާ ވައްކަން ހުއްދަކުރުމަށް ގޮވާލާ ލިޔެފައި ހުރި ވާހަކަތައް އެކަމަށް މިރާއްޖޭގެ ރައްޔިތުން މުއިއްޒު އަށް 30 ވަނަ ދުވަހު ނޫނެކޭ ބުނާނެ

    1
    1
    • ޙުސެން

      ރީނދޫވިޔަސް ބޮޑުވަރު، ޔާމީން ކޮށްފައި ހުރިކަން ކަމުން މިސަރުކާރައް ކިރިޔާ ހަމަނޭވާވެސް އެލެވެނީ

    • ޔމ

      ވޯޱް މުޢިއްޒު