އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެ ހުޅުވައިދެއްވީ ކުރީގެ ރައީސް ޔާމީންގެ އިގްތިސޯދީ ޓެކްސް ފޮތް ކަމަށާއި ދިވެހި ރައްޔިތުންނަށް ދެވޭނެ އެއަށްވުރެ ބޮޑު ޔަގީންކަމެއް ނޯންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޔާމީންގެ ފުރިހަމަ ސަޕޯޓާއި ތާއީދާއާއި ގައިޑެންސްއާއި މަގު ދެއްކުމާއި ފުރިހަމަ އެންޑޯސްމެންޓް އެ ލީޑާ ޝިޕްގެ ދަށުން އުފެދޭ ސަރުކާރަށް އޮންނާނެ ކަމަށެވެ. އެއީ އިގްތިސޯދީ ކޮންފިޑެންސް ގެނައުމަށްޓަކައި އެންމެ މުހިންމު ވާހަކަ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު އިގްތިސޯދީ މެނިފެސްޓޯ ތައާރަފްކުރުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"ޔާމީންގެ މަސައްކަތުން ދަސްވި އެއްޗަކަށް ބަލާއިރު ވަރަށް ސިމްޕަލްކޮށް، އެންމެ އާދައިގެ ލެވަލްގައި ފުން ވިޝަނެއް މުއިއްޒު ހުށަހަޅުއްވާފައިވަނީ. އެ ވިޝަން ކާމިޔާބު ކުރެވޭނެ ޔަގީން. އަދި މިދިޔަ 28 ދުވަސްތެރޭގައި މުއިއްޒު ވެވަޑައިގެން ވައުދުތަކަށް ހައްލު ހޯއްދައިދޭނެ ޕްލޭނެއް އިދިކޮޅުގައި އޮތީ.". ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖެ މިއަދު އޮތީ ދުވަހަކުވެސް ނުދެކޭ ވަރުގެ ނާމާން ކަމެއްގެ ތެރޭގައި ކަމަށެވެ. ރާއްޖޭގެ ބޮލުގައި 114 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްއިރު، އެ އަދަަދު 2023 ނިމޭއިރު 120 ބިލިއަނަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އިގްތިސޯދީ މެނިފެސްޓޯ ތެއާރަފްކުރުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"97 ބިލިއަނަށް އަރާ ހަމައެކަނި ކުންފުނިތަކުގެ ދަރަންޏައް. އެހެން ވީމަ ޖުމްލަ 210 ބިލިއަން އެބަ ހުރަސްކުރޭ ދިވެހިން ޒިންމާވާންޖެހޭ ދަރަނި. 114 ބިލިއަން ދަރަނީގެ ތެރެއިން ރައީސް ސޯލިހް އުފަންކޮށްފައިވާ ދަރަނީގެ އަދަދު 66 ބިލިއަނަށް އަރާ. އޭގެ ތެރެއިން އިންޑިއާއިން ވަނީ 52.5 ބިލިއަން ވަނީ ދަރަނީގެ ގޮތުގައި ނަގާފައި. މިއީ ރާއްޖެއަށް މިއަދު އޮތް ނުރައްކަލަކީ."، ސައީދު ވިދާޅުވިއެވެ.

މިހާލުގައި ރާއްޖެ އޮތްއިރުގައި ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ހަރަދަށް ޒިންމާވާންޖެހޭ ގާނޫނު ލޮކްކޮށްފައި ސަސްޕެންޑްކޮށްފައި އޮންނަތާ މިހާރު ހަތަރު އަހަރުވެފައިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ 6.5 ބިލިއަން ރުފިޔާ 50 އަހަރު ދުވަހަށް ލޯނެއްގޮތުގައި ދިވެހިންނަށް މިއަދު ދައްކަންޖެހުން ކަމަށް ވިދާޅުވިއެެވެ. ސައީދު ވިދާޅުވީ މިއީ ފަހުގެ ތާރީހުގެ ވެފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބުރާހިމް

    އެހެންވީމަ ތިއޮތީ ވައްކަން ޔަގީންވެފަ

    7
    2
  2. ނީމް

    ވައްކަން ކުރުމުގެ ފުރިހަމަ ސިޔާދަތު.

    4
    2
  3. އަހަންމަދު

    ޓެކްސް ފޮތުގަ އޮތްގޮތަށް ޓެކްސް ނަގާތި. ނުނަގައިފިނަމަ ޓެކްސްޓު
    ފޮތާއި ޚިލާފުވާނެ.

    4
    1
  4. ދިވެހި ރައްޔިތުން

    ޔާމީނުގެ ޓެކްސް ފޮތުގައި އޮންނާނީ ކޯއްޗެއްކަން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޭ އެފޮތް ހުޅުވާލީ ހާމަކަން ބޮޑުގޮތުގައި ރޯމާދުވާލު އެފޮތުގައިވާ ގޮތުގެ މަތީން އޭނާ އަމިއްލައަށް ކުރި ކަންތަކަށް ލިއުނު ހުކުމުގައި އެއޮތީ ޖަލުގައި އެ ފޮތުގައި ހުރީ މުޅިންވެސް އިސްލާމް ދީނާއި ޚިލާފަށް ހުއްދަނޫން ގޮތްގޮތުގައި ފައިސާއާއި ގުޅޭ މަސައްކަތް ކުރުމަށް ގޮވާލާ ވައްކަން ހުއްދަކުރުމަށް ގޮވާލާ ލިޔެފައި ހުރި ވާހަކަތައް އެކަމަށް މިރާއްޖޭގެ ރައްޔިތުން މުއިއްޒު އަށް 30 ވަނަ ދުވަހު ނޫނެކޭ ބުނާނެ

    6
    4
    • ހަސަިނު

      ތިރީސް ވަނަދުވަހު ރައްޔެތުން ދޭޖަވާބު ބަލަން ކެތްތެރިކަމާއެކު ހުންނާތި. ޖަވާބު ވަރަށް ސާފު